އަދާ ހަމައަށް އެއާރޕޯޓް ގެ މަސައްކަތް ގޮސްފައިވާ މިންވަރު
ތުޅާދޫގެ އެއަރޕޯޓް ލިބި ގަތުމަށްޓަކައި ބިންހިއްކުން ކުރިއަށް ދަނީ
ތުޅާދޫގައި ސަރުކާރުގެ ފަރާތުން އަޅާދިނުމަށް ނިންމާފައިވާ އެއަރޕޯޓް ހެދުމަށްޓަކައި އެމްޓީސީސީ އިން ބިންހިއްކުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. ރޭ ވެސް އަދި އޭގެ ކުރީ ރޭވެސް މަސައްކަތް ކުރެވުނެވެ.
އެއަރޕޯޓުގެ މަސައްކަތަކީ ރަށު ރައްޔަތުން އެންމެ ބޮޑަށް އުއްމީދު ކުރާ މަސައްކަތެވެ. ސަބަބުތަކެއް ނެތިއެއްނޫނެވެ. އެއަރޕޯޓު ތުޅާދޫ އަށް އައުމުން އެއަޅާލެވުނީ ތަރައްޤީގެ ނާރެހުގައި ފާލަމެކެވެ.
ނަމަވެސް މިފާލަން ފާލަމަކަށް ވެގެންދާނީ ތަރައްޤީ ގައި އަތުހިފަންދަންނަ ރައްޔިތުންނާއި ވެރިން އެރަށެއްގައި ދިރި އުޅޭ ނަމައެވެ. ތަރައްޤީގައި އަތު ހިފުމަކީ އެކަމަކަށް ދޭންޖެހޭ ފުރިހަމަ އެއްބރު ލުން ދީގެން ގުޅިގެން ތަރައްޤީ ލިބިގަތުމެވެ. ސިޔާސީ ކޯޅުންތަކެއްގެ ތެރެއަށް މި އެއަރ÷ޯޓްގެ މަސްރޫޢޫ ވައްދާލާން ޤަސްދު ކުރައްވައި ފަރާތްތަކަށް މި މަލަ އިން ގޮވާލަނީ ތިޔަފަރާތްތަކުން މަޑުމޮޅިވެ ތިއްބަވާށެއެވެ. އަޅުގަޑުމެންނަށް ލިބެންއޮތް ތަރައްޤީ ލިބިދިނުމުގައި ފިތުނަ ވެރިކުރުވަން ނޫޅުއްވާށެވެ. ތުޅާދޫ ގެ ރައްޔިތުންނަކީ ސިޔާސީ ފަރާތްތަކުގެ ރާގަށް ނަށާނެ ބައެއްނޫންކަން އެންމެ ފަހު ގެ ރިޔާސީ އިމްތިޚާބުގައި ވަނީ ޘާބިތު ކޮށްދީފައެވެ.
ފައިލްތައް
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
2
ގަޔާނުވި
1
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0












