
އަހަރެންނަށް ލޯ ހުޅުވާލެވުނީ އިރުގެ ދޯދިތައް، ކޮޓަރީގެ ކުޑަދޮރުގައި ދަމާފައި ހުރި ފަރުދާއިން، އަހަރެންގެ މޫނަށް އެޅި، ހޫނުކަމެއް އިހުސާސްވުމުން ނެވެ. ކަންނެތް ގޮތަކަށް ދެފަރާތަށް ފުރޮޅިލުމަށްފަހުގައި ރީތިވާ ލޯގަނޑު ކައިރީ ހުރި ގަޑި އާއި ދިމާލަށް ބަލާލެވުނެވެ. އޭރު ގަޑިން އަށެއް ޖަހަން ދިހަ މިނެޓު ހިނގައިފިއެވެ. ހޭވެރިކަންވީ ދެނެވެ. އަހަރެންގެ ކައިވެނީގެ ކަންތަކުގައި ކޯޓަށް ދާން ޖެހޭކަން ހަނދާންވީ އެވަގުތުއެވެ. އެހެން ކަމުން ވަރަށް އަވަސް ކޮށްލާފައި ފާޚާނާއަށް ވަދެ ބޯދޮއެލައިގެން ރީތިކޮށް ފެންވަރާލީމެވެ.





