އެއަރޕޯޓުގެ މަސައްކަތް ކުރިއަށް ދާއިރު ހޮސްޕިޓަލުގެ މަސައްކަތްވެސް އެދުވެލީގައި

ސެޕްޓެމްބަރ 18, 2025 - 14:03
 0
އެއަރޕޯޓުގެ މަސައްކަތް ކުރިއަށް ދާއިރު ހޮސްޕިޓަލުގެ މަސައްކަތްވެސް އެދުވެލީގައި
ފޮޓޯ ތުޅާދޫމަލަ ތުޅާދޫ އެއަރޕޯޓުގެ ބިންހިއްކުމުގެ މަސައްކަތުގެ ތެރެއިން
އެއަރޕޯޓުގެ މަސައްކަތް ކުރިއަށް ދާއިރު ހޮސްޕިޓަލުގެ މަސައްކަތްވެސް އެދުވެލީގައި
އެއަރޕޯޓުގެ މަސައްކަތް ކުރިއަށް ދާއިރު ހޮސްޕިޓަލުގެ މަސައްކަތްވެސް އެދުވެލީގައި
އެއަރޕޯޓުގެ މަސައްކަތް ކުރިއަށް ދާއިރު ހޮސްޕިޓަލުގެ މަސައްކަތްވެސް އެދުވެލީގައި
އެއަރޕޯޓުގެ މަސައްކަތް ކުރިއަށް ދާއިރު ހޮސްޕިޓަލުގެ މަސައްކަތްވެސް އެދުވެލީގައި

ތުޅާދޫގައި ދިވެހިސަރުކާރުން ހިންގާ ތަރައްޤީގެ ޕްރޮޖެކްޓް ތަކުގެ ތެރޭގައި ހޮސްޕިޓަލު އެޅުމާއި އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްތައް ކުރެވެމުން އެބަދެއެވެ.

މިމަސއްކަތަށް ބަލާއިރު މިވަގުތު އެމްޓީސީސީ ގައި ހުރި ވަޞީލަތްތައް ބޭނުންކޮށްގެން އެކުންފުނިން މަސައްކަތްކުރަމުންދާގޮތް ރަގަޅޭ ދަންނަވަން ޖެހެއެވެ. އެހެންނަމަވެސް މިމަސައްކަތް ހަލުއި ކުރުމަށްޓަކައި ވަޞިލަތްތައް ހޯދުން އެއީ ރައްޔިތުންގެ ކުންފުނީގެ އިސްވެރިން މިއަދު ވިސްނަންވެއްޖެކަމެކެވެ. އެހެނީ މިފަދަ މަސއްކަތްތަކަކީ ރައްޔިތުންނަށް ފައިދާ ހުރި ދިވެހި ސަރުކާރަށް އާމްދަނީ އިތުރުވާނެ ކަންކަމަށް ވާތީއެވެ.

ދިވެހި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާޢަދަދު ދުވަހަކަށް ވުރެ ދުވަހެއް މިއަންނަނީ އިތުރު ވަމުންނެވެ. އެހެންކަމުން ރައްޔިތުންނަށް ލާބަ ހުރި މިފަދަ މަޝްރޫޢުތައް ލާބަ ހުރި ގޮތުގައި ނިންމާލެވޭނީ ހެދަކުރެވޭ ވަގުތުގެ އަހައްމިއްޔަތު ރައްޔިތުންގެ ކުންފުނީގެ ވިސްނުމުގައި ނިކަން ރަގަޅަށް ބަހައްޓައިގެން ކަމާއި މެދު ދެބަސް ވާނެ ދިވެއްސަކު އެބަ ހުރިތޯއެވެ.

ނުހުންނާޏެ ދެއްތޯއެވެ. އެހެންކަމަށް ވާނަމަ ، ތަރައްޤީގެ ދުވެލި ހަލުއި ވާނީ ފެންވަރު ރަގަޅު ވަޞީލަތްތަކެއް ކުންފުނީގައި ޘާބިތު ކުރެވިގެންނެވެ.

0-02-03-b71bd23fb576c515fcd9b04720d371f469d3c351f48232d5c94990b2c13931da_386bb637e35c0ed ޑައުންލޯޑް ކުރައްވަވާ

ރައްޔިތުންގެ ލޯތްބާއި ހެޔޮދުޢާ ލިބޭ ނީ ރައްޔިތުން އެދޭ ސްޕީޑަށް ކަންކަން ގެންގޮސްގެން ކަންކަށަވަރެވެ. މިއަދު އަޅުގަޑަށް ދިވެހި ދައުލަތަށް މި އިލްތިމާސް ކުރަންޖެހެނީ އެކަންކަން ރަގަޅު ކޮށްލުމަށެވެ. އަދި އެމްޓީސީސީ އަކީ މިޑިޔާ އާއި ގުޅުން ހެޔޮ ކުންފުންޏަކަށް ހަދައި ދިނުމަށެވެ.  

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.