މިއަދު ހަވީރު ދެ މެޗު ކުޅެވުނު އިރު ، ފުރަތަމަ މެޗުން ބަރާބަރު އެފް ސީ ކުރިހޯދައިފި
ހިތާދޫ ކައުންސިލުގެ ފުޓްސެލް މުބާރާތް ކުރިއަށްދަނީ
މިއަދު ހަވީރު ހިތާދު ފުޓްސެލް މުބާރާތުގައި ދެމެޗު ކުޅެފިއެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރީ ބަރާބަރު އެފް ސީ އާއި ދަ ބެސްޓެވެ. މިމެޗު 7 ލަނޑު 4 ލަނޑުން ކާމިޔާބު ކުރި ބަރާބަރު އެފް ސީ އެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޝަހުދާންއެވެ.
މިއަދު ހަވީރު ބައްދަލު ކުރި ދެވަނަ މެޗުގެ ޝަރަފުވެރި މެހެމާން އަކީ ތުޅާދޫ އާއި ހިތާދޫ އެކުޅުންތެރިއަކަށް ޓަކައި ފަޚުރުވެރިވާ މޫސާ ޙުސައިންއެވެ. އެބޭފުޅާވަނީ ތުޅާދޫ ޒުވާނުންގެ ގުޅުމަށް ކުޅެ ފަޚުރުވެރި ކާމިޔާބެއް ހޯދާފައެވެ. މިއަދު ހަވީރު ކުޅެވުނު ދެވަނަ މެޗު މޫސަ ޝަރަފުވެރި ކޮށްދެއްވި އިރު އެމެޗު ނިމުނު އިރު އެއްވެސް ބަޔަކަށް ލީޑު ލިބޭގޮތެއްނުވިއެވެ. މެޗު ނިމުނީ ދެޓީމު އެއްވަރު ވެގެންނެވެ. އެއީ 2 - 2 އިންނެވެ. މިމެޗު ގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މުޙައްމަދުއެވެ.
ހިތާދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ މި މުބާރާތް ހިތާދޫ ކައުންސިލުގެ ފުރިހަމަ އެއްބާރު ލުމާއި އެކު މަލައިން ގެނަސްދެމުންދާނޭކަން މަލައިގެ އަހުލުންނަށް ހަނދުމަފުޅުކޮށްއަރުވަމެވެ.
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
0
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0












