"ސަރުކާރުގެ ކުންފުނިތަކަށް މަސްރޫޢްތައް ދިނުމުން ބަޖެޓަށް ލުއިވާނެ" އެމްޕީ އިބްރާހީމް މުޙައްމަދު

ސަރުކާރުގެ ކުންފުނިތަކަށް މަސްރޫޢުތައް ދިނީމާ ބަޖެޓަށް ލުއިވާއިރު ، ރައްޔިތުމީހާގެ ހުވަފެންތައް މިވަނީ ބިލާހަކަށް ތޯއެވެ؟

އޮކްޓޯބަރު 20, 2025 - 14:20
އޮކްޓޯބަރު 20, 2025 - 16:05
 0

އާދޭހެވެ. ތިޔަވިދާޅުވި ވާހަކަ ފުޅަކީ ހަމަ ޙަޤީޣަތުގައިވެސް ތެދުފުޅެކެވެ. ނަމަވެސް ދަންނަވަން ހުރި ވާހަކަ ވަރަށް ގިނައެވެ. އަޑުއައްސަވާނެކަމަށް އުއްމީދު ކުރަމުން އަޅުގަޑު ފަށައިގަންނަމެވެ. 

ތުޅާދޫ ރައްޔިތުންނަކީ ބިންހިއްކުމުގެ ވަރަށް ގިނަ ގޮތްތައް ތަޖުރިބާާާާާާާާ ކޮށްފައިތިބި ހޭލުންތެރި ރައްތުންތަކެކޭ އެންމެފުރަތަމަވެސް ދަންނަވާ ލާނަމެވެ. ތުޅާދޫ އެއާރޕޯރޓުގެ ސްޕީޑަކީ އެމްޓީސީސީގެ ސްޕީޑު ކަމާއިމެދު ޝައްކުކުރާކަށް ނުޖެހޭ ދެއްތޯއެވެ. ނަމަވެސް އެކުންފުންޏަކީ ރައްޔިތުންގެ ވަރަށް ބޮޑު ހޭދަތައްކޮށް އުފައްދާފައިވާ ރައްޔިތުންގެ ކުންފުންޏެކޭ ކިޔާއަޑު ނާހާނެ ކުޑަކުއްޖެއްވެސްވެސް މިމުޖްތަމަޢްގައި ވަރަށް މަދުވާނެއެވެ.

ސަރުކާރުގެ ބަޖެޓަށް ލުއިވާއިރު ، ރައްޔިތުންގެ އުއްމީދުތައް ޙާޞިލު ވާ މިންވަރު ސްލޯވ ވުމަކީވެސް މައްސަލައަކަށް ނަގަން އެބަޖެހޭ ދެއްތޯއެވެ. ރައްޔިތުން ސަރުކާރެއް ހިންގަން މަލްޓިޕާޓީ ނިޒާމަކުން މިޙަވާލުޖުރަނީ އެމީހުންގެ ވެސް އެދުންތަކެއް ހުރެގެންކަން ދަންނަންއެބަޖެހެއެވެ. މިއަދު އެމްޓީސީސީއަކީ ރާއްޖޭގެ ގިނަ މަސްރޫޢުތަކެއް ނަގައިގެން އުޅޭ ފަޤީރު ކޮއެއަކަށް ވާމަންޒަރު ބެލުމަކީ ކުޅަދާނަ ކަމަކަށް ނުވާނެކަންނޭގެއެވެ. އެއީ މިއަދު ޥަޞީލަތްތައް ފުރިހަމަ ކުރެވޭނެ ވަރުގެ އާމްދަނީއެއް ލިބޭނެ ކުންފުންޏެކޭ ދަންނަވާނީކީ ހަމައެކަނި އަޅުގަޑެއް ނޫނެވެ. މަސްރޫޢުތައް ނަގާނީ އާމްދަނީ ލިބޭ ކުންފުނި ތަކުން ދެއްތޯއެވެ. ހަމައެކަނި ސަރުކާރެއްގެ ދަށުގައި އޮތުން އެއީ ލާޒިމު ކުރަންޖެހޭނެ ކަމެއްނޫން ދެއްތޯއެވެ. 

ޥަޞިލަތްތައް ނެތުމުގެ ސަބަބުން އުދެލިކާރުންގެ މަސައްކަތުގެ ސްޕީޑް ވެސް ދައްވާނެއެވެ. ނަމަވެސް ޥަޞިލަތްތައް ފުރިހަމަ ކޮށް ކުރާ މަސައްކަތްތަކުގެ ހަލުއިކަން ފެނުމުން ރައްޔިތުމީހާގެ މޫނުމައްޗަށް އުފާވެރިކަން އައުމަކީ ވަރަށް މުހިއްމު ކަމެކެވެ. ނަމަވެސް މިއަދު ވެސް އެމްޓީސީސީ އިން ތުޅާދޫ އެއާރޕޯޓުގައި މަސައްކަތް ކުރަމުން ދިޔަ ގޮތް ފެނުނުމީހަކު ވެސް ދެރަވާނެއެވެ. އިއްޔެވެސް ފަސް ޖަންބޯއަށް ވެލިއަޅާފައި ދެން ޖެހުނީ ހުއްޓާލާށެވެ. ޥަޞިލަތްތައް މަދުވީމައެވެ. މިއަދު ވެސް ޖަންބޯތަކަށް ވެލިއެޅުމަށްޓަކައި މަސައްކަތް ކުރަމުން ދިޔައެވެ. ކޮންނަ ބޯޓުން ހިކޭ މިންވަރު ފެންނާނީ މަސައްކަތްކުރާ މާޙައުލުގައި އެވެލިތައް ފަތުރާނެ ލޮރީއެއްވެސް އޮވެގެންތާއެވެ. އަދި ހަމަ އެކުންފުނިން ކުރަމުންގެންދާ ހޮސްޕިޓަލު ޢިމާރާތުގެ މަސައްކަތްވެސް ކުރިއަށްވުރެ ސްޕީޑު ލަސްކަމަށް ފާހަގަކުރެވެއެވެ. އަދި ބަނދަރުގެ ވައިޓަރ މަގު ކޮންކުރިޓް އެޅުމަށްޓަކައި އެތަނުގައި އަތުރާފައިހުރި ގައު ތައް ނަގާފައި ހުރިމާ އެތަނަށްލަފާ ފުރާ މަސްވެރިންނަށްވެސް ދަތިތަކާއި ކުރިމަތިލާން ޖެހޭކަން މަލަ އަށް ފާހަކަ ކުރެވެއެވެ. 

އެހެންކަމުން ސަރުކާރުގެ ކުންފުނިތަކަށް މަސްރޫޢުތައް ދިނުމުން ހިތަށް ފިނިކަން ރައްޔިތުމީހާއަށް ނުލިބި ލޮލަށްވެސް ފިނިމަންޒަރެއް ސިފަ ނުކޮށްލެވޭ ދެއްތޯއެވެ. ބައެއް ޕާލަމެންތްމެމްބަރުންގެ ލޮލަށާއި ހިތްޕުޅަށް މި ފިނި ވަނީ ސަރުކާރުގެ ބަޖެޓަށް ލުއިވާތީ ކަމަށް އެބަޤަބޫލު ކުރަންވެސް ޖެހޭތާއެވެ. އެހެންނަމަވެސް އެވްރެޖްކޮށް ދެންނެވޭނީ ކީކޭތޯއެވެ. 

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.