މިއަދަކީ ތުޅާދޫ ސްކޫލުގެ އެކާހިވަނަ އަހަރީދުވަހެވެ. މިދުވަހުގެ މުނާސަބާގެ ހެޔޮއެދުންތައް ތުޅާދޫގެ ތަޢުލީމަށް ލޯބިކުރާ އެންމެ ބޭފުޅުންނަށް ރައްދުކުރަމެވެ.
މިއަދު ގެ މުނާސަބާގައި ވަރަށް ގިނަ ޙަރަކާތްތަކެއް އެސްކޫލުގައި ހިންގާނެ ކަމަށް މަޢުލާމާތު ލިބެއެވެ. މިއަދު ގެ ފަތިސްނަމާދަށްފަހު އެންމެ ފުރަތަމަ ފެށިގެންދިޔައީ އެސްކޫލުގެ ފަރާތުން ދުވަހުގެ މުނާސަބާގައި ﷲ އަށް ސުކުރުވެރިވުމުގެ ގޮތުން ޚަތިމެއް ކުރުން ކުރިއަށް ދިޔައެވެ. މިކަމުގައި ވަރަށް ގިނަ ޢަދަދެއްގެ ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. އަދި ސްކޫލުގެ މިހާރުގެ ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންވެސް ބައިވެރިވެ ވަޑައިގަތެވެ.
ތުޅާދޫއަކީ ޒަމާނުއްސުރެ ތަޢުލީމަށް ލޯބިކުރާ ބައެއް ދިރިއުޅެމުން އަންނަ ރަށެވެ. ކިޔެވުމަށް މޮޅު ދަރިވަރުންތަކެއް އޭރުވެސް މިހާރުވެސް އުޅެމުންދާރަށެއްކަން އެސްކޫލުގެ ދަރިވަރުން ހޯދަމުންދާ ކާމިޔާބީތަކުންއެގެވެ.
އެސްކޫލަކީ ރާއްޖެތެރޭގެ އެތައްރަށަކުން އެތައްބަޔަކު ތަޢުލީމު ޙާޞިލު ކުރަމުންއައި ރަށެކެވެ. ހާހާ ނުވަސައްތައިގެ އަހަރުތަކާއިހަމައަށްވެސް 700 އެއްހާ ކުދިން އަބަދުވެސް ކިޔަވަމުން ގޮސްފައިވެއެވެ. ނަމަވެސް މިހާާރު އެހެންތޯއެވެ. މިއައްޑިހަ އައްޑިހާގެ މުންޑަށް މިއަދު ވަނީ މީ މޮޅު މުންޑެކޭ ބުނެވޭވަރުގެ ޙާލަތުގަތޯ އަމިއްލަ ނަފުސާ ސުވާލު ކޮށްލުން ބުއްދިވެރިވާނެ އެހެންނޫންތޯއެވެ.