ތުޅާދޫ ސްކޫލު ގެ ތާރީޚުން ފުންނަޒަރެއް

މިއީ ތުޅާދޫ ސްކޫލުގެ ތާރީޚާއި ބެހޭ ގޮތުން މިމަލައިގެ އެޑިޓަރ ދެކޭ ގޮތެވެ.

އޮގަސްޓް 17, 2025 - 18:49
އޮގަސްޓް 20, 2025 - 18:46
 0
ތުޅާދޫ ސްކޫލު ގެ ތާރީޚުން ފުންނަޒަރެއް
ތުޅާދޫ ސްކޫލް
ތުޅާދޫ ސްކޫލު ގެ ތާރީޚުން ފުންނަޒަރެއް
ތުޅާދޫ ސްކޫލު ގެ ތާރީޚުން ފުންނަޒަރެއް

ހާހާނުވަސައްތަ ސަތިރީސް ވަނައަހަރުގެ ކުރީ ކޮޅެވެ. ވަގުތަކީ އިރާކޮޅުގެ ހިތްގައިމު ވަގުތެވެ. ދެނަމާދު ދޭތެރެ ފަސްދީ ގޮސް ދަމަކަށް އަދި ހަނދެއް ހަރަކާތެއް ނުކުރެއެވެ. 
މިރަށު ދިލާސާގޭ ބޮޑު އުދޯލީގައި އެއިންނެވީ މުޅި ރާއްޖެ އަށް މަޝްހޫރު ޞަލާޙުއްދީން މުޙައްމާދީއެވެ. އާއެކެވެ. ތިޔަ ހީފުޅު ކުރަންވަން ޤަސްދު ކުރި ގޮތް ގޯހެއްނޫނެވެ. ފަޟީލަތުއްސައިޚް މުޙައްމަދު ސަޢީދުލް އަޒްހަރީ އެވެ. ނުވަތަ ބަގީޗާގޭ މުޙައްމާދީ އެވެ. ރާއްޖޭގެ އުއްތަމަ ފަޑިޔާރު ފަޟީލަތުސައިލް މަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ލޮބުވެތި ދަރިކަލުން މުޙައްމަދު ސަޢީދުއެވެ. އަރިހުގައި ތުޅާދޫ ގުލާބީގޭ ދޮންމުޙައްމަދު ގެ ދޮންއިސްމާޢީލް ކަލޭފާނު އިންނެވިއެވެ. އެދެކަލުން ރަށުގެ ފަރުދުންނަށް ދީނީ ތަޢްލީމު ގެންދެވޭނެ ގޮތަކާއި މެދު ވިސްނަވަމުން ގެންދަވާކަން ވާހަކަ ފުޅުން ދޭހަވެވެ. ޢިލްމަކީ ނޫރެއްކަމާއި އެނޫރު ފެތުރިއްޖެ ކޮންމެތަނަކަށް ތަރައްޤީ އާއި ތަމައްދުން ތަހުޒީބީ ސިފަ އެއް ޖެހިގެން އަންނާނެކަން މިދެކަލުންނަށް އެގެވެ.
ދުނިޔެ މިހާ ދަތިތަދު ދުވަސް ތަކެއްގައި މިދެކަލުން މިފަދަ ސްޓްރޯންގް ޕްރޮޖެކްޓެއްގެ ވާހަކަ މިދައްކަވަނީ ކީއްވެބާވައެވެ. ރަގަޅަށް ބަނޑު ފުރާނަ މުއްތިނުވެ ރަށުގެ އާބާދީން އެތައްބަޔަކު ހައިހޫނުކަމުގައި މިދުނިޔެ ދޫކޮށްދަމުންދާ މަންޒަރު ލޮލަށް ފެންނަމުން ހިނދު ގައިވެސް މެއެވެ. 
އެހެންނުވާންވީ ސަބަބެއްނެތެވެ. ﷲތަޢާލާ ކަމަކަށް އިރާދަ ކުރައްވައިފިނަމަ " ކުން " އޭ ވަޙީ ކުރައްވާ ދެއްތޯއެވެ.އެކަލާންގެ ޢިލުމަކީހިތްތަކާއި ކާއިނާތަށް އަދި ވުޖޫދު ކުރެއްވި އެންމެހާ ތަކެއްޗަށް އެނިޢުމަތެއްގެ އަސަރު ލެއްވި ޙިކުމަތްވަންތަ އިލާހުގެ ދީލަތި ވަންތަ ކަމާއެވެ. އެރެއަށް ފަހު ޤުރްއާން ކިޔަވާން ކުދިން މުޙައްމާދީ އަރިހަށް ގެންނަން ފެށުނެވެ. އޭގެތެރެއިން މަޑުމަޑުން އެހެނިހެން މާއްދާތައް ވެސްއިތުރު ވަމުން ގޮސް އެދުރުގެ ފުލާވާން ފެށި ހިސާބަށް ނުގޮސް ކުރިން ތިބި ހިސާބުގައި މަޑުކޮށްލަމާތޯއެވެ.  އަދިނުނިމޭ  

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 2
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 1
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.