ހާވާލި އެފްޓީ އަދި ބަރާބަރު އެފްސީ ރޭކުޅުނުއިރު މިއަދު ޑީ ސީ އެސް ސީ ކުޅުނު
ހިތާދު ކައުންސިލު ގެ ފުޓްސެލް މުބާރާތް ކުރިއަށް ދަނީ
ރޭ ހިތާދޫ ގައި ކުރިއަސް ދިޔަ ކައުންސިލުގެ ފުޓްސެލް މުބާރާތުގައި ބައްދަލުކުރީ ބަރާބަރު އެފްސީ އާއި ހާވާލި އެފްޓީ އެވެ. މިމެޗު 5 - 3 އިން ކާމިޔާބު ކުރި ބަރާބަރު އެފްޓީއެވެ. މެޗުގެ މޮޅުޅުންތެރިއަކަށް ހޮވުނީ ބަރާބަރު އެފް ސީ ގެ އަޙުމަދުއެވެ. މި މުބާރާތުގެ މިހާތަނަށް އައި އިރު އެންމެ ކާމިޔާބު މީހުން ބަލާހިތްވާފަދަ ފޯރި ގަދަ ކުޅުމެއް ފެނިފަވަނީ ބަރާބަރު އެފްސީ އިންނޭ ދެންނެވުން އެންމެ ރަގަޅު ވާނެކަމަށް ގިނަބަޔަކު ބަރޯސާވެއެވެ.
މިއަދު ހެނދުނު ކުޅެވުނު މިމުބާރާތުގެ މެޗުގައި ޑީ ސީ އެސް ސީ އާއި ޓީމު ވެލާ އެވެ. ރޭމެޗުގެ ޝަރަފު ވެރި މެހެމާނަކީ ޢަލީއެވެ. މިއަދު ހެނދުނު ކުޅެވުނު މެޗު ކާމިޔާބު ކުރި 2 - 0 އިން ޑި ސީ އެސް ސީ އެވެ. މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީ ސީ އެސް ސީ ގެ އަޖްވަދުއެވެ. މެޗު ޝަރަފުވެރި ކޮށްދެއްވީ އަންވަރުއެވެ.
މިއަދު ހަވީރު ކުޅޭ މެޗުގައި ބަގީސް އެސް ސީ އަދި ވަރިހަމަ އެފް ސީ ބައްދަލު ކުރާއިރު ، ޑި ސީ އެސް ސީ އަދި ބީ އެސް ސީ ލިޖެންޑް މިރޭގެ 20:15 ގައި ބައްދަލު ކުރާނެއެވެ. އަދި 21:15 ގައި ވަރިހަމަ އާއި ދަ ބެސްޓް ބައްދަލު ކުރާނެއެވެ. މިރޭ އިންސާﷲ މިމުބާރާތުގެ ޚަބަރަކާއިގެން ބައްދަލުވެލުމަށް އުއްމީދު ކުރަމުން ބާއްޖަވެރި މެންދުރު ފަހަކަށް އެދެމުން ގަލަމުގައި ދޯރި އަޅުވާލަމެވެ.
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
0
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0












