ތުޅާދޫސްކޫލަށް ނަވައި އަހަރު ފުރުމުގެ ރަސްމިއްޔާތު މިރޭ އެސްކޫލުގައި ކުރިއަށް ދަނީ
ތުޅާދޫ ސްކޫލަށް 90 އަހަރު ފުރުން ފާހަކަ ކުރުމުގެ ރަސްމިއްޔާތު މިރޭ އެސްކޫލުގައި ކުރިއަށް އެބަދޭ
ތުޅާދޫ ސްކޫލަކީ ރާއްޖޭގައި ތަޢްލީމު ދޭތާ އެންމެ ގިނަ ދުވަސް ވީ 3 ވަނަ ސްކޫލެވެ. މިސްކޫލަށް 90 އަހަރު ފުރުނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ނަވައި ވަނަ އަހަރު ފުރުމުގެ ރަސްމީ ޖަލްސާ މިރޭ އެސްކޫލުގެ ޖަލްސާ ކުރާ މާލަމުގައި ބާއްވައިފިއެވެ.
ތުޅާދޫ ސްކޫލު އުފެދުނު ގޮތާއި މެދު ތާރީޚުން ފެންނަން އޮތް ޙަޤީޤަތަކީ މިމަލަ މެދުވެރި ކޮށް ލިޔެފައިވާ ބައެއް ލިޔުންތަކުންނާއި އެހެނިހެން ބޭބޭފުޅުންގެ ލިޔުންތަކުން ފެންނަން އޮތް ޙަޤީޤަތެކެވެ.
ޞަލާޙުއްދީން މުޙައްމާދީ އޭ ދެންނެވީމާ ، މިއަދު ގެ ޖީލުގެ ކުދިންނަށް ނޭގުނަސް އެއީ ދިވެހި ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ފަޟީލަތުއްސައިޚުލް އުސްތާޛުލް މަރްޙޫމް ޙުސައިން ޞަލާޙުއްދީނުގެ މުޙައްމަދު ސަޢީދުއެވެ. އެބޭފުޅާއަކީ މިޞުރުން ތަޢްލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ވަރަށް ބޮޑަށް ޢިލުމް ފެތުރުއް ވުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
މިގޮތުން އެއްފަހަރެއްގައި ތުޅާދޫއަށް ވަޑައިގެން ތުޅާދޫ އޭރުގެ ކަތީބު ދޮންއިސްމާޢީލު ކަލޭފާނާއި އެކު ދިލާސާގޭ އުނދޯލި ކޮޅުގައި މިކަމާއި ބެހޭގޮތުން ދެބޭކަލުން ވާހަކަދެއްކުމުގެ ނަތީޖާ އަކަށް ވެގެން ދިޔައީ ރަށުގައި ތަޢްލީމީ ޙަޟާރަތެއްގެ ފެށުމެވެ. އޭގެ ފަހުން ތުޅާދޫގައި ރާއްޖޭގެ އެކިހިސާބުތަކުން ބޭފުޅުން ވަޑައިގެން ތަޢްލީމު ދެމުން ދިޔަކަން ފާހަކަ ކުރެވެއެވެ.
ތުޅާދޫ މަލަ އެދެނީ ތުޅާދޫގެ ތަޢްލީމީ ޙަޔާތަށް ހިތްފަހި ދުވަސްތަކެކެވެ. މިސްކޫލަކީ ރާއްޖޭގައި ފާހަގަ ކޮށްލެވޭ އެތައްދަރިން ތަކެއްގެ މަންމަ އޭ ދެންނެވުން ކުށަކަށް ނުވާނެއެވެ.
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
0
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0












