ﷲ ގެ ޙަޟްރަތުގައި އެންމެ މާތް މިހަކީ އެންމެ ތަޤްޥާ ވެރިމީހާ - ޕީ އެޗް ޑީ ފެންވަރަށް އިންސާނާ އައުން

މުޖުތަމަޢގައި އިންސާނާ އަށްމަތިވެރިކަމެއް ލިބެނީ ކީއްވެ؟؟؟ އިސްލާމްދީނުގައި މީސްތަކުންގެ މަޞްލަޙަތު ރައްކާތެރި ކޮށްދިން މިންވަރު ، ވިސްނާ ފިކުރު ކުރާ ބަޔަކަށް ﷲ ދެއްވި މަގުތައް

ސެޕްޓެމްބަރ 25, 2025 - 07:01
 0
ﷲ ގެ ޙަޟްރަތުގައި އެންމެ މާތް މިހަކީ އެންމެ ތަޤްޥާ ވެރިމީހާ -  ޕީ އެޗް ޑީ ފެންވަރަށް އިންސާނާ އައުން
ﷲ ގެ ޙަޟްރަތުގައި އެންމެ މާތް މިހަކީ އެންމެ ތަޤްޥާ ވެރިމީހާ -  ޕީ އެޗް ޑީ ފެންވަރަށް އިންސާނާ އައުން
ﷲ ގެ ޙަޟްރަތުގައި އެންމެ މާތް މިހަކީ އެންމެ ތަޤްޥާ ވެރިމީހާ -  ޕީ އެޗް ޑީ ފެންވަރަށް އިންސާނާ އައުން

ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ޥަސައްލަމު ރަސޫލު ކަމައިގެން ފޮނުއްވުމުގައި އެތައް މަޤުޞަދު ތަކެއް ﷲތަޢާލާ ލެއްވި ކަމީ ދެބަސްވެވެންނެތް ޙަޤީޤަތެކެވެ. އެހެންވީމާ އަޅުގަޑުމެންގެ ވެރިންގެ ފެންވަރުގައިވެސް ވިސްނާލަން އެބަޖެހެއެވެ. އިންސާނަކަށް ލިބިދީފާވާ ޙައްޤުތައް އެންމެ ރަގަޅަށް އައިސްފައިވާ ދީނަކީ އިސްލާމު ދީނެވެ. ޤިޔާމަތް ދުވަހު ޘަޥާބާއި ޢަޛާބު ދެއްވަވާނޭ ގޮތް އަޅުތަކުންނަށް އަންގަވާ ދެއްވާފައިވަނީ ކީރިތި ޤުރްއާން އާއއި މާތް ރަސޫލާގެ ސުއްނަތު ގައެވެ. 

ކީރިތި ޤުރްއާން ގެ ޞަޙީޙު ޢިބާރާތުން އެގޭ ގޮތުގައި ﷲ ގެ ޙަޟްރަތުގައި އެންމެ މާތް މީހަކީ އެންމެ އެކަލާނގެ އަށް އެންމެ ތަޤުޥާވެރި ވާ މީހާއެވެ. މިމީހުންނަކީ ކޮންބައެއްކަން މިގިންތީ ކަޑައެޅުއްވި ފަރާތް މޮޅަށް ދެނެވޮޑިގަންނަވަތެވެ. އަޅުގަޑުމެންނަށް މާރކްސް ދެވޭނީ ބޭރުފުށުގެ ޢަމަލު ތަކަށެވެ. 

މިސާލަކަށް ޑިގުރީއަކަށް ވަކި ސެލަރީއެއް ކަޑައެޅިދާނެއެވެ. ނަމަވެސް ޤިޔާމަތްދުވަހު މިޑިގުރީގަ އޮންނާނެ ހަމައެކަނި ބޭނުމަކީ އެއާއި އެއްވަރަށް ހެޔޮޢަމަލު ކުރުމެވެ. ނުކުރެވޭނަމަ ޑިގުރިއަކުން ކުރާނެ ކަމެއްނޯންނާނެެވެ. އޭނާ އެ ޙާޞިލު ކުރިޔަސް ކުރާނެ މާބޮޑު މަންފާއެއްނެތެވެ. 

ކީރިތި ރަސޫލުﷲ ޞައްަލަﷲ ޢަލައިހި ޥަސައްލަމް ނަބީކަމާއިގެން ފޮނުއްވުނީ މަގެއްދައްކަވާތޯ ތަޤްޥާ ވެރިކަމާއިއެކު ކެތްތެރިކަމާއި އިތުބާރާއި އެކު ކުރެވުނު އިޢތިކާފްތަކެއްގެ ނަތީޖާއިންނެވެ. ދުނިޔެ ތަޞައްވަރު ކުރަމުން ދިޔަ އަމިއްލަ އެދުމާއި ލާއިންސާނިއްޔަތު ، ގެ ކަންކަމާއި މެދު ވިސްނާ އެކަންކަމުގެ ރަގަޅު ވިސްނުމެއް ދެއްވާތޯ އެބަހީ ރަގަޅު މަގެއް ދައްކަވާތޯ ކުރެވުނު ދުޢާތަކެއްގެ ސަބަބުންނެވެ. އެކަލޭގެ ފާނު ފޮނުއްވުމަށްފަހު މުޖްތަމަޢް ވެގެންދިޔައީ މަޞްޙަތުތަކެއް ލެއްވި މުޖްތަމަޢްތަކަކަށެވެ. އެހެންވީމާާާ އެކަލޭގެފާނު އެންމެ އިސްކަމެއް ދެއްވީ މަޞްލަޙަތު ރައްކާތެރި މުޖްތަމަޢުގައި ލިބެންޖެހޭ މަޤާމު އިންސާނާއަށް ހޯދާދިނުމަށެވެ. ކިތައްކިތައް މަލްޓިމިލިޔަނަރުންތޯ އެބައިމީހުންގެ މުދާތައް ދޫކޮށް އިސްލާމްދިނަށް ޚިދުމަތް ކުރަންފެށީ އެހެންނޫންތޯއެވެ. ފަހުން އިސްލާމް ދިނުގެ ވެރިﷲ އެބައިމީހުންނަށް އެބައިމީހުންގެ ޤުރުބާންގެ ބަދަލު  ދުނިޔޭގައިވެސް ދެއްވާފައި ނެތްތޯ ، އިސްލާމީ ތާރީޚުގެތެރެއަށް ވަދެ ބައްލަވާ ލައްވާށެވެ. 

އަޅުގަޑުމެންގެ ނަފުސް ސާފު ކުރުމަށްޓަކައި 7 ފަހަރު ފެނުގެ ބޭނުން ކުރަންޖެހޭ ކަންކަން ﷲ ލެއްވިއެވެ. ހަމަ އެބީދައިން އިންސާނާ އަޅުކަން ކުރަން ހުންނަތަން ސާފުކޮށް ބޭއްވުމަށް އިސްލާމުދިން ބާރުއަޅައެވެ. ދުނިޔޭގައި އެއިރެއްގައި ޒަމާނީ ޥަޞީލަތްތައް ބޭނުންކޮށްގެން ކިތައްބިންތޯ އަޅުކަން ކުރެވޭ ފެންވަރަށް ގެނަސްފަ ވީ ތޯ ދިރާސީ ނަޒަރެއްދޭން އެބަޖެހޭ ދެއްތޯއެވެ. މިދެންނެވީ ކުޑަކުޑަ ޖުމުލައެކެވެ. އެކަމަކު ތަންމިތަނަށް ފެތުރިގެން ހިގައިދާނެ ދެއްތޯއެވެ. ކޮންމެ ކަމެއްގައި އިންސާނާއަށް ﷲ އަސްބާބުގައި ހިފުމަށް އެންގެވީ އެހެންއެއްވެސް މަޚުލޫޤަކަށް ނުދެއްވާ ނިޢްމަތް ކަމުގައިވާ ބުއްދީގެ ނިޢުމަތް ދެއްވާފައި ނޫންތޯއެވެ. އިސްލާމްދީނުގައި ކަޑައަޅުއްވާފައިވާ ކަންކަން އިންސާނުންނަށްޓަކައި ޙައްޖަތުލްޥަދާޢުގެ މަތިވެރި ޚުޠުބާ ކީރިތި ރަސޫލުﷲގެ ފާނުވަނީ ބަޔާންކޮށްދެއްވާފައެވެ. އޭގައި އެކަލާނގެ ދީނަކީ އިސްލާމު ދިންކަމާއި މިދީނުގެމައްޗަށް އެކަލާނެގެ ރުހިވޮޑިގެންކަން އެންގެވިއެވެ. އެއަށްފަހު މިދީނުގެތެރެއަށް އައިސްފައިވާނެތޯއެވެ. ޕީ އެޗް ޑީ އާއި ހަމައަށް އިންސާނާ އަށް ދެވިދާނެއެވެ. އެއީ ދުނިޔޭގެ މީސްތަކުން އެބައިމީހުންގެ ސިޔާސަތުތައް ތަންފީޒު ކުރަން ފަސޭހައަކަށް ހަދައިގެން އުޅޭ ނިޒާމެކެވެ. މީސްތަކުންގެ ދަރަޖަ ދެނެގަތުމަށް ފަސޭހައަކަށެވެ. މީގެ ކުރީގައި އިންސާނާއަށް ޢިލުމުވެރިން ސިފަވެގެންދިޔައީ އިންސާނުންގެ ތުބުޅި މަތިމަސްތަކުންނޭ ދެންނެވުމުން އަޅުގަދުގެ މިބަހަށް ކުރައްވާނީ މަލާމާތްދެއްތޯއެވެ. މިއަދު އަޅުގަޑުމެންނަށް އެގޮތަށް އެކަންބެއްލެވެން އެބައޮތްތޯއެވެ. މިއަދު ކުނިއުކާލާ މީހާއަށް ވެސް ބޭނުންނަމަ ތުބުޅި ބޭނުންވަރަކަށް ބެހެއްޓިދާނެއެވެ. އީީމާންކަމުގެ %50 އަކީ ސާފުތާހިރު ކަމަށްވާތީ މިކަމުގައިވެސް މިންވަރެއް ވާކަން އެއްކަލަ އިންސާށާއަށް ދެއްވި ބުއްދީގެ ނިޢުމަތުން ދައްކާ ދަލީލު ، ދަލީލު ކުރެދެއްތޯއެވެ. 

އަޅުގަދުމެންގެ ވެރިންނަކީ ރައްޔިތުންނާއި އެބައިމީހުންގެ ބެލެހެއްޓުމުގައި ތިބި މުޥައްޡިފުންގެ މަޞާލަޙަތު އާއި މެދު ކަންކަން ނިންމެވުމުގައި ވިސްނާ ބަޔަކަށް ވާން އެބަޖެހެއެވެ. އެހެންނޫނީ ޤިޔާމަތުގެ މައިދާޏުގައި އެކަންކަމުގެ ރަޙަ ލިބުމަށްފަހުގައި މެނުވީ ސުވަރުގެއާއި ދިމާއަށް ބަލާވެސް ނުލެވިދާނެއެވެ. 

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.