" ޥަސަޠިއްޔާ " ކިޔާ މާއްދާއެއް ކިޔަވާ ދޭން ޖެހެނީ ކީއްވެ؟

ކިޔެވި އެއްޗެއްގެ އަލީގައި މުޖުތަމަޢު ހޭލަ މޭލަ ކުރުވުން

ސެޕްޓެމްބަރ 29, 2025 - 06:37
 0
" ޥަސަޠިއްޔާ " ކިޔާ މާއްދާއެއް ކިޔަވާ ދޭން ޖެހެނީ ކީއްވެ؟
" ޥަސަޠިއްޔާ " ކިޔާ މާއްދާއެއް ކިޔަވާ ދޭން ޖެހެނީ ކީއްވެ؟
" ޥަސަޠިއްޔާ " ކިޔާ މާއްދާއެއް ކިޔަވާ ދޭން ޖެހެނީ ކީއްވެ؟
" ޥަސަޠިއްޔާ " ކިޔާ މާއްދާއެއް ކިޔަވާ ދޭން ޖެހެނީ ކީއްވެ؟

މާނުއްސުރެ ދިވެހިރާއްޖޭގައި މިސްކިތްތަކުގެ އިމާމުންނަށް ކުރަމުން އަންނަ ޤަދަރަކީ އިމާމެއްގެ ހައިޞިއްޔަތުންނާއި ލިޔުންތެރިއެއްގެ ޙައިޞިއްޔަތު ހަމަގައިމުވެސް އަޅުގަޑު ހަނދާން ނައްތާލާނެ ނުވަތަ ނައްތާ ލެވޭނެ ކަމެއް ނޫނެވެ. މަތީގައިވާ ސުރުޚި އާއި މެދު މުޖުތަމަޢުގެ ކޮންމެ ފަރުދަކުވެސް ވިސްނާލަން އެބަ ޖެހެއެވެ. 

ސަބަބު ތަކެއް ނެތިއެއް ނޫނެވެ. އަޅުގަޑުމެންނަކީ ޢިލުމުވެރިންގެ ފަހަތުން ކިޔަމަންތެރިކަން އިސްކުރާޙާލުގައި ފިޔަވަޅުއަޅަމުންދާ ޖެހޭ ބައެކެވެ. ކީއްވެގެންތޯއެވެ. މުޖުތަމަޢުގެ ގިނަބަޔަކާއި ޢިލްމުވެރިންނާއި ބައްދަލު ވަނީ މަދުފަހަރަކުއެވެ. ނަމަވެސް މިސްކިތަށް ޖަމާޢަތަށް ، ގޮސްއުޅޭ މީހުންނާއި އެރަށެއްގެ އިމާމަކާއި ބައްދަލުވެގެން ހިތުގަ އުފެދޭ ވަރަށް ގިނަ ކަންކަން ޙިއްޞާ ކުރާނެއެވެ. އެހެންކަމުން އަޅުގަދުމެންނަކީ ޖަވާބުދާރީ ވުމުގައި މަޑުމައިތިރި ކަމާއި ހިތްތިރި ކަމާއިއެކު ، ޢިލްމުވެރިކަމާއި އިސްލާމްދީނުގެ އެންމެ ރީތި ސިފަ ކަމުގައިވާ މެދުމިންވަރު ދެނެގަނެވޭފަދަ ، ވިސްނުމެއްގެ އަހުލުންނަށް ވާންޖެހޭ ބައެކެވެ. ކީއްވެގެންތޯއެވެ. އަޅުގަޑުމެން ބުނާ އެއްޗެއްގެ ސަބަބުން މުޖުތަމަޢު ކައްކާ ލެވިދާނެއެވެ. ހުރިގޮތަށް ރޮލާއި ތެލުލާލުންފަދަ ކަމަކަށްވެސް އެކަމެއް ވެދާނެތީ ޖެހިލުންވާން ޖެހޭނެއެވެ. ތިމާއަށްވުރެ މޮޅު އެހެންމީހަކުވެސް އާދައިގެ ފެންވަރެއްގައިވެސް ހުރެދާނެކަން ދަންނަން އެބަޖެހެއެވެ. މިކަން މިގޮތަށް ނުވާނެ ކަން ޤަބޫލު ކުރައްވާ ބޭފުޅުން ސޫރަތުލް ކަހްފު އަށް އީމާން ވާން ޖެހޭނެތޮއެވެ. މޫސާ ޢަލައިހިއްސަލާޟް ޖަމްޢުލް ބަހްރައިންއަށް އާދެ ދެ ކަނޑު ބެދުނު ހިސާބަށް ދަތުރު ކުރައްވަން ޖެހުނު ހާދިޘާ އާއި މެދު އަލުގަދުމެން ވިސްނާލަން އެބަޖެހެއެވެ. 

އެހެން ކަމުން އަޅުގަޑުމެން އިމާމުން ޥަސަޠިއްޔާ އޭ ކިޔުނު މާއްދާއެއް ކިޔަވަން ޖެހުނީ ކީއްވެބާވައެވެ. އަޅުގަޑުމެން ކީރިތި ރަސޫލާގެ ސުންނަތް ދެނެގަތުމާއި ޤިޔާސް އާއި އިޖްމާޢު ކުރެވޭ ކަންކަމުގައި ބުއްދީގެ ދަލީލުގެ ބޭނުން ހިފަންޖެހޭ މިންވަރަކީ ކަންކަމުގައި މީސްތަކުންނަށް ކަމެއް ވިސްނާދޭ އިރު ކިހާވަރަކަށް ބޭނުންކުރަންޖެހޭ ޥަޞިލަތެއްތޯއެވެ. އިސްލާމް ދީނުގެ މާތްނަބިއްޔާ ޢަލައިހިއްޞަލާތު ޥައްސަލާމް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ރަސޫލު ކަމާއއިގެން ވަޑައިގަތުމުގެ މަޤްޞަދު ތަކުގެ ތެރޭގައި ހިމެނޭ އިޖްމާޢީ އެންމެ ފުރިހަމަ މަޤްޞަދަކީ ސުލްޙަމަސަލަސް ކަންކަމާއިމެދު ، ޝައްކު އޮތި ކޮން ޖަންގައްޔެއްގައިތޯ ނުވަތަ ހިންދުއެމާ ކަނޑުގައިތޯއެވެ. ސުލްޙަލް ހުދައިބިއްޔާގެ ކަންކަން ކުރެއްވި ގޮތާއި މެދު ވިސްނާލި މީހަކުވެސް ޢަޖާއިބު ވާޙާ ނުވޭތޯއެވެ. ކޮންފަދަ މަތިވެރި ޙިކުމަތު ޢަމަލީއެއް ތޯއެވެ. މުސްރިކުން އެދުނުހާ މާއްދާއެއް އިތުރު ކޮށް އެގްރިމަންޓް ތައްޔާރު ކޮށް އެއްބަސް ވިިއެވެ. ބައެއް ޞަޙާބީ ބޭކަލުން ހިތްޕުޅާވެސް ނުވެ ކެތްތެރި ކަމާއިއެކު މަޑުން ތިއްބެވީއެވެ. ނަމަވެސް ﷲ ގެ ރަސޫލާ އަށް އެގިލައްވާ ކަންކަން އަޅުގަދުމެންނަކަށް ނޭގޭނެ ދެއްތޯއެވެ. އަޅުގަދުމެން ޖެހޭނީ އަހާ ކިޔަމަން ވެއްޖައީމޭ އަޅުގަދުމެން މިތިބީ ކަލޭގެފާނާއިއެކުގައޭ ދަންނަވާސެވެ. 

އެފަދަ ޙާލަތުގަ ޔަހޫދިން ދަންނަވަނީ ކަލޭގެފާނާއި ކަލޭގެފާނުގެ ކަލާނގެ ވަޑައިގެން ހަނގުރާމަ ކުރައްވާށޭ އަޅުގަދުމެން މިތާ ތިބޭނައޫއެވެ. ކިހާ ދެރަ ކަމެއްދެއްތޯއެވެ. 

އެހެންކަމުން މުޖްތަމަޢުގެ ހުރިހާ ފަރުދުންވެސް ޚާއްޞަކޮށް އިމާމުންވެސް ގޮތްކަޑައެޅުމުގައި މެދުމިންވަރުގައި ތިއްބެވުން މި ވަރަށް މުހިއްމު ކަމެކެވެ. އެކަކު އަނެކަކަށް އިހްތިރާމްކޮށް ހަދަންވާނެއެވެ. ހަމައެކަނި ތިމާ އެދޭ ގޮތަކީ ގޮތް ކަމުގައި ހަދަން އުޅެގެން ނުވާނެއެވެ. އެމުޖުތަމަޢުއެއްގެ ސުލުޙަ މަސަލަސް ކަން ބިނާ ވެފައި ޮތީ ކިހިނެއްތޯ ބައްލަވަލެއްވުން އެއީ ބުއްދިވެރިންގެ ގޮތެވެ. އެހެންނޫންނަމަ ، އިމާޟު ޝާފިޢީ ވެސް އަބޫ ޙަނީފާވެސް އެފަދަ އެހެންއިމާމުންވެސް އެބައެއްގެ ގޮތް ކުރިއަށް ނެރޭނެތާއެވެ. އެބޭކަލުން އެއްބޭކަލަކު އަނެއްބޭކަލަކަށް އިޚުތިރާމް ކުރެއްވި ކަމީ ދުނިޔެ ދުށް ޙަޤިޤަތެވެ.މިހާރު ހަމަ ޔަޤީނުންވެސް ޥަސަޠިއްޔާ ކިޔަވަން މިޖެހެނީ ކީއްވެގެންކަން ވިސްނާލާ އުޅޭ މީހަކަށް ފަހުމު ވާނެތާއެވެ. އަޅުގަޑު 2010 ގަ ހިތާދޫ ކެމްޕަސް ގަ ކުއްލިއްޔާގެ އިމާމް ކޯސް ހަދަމުން ދިޔައިރު އުސްތާޛު ރަޝީދު މޫސާ ވީކެންޑްތަކުގައި ވަދައިގެން ކިޔަވާ ދެއްވި ދުވަސްވަރަކީ މީސްތަކުންގެތެރެއިން ބަޔަކު ސިޔާސީ ވެގެން ގޮސް މަރާ ހިސާބުގައި ތިބި ދުވަސްވަރެކެވެ. ވަރަށް ރަގަޅަށް މިމާއްދާ ކިޔަވާދެއްވިއެވެ. އެކަމުގެ ނަތީޖާއިން އަޅުގަދު އުޅެމުންއައި ސިޔާސީ ހަރަކާތްތަކުން މިންޖުވިމެވެ. ނުވަތަ ދުނިޔޭގެ ސިޔާސަތު ތަންފީޒު ކުރުމުގެ ބަދަލުގައި މީސްތަކުންނާއިގެން ނަމާދު ކުރާ މީހެއްގެ ގޮތުގައި މަޙުސަރު ކުރެއްވުމަށް ހިތް އެދުނީތީއެވެ. މާތްﷲ އަޅުގަޑުމެން ހުރިހާ އެންމެންނަށް ހެޔޮ ޖަޒާ މިންވަރު ކުރައްވށިއެވެ. ހެޔޮބަސް އަހައި ކިޔަމަންވާާާާން ދަންނަ އިހުތިރާމް ކުރާ އިހްތިރާމް ކުރެވޭ ބައެއްކަމުގައި ލައްވާށީއެވެ. 

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.