އެއަރޕޯޓް ގެ މަސައްކަތް ކުރިއަށް ދާގޮތް ސަރުކާރުން، ކައުންސިލާއި ހިއްސާ ކޮށްފައި ނެތްކަން ހިތާމަ އާއެކު ފާހަގަ ކޮށްލަން - ތުޅާދޫ ކައުންސިލް ރައީސް
ތުޅާދޫ މަލައިން ރައްޔިތުން މިވަގުތަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ބަސްދީގަތުމަކަށް ދެންނެވި އިރު ހުންނެވީ ކުޅުދުއްފުށީގައި އެތާ ހުންނަވައި ރޭ އަޅުގަޑު އަށް ބަސްދީގަތުމުގެ ސުވާލުތަކުގެ ޖަވާބު އަޅުގަޑަށް ވަޓްސްއަޕް ކުރެއްވި ވަރަށް މުހިއްމު ކަންކަން މަލައިން ރައީސަށް ދެންނެވި ސުވާލުތައް ތައްޔާރު ކުރުމައި ވިސްނިން
ތުޅާދޫ ކައުންސިލުން މިހާރު ކުރައްވަމުން ގެންދަވާ މިއަހަރުގެ ތަޖުރިބާ ދަތުރުގައި ކުޅުދުއްފުށީގައި ހުންނަވައި ތުޅާދޫ މަލަ އަށް ދެއްވި ބަސްދީ ގަތުމުގައި މަލައިގެ އެޑިޓަރ ދެންނެވިސުވާލެއްގެ ޖަވާބު ދެއްވަމުން މަލައަށް ހާމަ ކުރެއްވީ އެއަރޕޯޓުގެ މަސަކަތް ސަރުކާރުން ކައުންސިލާ ޙިއްޞާ ކޮށްފައި ނުވާކަން އެއީ ރައީސް ހިތާމަ ކުރައްވައި ކަމެއްކަމަށެވެ.
ތުޅާދޫ ކައުންސިލުގެ ރައީސް އިބްރާހީމް ޢާދިލް " އެއަރޕޯޓް ގެ މަސައްކަތް ކުރިއަށް ދާގޮތް ސަރުކާރުން، ކައުންސިލާއި ހިއްސާ ކޮށްފައި ނެތްކަން ހިތާމަޔާއެކު ފާހަގަ ކޮށްލަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރަށެއްގައި ޕްރޮޖެކްޓެއް ހިނގަން ފެށުމުގެ ކުރިން އެރަށުގެ ކައުންސިލަށް އަންގަން ޖެހޭނެ. ސަބަބަކީ ރައްޔިތުންނަށް ޖަވާބުދާރީވުމުގައި އަޅުގަނޑު މެންނަށް ވަރަށް ފަސޭހަވާނެ ފުރިހަމަ މައުލޫމާތު ފޯރުކޮށްދެން"ވިދާޅުވިއެވެ. ތުޅާދޫ ގައި މިވަގުތު އޮތްކައުންސިލަކީ އެމްޑީޕީ މެޖޯރިޓީ އޮތް ކައުންސިލެކެވެ. ކުރިންވެސް އޮތް ކައުންސިލަކީ އެމްޑީޕީ ގެ މެޖޯރިޓީ އޮތްކައުންސިލެކެވެ. އެހެން ނަމަވެސް މީގެ ކުރިގައި އައި ކައުންސިލު ތަކަށްވުރެ ، މިކައުންސިލުން ރައްޔިތުންނާއި ގާތްވުމަށް މަސައްކަތް ކުރާކަން އެއީ ތުޅާދޫގެ ތަރައްޤީއަށް ޓަކައި މިކައުންސިލުން ގެންގުޅުއްވާ ގާތް ކަމެއް ކަން ކަށަވަރެވެ.
ތަރައްޤީގެ މަސްރޫޢު ތަކުގައި ސަރުކާރަށް އެއްބާލުން ދިނުމާއި ބެހޭގޮތުން ދެންނެވިސުވާލުގެޖަވާބުގައި "ސަރުކާރަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދިނުމަކީ ވަރަށް މުހިންމު ކަމެއް. އަދި ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށް ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެއް. ރައްޔިތުންގެ އުއްމީދުތައް ހާސިލްވާނީ އޭރުން. އެންމެ އެދެވޭ ގޮތުގައި ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހެދޭނީވެސް އޭރުން" ކަމަށް ވިދާ މޅުވިއެވެ..
3. "މިއަހަރު ކުރިއަށް ދާނެކަމަށް ލަފާކުރެވޭ އިތުރު މަޝްރޫއުތަކަކީ، ތުޅާދޫ ޕޮލިސް ސްޓޭޝަން، ދަގަނޑު ކޮށީގެ އައު އިމާރާތް، އިތުރު ހައުސިން ޔުނިޓް، މިއީ މިއަހަރުގެ ތެރޭގައި ކުރިއަށް ދާނެ ކަމަށް އަޅުގަނޑަށް ލަފާ ކުރެވޭ ޕްރޮޖެކްޓް ތައް"ކަމަށް ރައީސް ވިފާޅުވެފައިވާއިރު، ދެންމަލައިން ރައީސްއާ ކުރެއްވި ސުވާލަކީ ތުޅާދޫމަލަގެ ޕޯލުގައިވާ ބޯހިޔާ ވަހިކަމާއި ގުޅުންހުރި ސުވާލެވެ.
"ހައުސިން ޔުނިޓް ތައް ހަވާލު ކުރެވޭނެ ސީދާ ތާރީހެއް ދަންނަވަން ވަރަށް ދަތި. ސަބަބަކީ، ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ހުކުމާއި އެއްގޮތަށް ފޯމުތައް އިވެލުއޭޓް ކޮށް، ދެވަނަ ފަހަރަށް އިއުލާން ކުރުންމުންވެސް ބައެއް ފަރާތްތަކުން މިވަނީ ކޯޓަށް ބައެއް މައްސަލަ ހުށަހަޅާފަ. ކައުންސިލުން މަސައްކަތް ކުރަމުން މިދަނީ ވީހާވެސް އަވަހަކަށް ހައުސިން ޔުނިޓް ތައް ހަވާލު ކުރުމަށް"ކަމަށް ރައީސްވިދާޅުވިއެވެ.ތުޅާދޫ މަލައިން ދެކޭގޮތުގައި އެއްވެސް ބަޔަކަށް އެންމެން އެދޭ ހެޔޮކަމަކާއި އެކު އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެހެންވީމަ ، ވީހާ ވެސް އަވަހަކަށް މިކަންނިމި ތުޅާދޫގެ ކޮންމެވެސް ބަޔަކަށް މިކަންވާން އެބަޖެހެއެވެ. އެވަރިހަމަ މާލެއާއި ހުޅުމާލޭގައި ހައެއްކަ ފުލެޓް އޮތަސް ، ފިރިމީހާގެ ގޭވަޅެއް އޮތަސް އަނބިމީހާ ވަރިވެސް ކޮށްފާނެތާއެވެ. ދޭންވާނެތާއެވެ. ތުޅާދޫގައި އެންމެ ފުރަތަމަ ވެސް ރައްޔިތުންގެ އިޖްތިމާޢީ ފޭރާން ފުޑުވެގެން ދިޔައީ ދީލަތި ކަމާއިއެކު އަންހެނުންނަށް ދެއްވި ގޯތި ތަކެއްގެ ސަބަބުން ކަމާއިމެދު މަލަ ދެބަހެއް ނުވާނެއެވެ.އެކަމަކު މިކަންކަން އިސްލާޙު ކުރުމުގެ ނަމުގައި ސިޔާސީ ޕާޓީ ސިސްޓަމިކް ނިޒާމަށް ވެސް ކުރެވުނީ ކުރިން ކުރަމުން އައި ކަންކަން އިތުރަށް ތަރައްޤީ ކުރުން ކަމުގައިވެފައިވާއިރު ، ދެންކިޔާނީ ކީކޭތޯއެވެ. ހެޔޮވެރިކަމެއްގެ ދަޅަ ފަތިހާ ހަވީރުވެސް އުދަރެސްތަކަށް އަންނަކަމީ ދުނިޔެދައްކާފައިވާ ޙަޤީޤަތެވެ.
ތުޅާދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރާއި ކައުންސިލާ ދެމެދު އޮންނަން ޖެހޭ ގުޅުން ކިހިނެއްތޯ ދަނީ ސުވާލު ކޮށްލުމުން " ދާއިރާގެ މެމްބަރާއި އޮންނަ ގުޅުން ރަނގަޅު ކަމަށް ދެކެނީ. އެމްޕީ ގުޅުއްވާ ދެކެވޭ ވާހަކަ ތަކުން އަޅުގަނޑަށް ގަބޫލު ކުރެވެނީ ތުޅާދޫގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ސަރުކާރުގެ އިސްވެރިންނާއި ގުޅިގެން އެމްޕީ ވަރަށް މަސައްކަތް ކުރައްވާ ކަމަށް. ހާއްސަކޮށް ތުޅާދޫގެ އެއަރޕޯޓް ގެ މަސައްކަތް. ކުރިން ވެސް ދެންނެވިހެން ތުޅާދޫ ގައި ހިންގާ ޕްރޮޖެކްޓްތަކުގެ އަދާހަމަ ނުލިބުމަކީ ކައުންސިލްގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. އަޅުގަނޑު ވާނީ މިކަންވެސް ސީދާ އެމްޕީގެ ސަމާލުކަމަށް ގެނެސްފައި. ވިދާޅުވީ ތިކަން ކަމާގުޅުންހުރި މުއައްސަސާތަކުގެ ވެރިންނާއި ހިއްސާ ކޮށްދެއްވާނެކަމަށް ކަމަށް"ރައީސް ވިދާޅުވިއެވެ.
ދެން މަލައިން ރައީސަށް ދެންނެވި ސުވާލަކީ ތުޅާދޫ ގެ ލޮބުވެތި ރައްޔިތުންގެ ތެރެއިން ބާޑީ ޖަހައިގެން ހިއްކި ގޭވަޅުތައް އަމިއްލަކޮށްދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުޅާދޫއަށް އެންމެ ފަހުން ކުރެއްވި ޒިޔާރަތުގައި ވަނީ ވިދާޅުވެފައެވެ." މިވަގުތު ކައުންސިލްގައި ހުރި މައުލޫމާތުތައް ރަނގަޅު ކުރަމުން ދަނީ. ވީހާވެސް އަވަހަކަށް އެކަން ކުރިއަށް ގެންދަން، ބާޑީ ޖަހައިގެން ހިއްކާފައިވާ މީހުންގެ ލިސްޓް ކަމާގުޅުންހުރި އިދާރާތަކަށް ފޮނުވާނަން"ރައީސް އެކަން ވާނޭ ކަމަށް އިޝާރާތް ކުރައްވައި ވިދާޅުވިއެވެ.
ކޮންމެއަކަސް ތުޅާދޫ ކައުންސިލުގެ ރައީސްގެ ފަރާތުން މަލައިގެ އަހުލުން މިވަގުތަށް އެންމެ މުހިއްމު ކަމެއްދީގެން ސަމާޅުކަން ދޭނެ ކަންކަމާއިމެދު މަލައިން ހުށަހެޅި ސުވާލުތަކަށް ރައީސްޢާދިލުގެ އެއްބާރުން ތުޅާދޫ ކައުންލުގެ ފަރާތުން މިވަނީ ދެއްވައިފައިއެވެ.
ރޭ ވަރަށް ދަންވިފަހުން އަޅުގަޑުގެ މިސުވާލުތަކަށް ޖަވާބުދެއްވަން ރައީސް އަށް ވަގުތު ލިބުނުކަން އަޅުގަޑު ފާހަކަ ކޮށްލަމެވެ. ރޭ މެންދަމު 00:54 ހާއިރު ސުވާލުތަކުގެ ޖަވާބު ރައީސް އަޅުގަޑަށް ވަޓްސްއަޕް ކުރެއްވި , ލަސްވީ ކަމަށްޓަކައި ރައީސްމާފަށް ވެސް އެދުނުއެވެ.
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
1
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
1











