އެ އެކުވެރިޔާގެ މަރުގެ ޚަބަރު ލިބުމުން

އިބްރާހީމް ފަޔާޒް ބީޗްހައުސް ބ.ތުޅާދޫ ނިޔާވެއްޖެ

ސެޕްޓެމްބަރ 14, 2025 - 20:56
 0
އެ އެކުވެރިޔާގެ މަރުގެ ޚަބަރު ލިބުމުން
އަލްމަރުޙޫމް އިބްރާހީމް ފަޔާޒް ބީޗްހައުސް ބ.ތުޅާދޫ

 މެންދުރު ފަސްވެ ، ޢަޞްރަށް ގާތްވެފައި ވަނިކޮށް ލިބުނު ޚަބަރަކީ ފުންހިތާމައެއް ލިބުނު ޚަބަރަކަށް ވި ޚަބަރެވެ. ފައްޔަ މިދުނިޔެއާއި އަލްޥަދާޢު ކީ ޚަބަރެވެ. 

ޖަރުމަނުގައި މީގެ ދުވަސްކޮޅެއްކުރިން ކެމިކަލް ފީފާއެއް ގޮވައިގެން އޭނާގެ ހަށިގަޑަށް ލިބުނު ގެއްލުމަށް ފަރުވާ ދެމުން ދިޔައެވެ. އެހެންނަމަވެސް އޭނާގެ ހަށިގަޑަށް ލިބިފައިވާ ގެއްލުމަކީ އޭނާއަށް ކީއްކުރަންތޯ އެއްވެސް މީހަކަށް ބަލަން ކުޅަދާނަވަރުގެ ގެއްލުމަށްކަށްވުރެ ، ބޮޑު ގެއްލުމެކެވެ. 

މިއަދު އޭނާގެ ލޮބުވެތި ހަށި ދޫކޮށް ފުރާނަ ވަނީ ﷲގެ ޙަޟުރަތަށް ދަތުރު ކޮށްފައެވެ. މިހިތާމައިގައި ތުޅާދޫ މަލަ އިން އެ އަޚްލާޤު ރަގަޅު އެކުވެރި މިޒާޖުގެ ޒުވާނާ ގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި އެފުން ހިތާމައިގައި މިމަލަ ބައިވެރިވަމެވެ. އަދި އެމަރްޙޫމް ގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ކީރިތި ﷲ މިންވަރު ކުރެއްވުން އެދި ދުޢާ ކުރާ ޙާލު ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި  ދުޢާ ދަންނަވަމެވެ. 

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 1
ރުޅިއައިއްސި ރުޅިއައިއްސި 1
ދެރަވެއްޖެ ދެރަވެއްޖެ 25
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.