ހިތް އަދު ރޮނީއޭ ނުދާށޭ

މިއީ އިބްރާހީމް މުޙައްމަދު ލިޔާގެ ބ.ތުޅާދޫ ލިޔަމުން ގެންދާ ލޯބީގެ ވާހަކަ " ހިތް އަދު ރޮނީއޭ ނުދާށޭ " އެވެ.

އޮކްޓޯބަރު 11, 2025 - 20:05
އޮކްޓޯބަރު 11, 2025 - 22:29
 0
ހިތް އަދު ރޮނީއޭ ނުދާށޭ

ފުރަތަމަ ބައި
މަޑުމަޑު ތެތް ފިނިކަމެއް  ޖައްވަށް ފެތުރިފައިވެއެވެ. ފަތިހުގެ މިއުފާވެރި ވަގުތުގައި ކޮންމެވެސް މިހެއްގެ މަޑު މަޑު ރުއިމުގެ އަޑު އިވެންފަށައިފިއެވެ. އަހަރެން މަޑުމަޑުން އަޑުއަންނަ ދިމާއަށް ހިނގައިގަތީމެވެ. ކުޑަކޮށް ބިރުވެސް ގަތެވެ. މިގަޑީގައި މިހިސާބަށް އަންނާނީ ކާކުހެއްޔެވެ. އެކަމަކުވެސް ވަލުތެރަށް ވަދެފީމެވެ. އަނެއްފަރާތު ހޭޅިއާ ދިމާއިން އެއަޑު ތަންކޮލެއް ބާރު ވާހެންހިވިއެވެ. އަހަރެން ތަންކޮލެއް ބާރަށް ހިގާގަތީމެވެ. ކުއްލިއަކަށް އަހަންނަށް ޖެހުނީ ހުއްޓޭށެވެ. އަހަރެން ހުރިތަނަށް ގާވިކަހަލައެވެ. އަހަރެންގެ އަގައިން ހަޅޭއްކެއްގެ އަޑު ބޭރުނުވީ ހަމަކިރިޔާއެވެ.
އެއީ އަހަރެންގެ ބައްޕަ ފިޔަވާ އެހެންމީހެއްނޫނެވެ. ނަމަވެސް ބައްޕަގެ ކައިރީ އިނދެގެން އެރޮނީ ކޮންއަންހެނެއްބާވައެވެ. އަހަރެން މަޑުމަޑުން ގަސްތަކުގެ ނިވަލަށް ވަނިމެވެ. މިވަނީ ކިއްބާވައެވެ. ކުޑަ އިރުކޮޅަކުން އެއަޑު ކެޑިއްޖެއެވެ. އަހަރެން ބަލާލީމެވެ. މިހާރު އެއަންމިހާ އެއޮތީ ބައްޕަގެ އުގުގައެވެ. އަހަރެން ލަދުން އެތަނުން ދުރަށް ދިޔުމަށް ބާރަށް ދުއްވައިގަތިމެވެ. ނަމަވެސް ގަހެއްގެ މުލުގައި އަޅައިގަނެގެން އަހަރެން ވެއްޓިއްޖެވެ. ދެން ވީގޮތެއް ނޭގުނެވެ.
އަހަރެން ހޭއެރިއިރު އަހަރެންގެ ބައްޕަ އަހަރެންގެ ކައިރީ ހުއްޓެވެ. ކުއްލިއަކަށް އަހަރެންނަށް ރޮއިގެންފާ ބައްޕަގެ ގައިގައި އޮލުލައި ގަނެވުނެވެ. ” ބައްޕަ ވާހަކަ ދައްކަން އިނީ ކާކާ؟ “
” ކީކޭ ތިކިޔަނީ …. ދަރިފުޅަށް އަނެއްކާ ކިހިނެއްވިތަ؟ “
” އަހަރެން ފަތިހު ހިނގާލަން ދިޔަ ިރު ފުއްޓަރު ފަރާތު ހޭޅިގައި ބައްޕަ ވާހަކަ ދައްކަން އިނީ ކާކާ ހޭ އަހަރެން މިއަހަނީ “
” ފަޒް … ކިކޭ ތިކިޔަނީ … މީމާލެއޭ … ކޮންހޭޅިއެއްގެ ވާހަކައެއް …. ފަޒް ގެ ބައްޕަ ދެންމެ ރަށުން މާލެއެއީ ” ފަޒްލާ ގެ ފިރިމިހާ ވަރަށްލޯބިން އޭނާގެ އަންހެނުންނަށް ވިސްނާދެވޭތޮ އުޅުނެވެ. ޑޮކްޓަރވެސް ހައިރާންކަމާއިއެކު ، ފަޒްލާ އާ ދިމާއަށް ބަލަމުންދިޔައެވެ.
” ނޫން ނޫން ތީ ހުސްދޮގު … އަހަރެން ދުށީމޭ … “
” ފަޒް … ފަޒް މާލެއައީ ކިއްކުރަންކަން ފަޒްއަށް އެގޭތަ؟ މިއޮތި އަހަރެމެންގެ ބޭބީ … ” ފަޒްލާގެ ފިރިމީހާ ވަރަށް އަސަރާއެކު ބުންޏެވެ.  ފަޒްލާ އެކުޑަކުއްޖާއާއި ދިމާއަށް ބަލާލިއެވެ. މަޑުމަޑުން އޭނާގެ ހަނދާންތައް އެނބުރެން ފެށިއެވެ. އޭނާ ދެލޯބޮޑުކޮށްފައި ބޭބީ އާ ދިމާއަށް ބަލަނީއެވެ. އޭނާގެ ސިނކުޑީގައި ބޮޑުހައިޖާނެއް އުފެދެންފަށައިފިއެވެ. އިމަޖެންސީ ރޫމު އޭނާގެ ވަށާ ، ގަޑީގެ ސޯބެއްހެން އެކިފަހަރު އެކި ފަރާތަށްއެބުރެނީއެވެ. ލުޅި މިހާ ރުރޫ އަޅަން ފަށައިފިއެވެ. އޭނާގެ ބައްޕައާއި ފިރިމިހާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ނަމަވެސް ޑޮކްޓަރ ހުރީ ވަރަށް ހަމަޖެހިލައިގެން ހުޝިޔާރުވެއެވެ. ކުޑައިރުކޮލެއްގެ ތެރޭގައި ފަޒްލާގެ ހަށިގަޑު އެދުމައްޗަށް ދެމިއްޖެއެވެ.
ޑޮކްޓަރ އާއި ނަރުސް ފަޒްލާއަށް ފަރުވާދޭންފަށައިފިއެވެ. ކެތްތެރިކަމެއްނެތި ޥާރިޘް އިންތިޒާރު ކުރަމުންދަނީ އަންހެނުން ހޭއަރާނެ ވަގުތަކަށެވެ. އެކުޑަ ކުޑަ ބޭބީ މަންމަގެ ލޯބިން މަޙްރޫމު ވެދާނެތީ އެކަމާ ވަރަށް ކަންބޮޑުވިއެވެ. މިގެ 01 ހަފްތާކުރިން އޭނާ ފަޒްލާ ގޮވައިގެން އައީ ވިހަން ބަނޑުގައިރިއްސަން ފެށުމުންނެވެ. ރަށުގެ ހެލްތު ޕޯސްޓުން މާލެދިޔުމަށް ބުނުމުންނެވެ. ފަޒްލާވިހެއުމަށްފަހު ކަންތައް މިދިމާވީ އޭނާ ހިތަށްވެސް އަރާފައި ނުވާ ގޮތަށެވެ.
” ދަރިފުޅު …. ސައިބޮއެފިންތަ؟ “
ނޫން …. ބައްޕަ ސައިބޮއެލައިގެން އާދޭ …. އަހަރެން ފަހުން ސައިބޮއެފާނަން …. އަވަހަށްދޭ … “
އޭނާ ބަފައިބެ ސައިބޯން ފޮނުވާލާފައި ދިޔައީ ނާސަރީއާ ދިމާއަށެވެ. އޭނާގެ ލޯބިލޯބި ދަރިފުޅުގެ ކައިރިއަށެވެ. އޭނާއެތަނުގައި ގަޑިއެއްހާއިރު ހޭދަކުރިއެވެ. އޭރު އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހެމުން ދިޔައެވެ. އެކަރުނަތައް ސިއްރުކުރަން އޭނާ ވަރަށް މަސަކަތްކުރިއެވެ. އޭނާގެ އުފާވެރި ދިރިއުޅުމަށް މިއައި ޢަޖާއިބުން ފުރިފައިވާ އިންގުލާބަކީ އެއްވެސް ކަމެއް އޮޅުން ނުފިލި ކަމަކަށް ވަނީވެފައެވެ. މަޑުމަޑުން ހިނގާފައި އިމަޖެންސީ ރޫމުގެ ކައިރިއަށްއައިރު ، ބައްޕަ ސައިބޮއެގެން އައިސް އިނެވެ.
” ދަރިފުޅާ …. ޥާރިޘް …. މިހާރު އެއޮތްގެން މެންދުރުވަނީނު …. ދެންއަވަހަށްގޮސް ސައިބޮއެގެން އާދޭ …. ދަރިފުޅު މިއަދު ނުކޮށްފިނަމަ …. މިކުޑަކުޑަ ޢާއިލާއަށް ވާނެ ގޮތެއްވެސް ނޭގެ …. އަވަހަށްގޮސް ސައިބޮއެލައިގެން އާދޭ …. “
” ބައްޕާ …. އާނ … ބައްޕާ އިރާދަކުރެއްވިއްޔާ …. އަހަރެންނަކީ ހިތްވަރުގަދަ ކުއްޖެއްކަން މިފަހަރު ބައްޕައަށް އެގޭނެ …. މިއަންނަނީ ސައިބޮއެގެން …. ” އޭނާ ވަރަށް ދެރަވެފައިހުރެ ، ހޮސްޕިޓަލްގެ އިރުމަތީ ގޭޓުން ބޭރަށް ނުކުތެވެ. މަގުގެ އަނެއްފަރާތުގައި ހުރި ހޮޓަލާއި ދިމާއަށް ހިނގައިގަތެވެ. އޭނާ ހޮޓަލަށް ވަންނަން ދިމާކޮށްލިތަނާ ކޮންމެވެސް މީހަކު ، އޭނާގެ ނަމުން ގޮވާލިހެން ހިވާތީ ފަހަތް ބަލާލިއެވެ.
” އަނހާ! … ކަލޭ ވެސް އެބައުޅެންތަ؟ “
” މަ މިއަންނަނީ ފަހަތުން ގޮވަމުން … ވާރި އަކަށް ނޭގުނު ފަހަތުން މިހަކު ގޮވާކަމެއްވެސް … “
” އަވަހަށް ހިނގާ ސައިބޯން …. “
ދެއެކުވެރިންގޮސް ހޮޓަލުގެ މޭޒެއްކައިރި އިށިއިނެވެ.
” އާދިލު …. ކަލޭ ކޮންއިރަކުތަ؟ ރާއްޖެއައީ …. “
” އަދި ވާނީ ހަމަ އެންމެ 15 ވަރަކަށް ދުވަސް ….. މިއަދު އޮފިހުގަ އިނދެފައި ހިތަށް އެރީ ރަށުބޮޓެއް އޮތްތޯ ބަލާލަން ދާނިއޭ … އެހެންހިތަށްއަރާފައި އަތިރި މައްޗަށް މިދިޔައީ …. ރަށު ބޯޓުގެ މިހުންކައިރީ ވާހަކަ އަހާލުމުން ވާރި މާލޭގައި އަންހެނުން ވިއްސަން އައިސް އުޅޭކަން މިއެގުނީ … ދެން ދުން ޖަހާފައި މިއައީ ހޮސްޕިޓަލަށް …. އެތަނުން ބަފާބެއާ ދިމާވީމަ ބުނީ ދެންމެ އެނުކުތި ސައިބޯށޭ ….. ވާރި ހުރި ވަރަށް ދެރަވެފައޭ …. ކުޑަކޮށް ވާހަކަ އަހާލައިފައި އަވަހަށް މިއައީ …. “
” ކޮންއެއްޗެއް ގެންނަންވީ ….. ” ވޭޓަރ އައިސް އަހާލިއެވެ.
” މަސްބުރި ރިހައާ ރޮށި  …. ފިޔާމިރުސް ގެންނަން ހަނދާން ކުރައްޗޭ …. “
” ވާރިޘް …. ބުނެބަލަ ވައިފުއަށް ކިހިނެއްވީ؟ “
” އެއްގޮތަކަށްވެސް ނޭގޭ …. އަހަރެން މިހުންނަނީ ކުރާނެކަމެއް ނޭގިފައި …. ވިހެއުމަށްފަހު އޭނާ ހޭނެތެނީ …. ސިނކުޑިއަށް އަސަރު ކޮށްފައިވާހެން ހީވަނީ …. މިއި އަހަރެން ދުވަހަކުވެސް ހިކުރި ގޮތެއްނޫން …. ” ވާރިޘް އަސަރާއި އެކު ބުންޏެވެ.
” ޑޯންޓް ވޮރީ …. އަބަދުވެސް ކަންތައް ވާނީ ރަގަޅަށް …. މާތްކަލާނގެ އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ …. އަހަރެންވެސް މީހަކާއި އިނދެގެން އުޅޭތާ މިހާރު ކިހާދުވަހެއް ވެއްޖެ …. އަދިވެސް އަހަރެންގެ އުއްމީދުތަކަކަށް ފަނޑުކަމެއްނާދޭ …. ކުއްޖަކު ނެތްކަމުގެ ހިތާމަ މަވެސް ކުރަން …. އެކަމަކު ކާކު ބުނާނީ އަހަރެން ހިތާމަ ކުރެއޭ ދޯ ! ހުރިހާވެސް ކަމަކީ ހިތްވަރު …. ވާރިޘް ދެރަވާނޭ ވަރު އަހަންނަށް އިޙްޝާޝް ކުރެވޭ …. އޯކޭ …. ދެންއަވަހަށް ސައިބޯން އުޅޭ …. “
އެދެއެކުވެރިން ސައިބޮން ތިބެގެން ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. ޢާދިލު ، ޥާރިޘްއަށް ވަރަށް ހިތްވަރުދިނެވެ. އަދި އޭނާގެ އެހިތެރިކަން ވާރިޘަށް އަބަދުވެސް ލިބޭނެކަމުގައި އޭނާބުންޏެވެ. ސައިބޮެއގެން ދެމީހުން ދިޔައީ ހޮސްޕިޓަލަށެވެ. އިމަޖެންސީ ރޫމާ އަރާހަމަވިތަނާ ޑޮކްޓަރ ކޮޓެރިން ބޭރަށް ނުކުމެއްޖެއެވެ.
” ޑޮކްޓަރ … ހަވް އިޒް މައި ވައިފް …. ؟؟؟؟؟ “
” ޑޯންޓް ވޮރީ ބްރޯ ….. ޔޫ އާރ ވެރީ ލަކް …. ގެޓްވެލް ސޫން … އިންޝާﷲ … ބަޓް އައި ވިލް ޓޯކް އާފްޓަރ … “
ޑޮކްޓަރ ހިނިތުންވެލާފައި ދުރުވެއްޖެއެވެ. އެވަގުތު ވާރިޘް އިމަޖެންސީ ރޫމަށް ވަންނަން އުޅުނެވެ.
” މަދުވެގެން ތިންގަޑިއިރުގެ ރެސްޓް ޕޭޝަންޓަށް ބޭނުންވޭ …. މިހާރު އެއޮތީ ނިދިފައި …. އެހެންވީމާ … އެތެރެއަށް ވަދެވޭނީ މެންދުރުފަހު 03:00 ގެ ފަހުން …. އޯކޭ …. “
” ހޭއެރުމަށްފަހު ކިހިނެއްތޯވީ …. “
” ކުރިއަށްވުރެ ރަގަޅު …. “
ޥާރިޘް ގެ ހިތަށް އަދިވެސް ހަމަޖެހުމެއް ނުލިބެއެވެ. އޭނާމަޑުމަޑުން ގޮސް ގޮޑީގައި އިށިއިނދެލިއެވެ.
” މަ މިހާރު ގޮސްލާނަމޭ …. ހަވީރު އަންނާނަން … ކަމެއް ގޯސްވަންޏާ މަށާ ގުޅާތި …. ރަގަޅުވާނެ އިރާދަކުރެއްވިއްޔާ …. “
” އާނ … ތޭންކްސް …. “
” ތިސަކަރާތްވީނުން …. ” ޢާދިލު ހިނިއައިސްފައި ބުންޏެވެ.
” އޯކޭ … ނޯ ތޭންކްސް … ” ވާރިޘްގެ ކައިރިއަށް ވަރަށް ހިނިއައެވެ.
އަދި ނުނިމޭ




މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.