ތުޅާދޫ މަސްޖިދުއްރަޙްމާނުގެ ޤަބުރު ސާފުކުރުމުގެ މަސައްކަތުގެ ފަންސަޔާ ނަވައި އިންސައްތަ ނިމުނުތަނާ މަސައްކަތް ހުއްޓުވި - ތުޅާދޫމަލަ

އޮކްޓޯބަރު 24, 2025 - 14:54
އޮކްޓޯބަރު 24, 2025 - 16:21
 0
ތުޅާދޫ މަސްޖިދުއްރަޙްމާނުގެ ޤަބުރު ސާފުކުރުމުގެ މަސައްކަތުގެ ފަންސަޔާ ނަވައި އިންސައްތަ ނިމުނުތަނާ މަސައްކަތް ހުއްޓުވި - ތުޅާދޫމަލަ
ތުޅާދޫ މަސްޖިދުއްރަޙްމާނުގެ ޤަބުރު ސާފުކުރުމުގެ މަސައްކަތުގެ ފަންސަޔާ ނަވައި އިންސައްތަ ނިމުނުތަނާ މަސައްކަތް ހުއްޓުވި - ތުޅާދޫމަލަ
ތުޅާދޫ މަސްޖިދުއްރަޙްމާނުގެ ޤަބުރު ސާފުކުރުމުގެ މަސައްކަތުގެ ފަންސަޔާ ނަވައި އިންސައްތަ ނިމުނުތަނާ މަސައްކަތް ހުއްޓުވި - ތުޅާދޫމަލަ

ކަރުދާހުން ހަދާމަލުގައި ވަސްނުހުންނާނެ ކަމި އެންމެންވެސް ޤަބޫލު ކުރާ ޙަޤީޤަތެކެވެ. ކިތައްމެ ވަރަކަށް ސޮއެޖަހާފައި ނޫސްބަޔާންތައް ނެރެވިދާނެއެވެ. އެކަމަކު ހަޤިޤި ކަންކަމަކީ ފޮރުވޭނެ ކަންކަމެއް ނޫނެވެ. އަޅުގަޑަށް އެގޭގޮތުގައި އެމިސްކިތުގެ ޤަބުރުތައް ބޭރުކޮށް ސާފުކުރުމަށް ކައުންސިލުން ހުއްދަ ދީގެން މަސައްކަތް ކުރެވުނެވެ. ދެން އެމަސައްކަތް ނިންމާނެ ހެންހީވީމާ އެބޭފުޅުން އެމަސަކަތް ހުއްޓުވީ ރަށުގެ ރައްޔިތުންގެ މަސްލަޙަތަށް ޓަކައޭ ކިޔުއްވާފައެވެ. 

ނަމަވެސް ރާއްޖޭގެ ހިސްޓްރީއެއް ވިސްނާލާއިރު ކިތައްމެ މިސްކިތެއް ޤަބުރު ތަކުން ސާފު ކޮށް ޠާހިރު ކޮށް ނަމާދު ކުރެވޭ ވަރުގެ ތަންތަނަށް ހަދާފައި ހުޅުވާފައި ވެސް އެބަހުއްޓެވެ. މިއީ އަލަގަހަކުން ކެޔޮނިރެއް ފެޅުމެއްނޫން ދެއްތޯއެވެ. މާކަންތައްތައް ބޮޑުކޮށްގެން ފިތުނަ ވެރި ކަމެއްގެ ތެރޭގައި ރައްޔިތުން ތިއްބަވާކަށް ނުޖެހޭ ދެއްތޯއެވެ. ކޮންމެ މީހަކަށްވެސް ބުއްދީގެ ނިޢުމަތް ދެއްވައި ވިސްނާ ފިކުރު ހިންގާ ބަޔަކަށް ހެކިތަކެއް ވެޔެ އެއްއާޔަތަށް ވުރެ ގިނަ އާޔަތްތަކެއްގައި ﷲ ވަޙި ކުރައްވާފައިވާ ޙިކުމަތާއިމެދު ވެސް ވިސްނާލަން ޖެހޭ ދެއްތޯއެވެ. 

ތުޅާދޫ ކައުންސިލުން އެމަސައްކަތް ހުއްޓުވުމަށްފަހު އެމަސަކަތް ކުރިއަށް ގެންދިޔުމަށް ސަޕޯރޓެއް ނުދެއްވާ ކަމުގެ އެންމެ އަލި ގަދަ ދަލީލަކީ އެބޭފުޅުން އެންމެން ސޮއެކުރައްވާ ނެރުނު ނުސްބަޔާނެވެ. ދެން މިކަމާއި ބެހޭގޮތުން އިތުރު ބަޚުޘް އަކަށް ދާކަށް ނުޖެހެއެވެ. މިސްކިތްތަކުގެ ކަންކަން ބަލަހައްޓަވަނީ މިނިސްޓްރީންނެވެ. އެބޭފުޅުން އެކަން ކުރައްވާނީ އިސްލާމު ދީނުގައިވާ ޢިލްމުވެރިންގެ އިޖްމާޢުއާއި އެއްގޮތަށެވެ. އެހެންކަމުން އަޅުގަޑުމެންނަށް އެބޭފުޅުންގެ މައްޗަށް ބަސް ބުނުމުގެ ޙައްޤު އޮންނާނެތޯއެވެ. ކިޔަމަންތެރިކަން މިއީ އިންސާނުންނަށް އިޙްތިރާމް ލިއްބާދޭ ވަރަށް މަތިވެރި ސިފައެއްދެއްތޯއެވެ. 

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 3
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 1
ދެރަވެއްޖެ ދެރަވެއްޖެ 4
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 2
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.