އިންސާނާގެ ދުލާއި ގަލަމް _ ޙަޤިޤީ ވެރިފަރާތުގެ ޙުދޫދު

ސެޕްޓެމްބަރ 17, 2025 - 04:19
 0
އިންސާނާގެ ދުލާއި ގަލަމް _ ޙަޤިޤީ ވެރިފަރާތުގެ ޙުދޫދު
އިންސާނާގެ ދުލާއި ގަލަމް _ ޙަޤިޤީ ވެރިފަރާތުގެ ޙުދޫދު

 އޭނާއަށް އެކަލާނގެ ދެއްވި ކޮންމެ ނިޢުމަެއް އެކަލާނގެ ދެއްވީ އިޚުތިޔާރު ތަކަކާއި އެކުގައެވެ. އެހެންނަމަވެސް އެނިޢުމަތެއްގެ ބޭނުން ކުރަންވާނެ ޙުދޫދުތަކެއް ލައްވައިފައިކަން ޔަޤީނެވެ. ހިތަށް އެރިހާ ގޮތަކަށް  ދެއްވި ނިޢުމަތްތަކުގެ ބޭނުންކުރަމުންދާ އިންސާނާއަށް ވުރެ ނިކަމެތި މީހަކު ޙަޤީޤަތުގައި މިދުނިޔޭގައި ވާނެތޯއެވެ.  

ވެރިކަން ބޭނުންވުން ނުވަތަ ބާރުތަކަށް ދަހިވެތި ވުން މިއީ  އިންސާނާ ޚަލުޤު ކުރެއްވި އިރު އޭނާގެ ކިބައިގައި ލައްވާފައިވާ ސިފަތަކެކެވެ. ކީއްވެގެންތޯއެވެ. އިންސާނާއަށް ދެއްވި އެންމެ އަގުބޮޑު ނިޢުމަތުގެ ބޭނުން އެކަލާނގެ ކަޑައެޅުއްވި ޙުދޫދުގެ ތެރޭގައި ބޭނުންހިފައި މިންވަރު ބައްލަވައި އޭނާ އިމްތިޙާން ކުރެއްވުމަށްޓަކައެވެ. ޑިމަކުރަސީގައި މިސިފަ ޔޫޒު ކުރެވެމުންއަންނަނީ ކަލެ އަކީ ވެރިމީހާ އޭ ބުނަމުންނެވެ. ނަމަވެސް ޙަޤީޤީ ވެރިފަރާތަކީ ކާކުތޯއެވެ.  

ކަލެއަކީ މިނިވަނެކޭ ކަލެއަށް ވެސް ޙައްޤުތަކެއް ލިބިގެންވެޔޭ ކިޔާފައި ސައިޠާނާ އިންސާނާ ގުބޯ ހައްދަމުންދާ ޑިމަކުރަސީ އަކީ މިދެންނެވި އިންސާނީ އަޚްލާނީ އަޚުލާޤިއްޔަތު ފުޑައިލުމަށްޓަކައި ޔަހޫދީންނާއި ނަޞާރާއިން އެއްމޭޒުމަތީ ތިބެގެންހަދާފައިފައިވާ އެއްޗެއްކަމާއިމެދު ޝައްކެއްނެތެވެ. މިކަން މިއަދު ދުނިޔެ މިދަނީ ތަޙައްމަލު ކުރަމުންނެވެ. އަޅުގަޑުމެން ކައިރިއަށް އިސްލާމީ ޚުލަފާއުގެ އަހުލުވެރިން އައިސް ދެންނެވިތޯ ކަލެއަކީ ވެރިމީހާއެވެ. ކަލޭ ބޭނުންގޮތަކަށް ވެރިމީހާއާއި ޖަދަލުކޮށް ކުރި ހޯދާސސސސށޭ މިހެން ދެންނެވިތޯއެވެ. އެބޭކަލުން އިރުސާދު ދެއްވީ  އަށް ސިރުކު ކުރަން ނުޖެހޭ ، ކޮންމެ ޙާލަތެއްގައި ކިޔަމަންތެރި ކަމާއި ހިތްތިރިކަމާއިއެކު މުޢާމަލާތް ކުރުމަށްތޯއެވެ.  

އަޅުގަޑުމެންގެ ތެރެއިން ކަމެއްޙާޞިލު ކުރަން އެދޭ މީހާއަށް އޮތީ އަނެކާއަށް ލިބިފައިވާ މިނިވަން ކަމުގެ ދޮރު ދެމިނަޓުން ދެމިނަޓުންދައްކައި އޭނާ ރުޅިއަރުވައިގެން ހަވާނަފުސް ބަލިކުރުން ނޫނީ ގަދަ ކުރުވަން މަސައްކަތްކޮށް ރައްޔިތުމީހާ ިސްނާ ފިކުރު ހިއގުބޯ ހެއްދުންތޯއެވެ. ސައިޠާނީ ޢަމަލުތަކުގެ ތެރޭގައި އެޢަމަލު ހިމެނޭނެ ތޯއެވެ. އިންސާނާއަށް ޙުދޫދު ކަޑައަޅުއްވާފައި ނުވާކަމެއް އޭނާގެ ވަށައިގެންވޭތޯއެވެ. ވިސްނާލަން އެބަޖެހެވެ. ވިމާމޮޅު ނަސަބަކުން އަޔަތީ ތިމާމެން ކިބުރުވެރި ވެދަނީ ދިމާއަށް އަގުރު އަލިފާނޭ މިކިޔާކިޔުންތަކާއި މެދު ވިސްނާލަން އެބަޖެހެއެވެ. ﷲއިންސާނާއަށް ދުލެއްދެއްވީ ގަލަމެއްދެއްވީ ކޮންކަމަކަށް ޓަކައިތޯއެވެ. ކިޔަމަންތެރިކަން ނަގާ ގާދޫ ކޮލުން ބޭރުކޮށްފަތޯއެވެ. މަސްރިޤާއި މަޣްރިބުގެ ވެރިހިލާހަށް އިންސާނާ އުރެދި ހަވާނަފުސް އެދޭހާ ގޮތަކަށް މި ދެންނެވި ނިޢްމަތްަތަކުގެ ބޭނުން ކުރީމަ ވާންހުރި ހައެއްޗެއް މިއަދު ދިވެހިން ދެކެމުންމިދަނީއެވެ. ކެތްތެރިކަމެއްނެތި ދުނިޔޭގެ އެދުންތަކަށް އިންސާނާ ދަހިވެތި ކުރުވަމުން ދުނިޔޭގެ ލައްޒަތު އިންސާނާ ޙަލާކުގެ ތެރެއަށް ލާ އޮޅާލާ ނަރަކައަށް ވައްދަމުންދަނީ ކަމުގެ އިޙްސާސްތަކަށް ގޮންޖަހާ އިންސާނާ ހޭއަރަންވެއްޖެ ދެއްތޯއެވެ.  

 ގެ ކުޅަދުންވަންތަކަމާއި އެކަލާނގެ ދެއްވި ބުއްދީގެ ނިޢުމަތް އަގުހުރި ގޮތުގައި ބޭނުންކުރާ ބަޔަކަށް އަޅުގަޑުމެންނުވާންވީ އެއްވެސް ސަބަބެއް ނެތްއިރު އިޙުތިރާމު ލިބިގެން މިދުނިޔެ ގިރާކުރުމާއި މެދު ވިސްނާލަން އެބަޖެހެއެވެ. ދުނިޔޭގައި އަހަރެމެން އުޅެންމިޖެހެނީ އަހަރެމެންފަދަ އަނެކާއާއި އެކުގަކަން ދަންނަންއެބަޖެހެއެވެ.އަހަރެންމެންނީ ނަޞާރާއިންނާއި ޔަހޫދީން ތަޢާރަފު ކޮށްދުނިޔެއަސް ދައްކަމުންދާހާ ކަންކަމަށް ތަބަޢުވާން ޖެހޭ ބައެއްކަމުގައި ހީކުރާ ހީކުރުން ރާއްޖޭގެ އަސްދަނޑިން ބޭރުކޮށް ހަމަމަގަށް އަންނަން އެބަޖެހެއެވެ. މިދެންނެވި ކަންކަމުން ސަލާމަތްވާނީ ދުލާއި ގަލަމަކީ ޙުދޫދެއްގެތެރެގައިވާ އެއްޗެއްކަން އަޅުގަޑުމެން ޤަބޫލުކޮށްގެންނެވެ. އެއީވެރިކަމަށް ނުވަތަ އެހެންވެސް އެދުންވެރި ކަމަކަށް މަގު ފަހިކުރާ ވަޞީލަތަކަށް ހަދައިފިނަމަ ވާނޭގޮތް މިއަދު ދިވެހިންނަށް ތަޞައްވަރު ކުރެވޭނެއެވެ.  

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 1
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.