މިއަދު ވެސް ތުޅާދޫ އެއަރޕޯޓުގެ މަސައްކަތް ކުރޭ އެކަމަކު..
ތުޅާދޫ އެއާރޕޯޓުގެ މަސައްކަތް ކުރިއަށްދޭ އެކަމަކު ޕަންޕްސިސްޓަމް ކަމީނާ ވުމުގެ ސަބަބުން އަންނަނީ ހުސްފެން
ތުޅާދޫ އެއާރޕޯޓުގެ މަސަކަތް މިއަދު ވެސް އެކުންފުނީގެ ސްޕީޑުގައި ކުރިއަށްދެއެވެ. ނަމަވެސް ޕަންޕްސިސްޓަމް ކަމީނާ ވެފައިވުމުގެ ސަބަބުން ވެލި ފޮނުވާ ދެވޭވަރެއްނުވެއެވެ.
ތުޅާދޫމަލަ އިން އެމްޓީސީސީއަށް އަބަދުވެސް ގޮވާލަމުން މިދަނީ ވަޞީލަތްތައް ރަގަޅުކުރުމަށެވެ. އެހެން ނޫނީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދު މެކުހަށް ޖަހާތަން ފެނުމަކީ ވަރަށް ނާދިރު ކަމެކޭއެވެ. ތުޅާދޫމަލައިން މިކުރާކަމަކީ ތިޔަ ކުންފުނި ޒިންމާދާރުކޮށް ، ރައްޔިތުންއެދޭ ރައްޔިތުންގެ ކުންފުންޏަކަށް އެމްޓީސީސީ ވާކަން ދައްކާދިނުމުގެ މަސައްކަތެވެ. ނަމަވެސް އެމްޓީސީސީގެ ވެރިންގެ ވިސްނުމުގައި މަސައްކަތުގެ މާހައުލު ރަގަޅުކުރުން ނުވާނަމަ ދެންކުރާނެ ކަމެއްނެތްތާއެވެ.
އަޅުގަޑު ތުޅާދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރަށް މިގޮވާލަނީ މިކުންފުނީގެ ވަޞީލަތްތައް ފުރިހަމަ ކުރުމުގައި މަނިކުފާނުގެ ދައުރު މިހާާރަށްވުރެވެސް ފުޅާކުރައްވައި މިކަންކަމާއިމެދު ވިސްނުން ހެޔޮކުރައްވައި ތުޅާދޫ ރައްޔިތުން އެދޭ ތަރައްޤީގެ ސްޕީޑް ގެނެވޭތޯ މަސައްކަތް ކުރައްވާށެވެ. މިހެންދަންނަވާއިރު ތުޅާދޫ އާއި ދާއިރާގެ ތަރައްޤިއަށް ތަކައި އެމްޕީ ކުރާ މަސައްކަތަށް ނުހަނު ސުކުރު ދަންނަވަމެވެ.
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
1
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
1












