ތުޅާދޫ އާ ބިމުގެ އަހުލުވެރިން - އަލްބައިޢުގެ ލުއިފަސޭހަކަމަށް އެދިއެދި
ތުޅާދޫ ގެ އާބިމުގެ އަހުލުން ފަސެޭހަ ވިޔަފާރި ކުރުމަކަށް ހިތް އެދޭތާ ކިހާ ދުވަހެއް ވެދާނެތޯ
ދިރިއުޅުމަށްޓަކައި މުހިއްމު ތަފާތު ބޭނުންތައް އެކުލެވޭ ނިޒާމެއްގެ ތެރެއިން ތުޅާދޫގެ ލޮބުވެތި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާ ދެވުނު ނަމަ އެކުރެވުނީ ވަރަށް ވެސް މުހިއްމު އަސާސީ ކަމެކެވެ. ނަމަވެސް މިދެންނެވި އަސާސީ ޙައްޤު ލިބިއްޖެ ކަމުގެ އިޙްސާސް މިހާރު ތުޅާދޫ އާ ބިމުގައި ދިރިއުޅޭ ބޭފުޅުންނަށް ކުރެވޭނެ ތޯއެވެ.
މިހެންމިދަންނަވަނީ ކީއްވެބާވައޭ ހިތްޕުޅަށް އަރާ ވަޑައިގަތީތޯއެވެ. ކުކުޅު ކޮއްޓެއްއަޅާފައި ކުކުޅު ގެންގުޅެން ގަސްދުކުރާ މީހާ ވިސްނަން ޖެހޭ ކަންކަން ހުންނަން ޖެހޭނެތާއެވެ. ކެއުމުގެ ކަންތައްތައް ހަމަޖައްސާނެ އިންތިޒާމެވެ. ކާއެއްޗެހި އަވަސްގޮތަކަށް ފޯރު ކޮށްދެވޭނީ ކިހިނެއްތޯއެވެ. ކުކުޅުތައް ބައެއްފަހަރު ބޭރަށް ނުކުއްދަވާލާ ، ބޭރުގައި މަޑުކޮށްލާނެ ޕާރކެއް ހެދުމަށް ވިސްނުމަކީ ގޯސްވިސްނުމެއްނޫނެވެ. އެހެންނަމަވެސް އެގެ ކުރިން ވިސްނަންޖެހޭ ކަންކަން ހުންނާނެ ދެއްތޯއެވެ.
މިހާރު ތުލާދޫ ގެ އާބިމުގައި އިންސާނާނުންނޭ ކިޔާޤަބީލާއެއްގެ މިހުން ދިރިއުޅޭތާ ހައެއްގެ އަހަރު ވެދާނެއެވެ. ނަސީބަކުން އަމިއްލަ ފަރުދަކު އިސްނަގައުވާނެ ދެއްތޯއެވެ. ބައެއްފަހަރު ފަހަރު ިގެން ކެފޭ އެއް އެބަ ހިންގައެވެ. މިއި ވަރަށް ރަގަޅު ޚިދުމަތެކެވެ. ނަމަވެސް ދިރިއުޅެން ދޫކޮށްފައިވާ ކުޑަތަންކޮޅުގައި މިފަދަ ކަމެއް ހިންގުމަކީ ހިންގާ ފަރާތަށް ވެސް އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. ވަށައިގެން ގްރީން ޒޯންތައް ހެދުނަސް ފިހާރަށް ހޯދަން އެބިމުގެ އަހުން އެކުރާ ދަތުރުގެ ވާހަކަ އިވުމުން ހިތައް ދަތިކަމެއް އަންނަން ޖެހެނީ ކީ އަޅުގަދަކަށް ނޫންދެއްތޯއެވެ. ތުޅާދޫގެ ބިމުގެ މިލްކިއްޔާތު އެބައެއްގެ ތެރެގައިވާ ތުޅާދުގެ ވެރިން މިކަމާއި މެދު ވިސްނާމިންވަރު މިހާރު ރައްޔަތުންގެ ހިތްޕުޅަށް ސިފަވާނެއެވެ. ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ބިންދުކުރެވެން ޖެހޭނީ އެކަމެއްގެ ދަތިކަން ބަރުދާސްތު ކުރާތާ އަހަރުތަކެއްވެ ، ލިބުނު ދަރިފުޅު ގްރޭޑް 1 އަށް ހިގަންފެށީމަކާއެއް ނޫންދެއްތޯއެވެ.
ދެންބުނާނީ ޑެލިވަރ ކުރެވެން އޮންނާޏެއޭ އެވެ. މިހާހޫނު ގަދަ އިރު އެޚިދުމަތް ދިނުމަކީ ފަސޭހަކަމަކަށް ނުވާނެ ދެއްތޯއެވެ. ބައެއް ޙާލަތުގައި އަމިއްލަ އަސް ބާޒާރު ކުރެވެން ޖެހޭނެއެވެ. އެހެންކަމުން ތުޅާދޫ ކައުންސިލުން މިކަމާއި މެދު ވިސްނާފައި ވީހާވެސް އަވަހަށް މިދެންނެވި މައްސަލައަށް ޙައްލެއް ފެންނާނެ ގޮތަކަށް ކަންތައް ކޮށްދެއްވަން އެބަޖެހެއެވެ. އަދި ދިރި އުޅެން ތައްޔާރު ވަމުންދާ 100 ހައުސިންގ ޔުނިޓް ހުރި ހިސާބުގައިވެސް މިދެންނެވި އިންތިޒާމް ހަމަ ޖެހޭނެ ގޮތެއް ވުން އެއީ ވަރަސް ބޭނުންތެރި ކަމެކެވެ. އަޅުގަޑު ޔަޤީން ކުރާ ހިތްއޮތީ ފައިދާ ހުރި ޚިޔާލުތަކަށް ޢަމަލީ ސިފަ ގެނަސް ދިނުމުގައި މި ކައުންސިލު މެކުހަށް ޖަހާނެ ކަމަށެވެ. އަޅުގަދު އަބަދުވެސް މިދެންނަވާހެން މިކައުންސިލަކީ ތުލާދޫގެ ލޮބުވެތި ރައްޔިތުންނާއި އެންމެ ގާތްކައުންސިލެވެ. ތަރައްޤީގެ ނާރެހުގައި މިފަދަ ދެވަނަ ކައުންސިލެއް ތުޅާދޫގެ ތާރީޚުގައި ފެނިފައެއް ނެތެވެ.
ފުލެޓްތަކުގެ މައްަސލައިގައި އެކޮމެޓީ ޒިންމާދާރު ކުރެވުނު ނަމަ ތުޅާދޫ ގެ ލޮބުވެތި ރައްޔިތުންގެ ސަޕޯޓު އިންތިހާ އަށް ލިބުނިހެވެ. އެހެނަސް އެބޭފުޅުންގެ ހިތްޕުޅަށް ވެސް އަމިއްލަ އެދުމޭ ކިޔާ ވަބާ ނާރައެއް ނުދާނެދެއްތޯއެވެ. އެދުމަކީ އިންސާނާ އާއި އެނާގެ ހިޔައްޏާއި ދެމެދު ކުރުކާލި ކަޑާ ވައިރަސް އެއް އެހެންނޫންތޯއެވެ.
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
0
ގަޔާނުވި
2
ލޯބިވެއްޖެ
0
މަޖާ
1
ރުޅިއައިއްސި
1
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0












