ތުޅާދޫ ގެ ބިން ސަތުވަންނަ ހެކްޓަރަށް ފައްސި ވަމުންދާއިރު ......
އެމްޓިސީސީގެ ދުވެލީގައި ތުޅާދޫ އެއަރޕޯޓު ދަނީ ކުރިއަަށް
ތުޅާދޫގައި ދިވެހި ސަރުކާރުން އެއަރ ޕޯޓު އެޅުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި 57 ހެކްޓަރ ގެ ބިން ހިއްކުމަށްޓަކައި ސަރުކާރުން އެމްޓީސީސީ ޙަވާލު ކޮށް ކުރަމުންދާ މަސައްކަތް މިއަދު ވެސް ދަނީ ކުރިއަށެވެ.
ވޭތިވެދިޔަ ދެދުވަސް ތެރޭގައި ރަށުގެ ދެކުނުފަރާތުން އެއަރޕޯޓުގެ ބިންގަޑާއި ގުޅުވައިގެން ހަދާ ކޮށްލަވަނީގެ މަސައްތަވެސް ދަނީކުރިއަށެވެ. ރެއާ ދުވާލު މިހާރު އެމްޓީސީސީ އިން އެއް ހައިމާކުން މަސައްކަތް ކުރާކަން މިމަލައަށް ފާހަކަ ކުރެވެއެވެ.
އެމްޓީސީސީ އަކީ ދިވެހި ރާއްޖޭގެ މިފަދަ މަސްރޫޢު ތަކުގައި ނަމްބަެރ 1 ދިވެހި ކުންފުންޏެވެ. އެހެންނަމަވެސް ރާއްޖޭގެ މީހުން ދިރި އުޅޭ ހުރިހާ ރަށެއްގައި މަޝްރޫޢުތައް އޮބަހައްޓާ ނަގަހައްޓާ ހެދުމުގައި ދަތިތަކެއް ތަޙައްމަލު ކުރަން ޖެހިފައިވެއެވެ. މަސައްކަތް ކުރާނެ މުޥައްޒިފުން ނެތީކީ ނޫނެވެ. ފެންވަރު ރަގަޅު ޥަޞީލަތްތައް ކުރިއަށް ގެންދާ މަޝްްްރޫޢު ތަކަށް ފައި ހަމަ ކުރެވޭވަރަށް ޥަޞީލަތްަތައް ނެތީއެވެ.
ދިވެހިރާއްޖޭގެ އާމްދަނީގެ ނިޞްބަތުން ކަޑައަޅާާ ފައިވާ މުޅިރާއްޖޭގެ ތަރައްޤީގެ ބަޖެޓް ކަވަރ ވާވަރަށް ދިވެހި ދައުލަތަށް ލިބޭ އާމްދަނީ އިން ކަވަރ ކުރެވޭނެ ކަމަށް ފެނެއެވެ. އެހެންކަމަށް ވާނަމަ ، މިޥަޞީލަތްތައް ތަރައްޤީ ކުރުމަކީ ޤައުމު ހިންގުމާއި ޙަވާލުވާ ފަރާތްތަކުން ތަންކޮޅެއް ދުރާލާ ވިސްނަވަން ވެއްޖެ ކަމެއްކަމުގައި އަޅުގަޑު ދެކެމެވެ.
މިހެންމިދަންނަވަނީ ސަބަބު ތަކެއް ނެތިއެއްނޫނެވެ. ތުޅާާދު މީހުންނަކީ ބިންހިއްކުމުގައި ދުނިޔެއަށްވެސް ނަމޫނާ ރައްޔިތެއް ދިރިއުޅެމުންއައި ރަށެކެވެ. އަމިއްލަފަޅުތެރެއިން ހުއިކަޑައިގެން ބޮއްކުރާ ފަހަރުގައި ގެނައުމުގެ ކުރިން ފަރުން ބޮޑެތި ހިރި ނަގައިގެން ގޭވަޅުގެ ތޮށި ލާ އުޅުނު ހީވާގި ބައެކެވެ. ފަތިހު މަހަށް ފުރަމުން ، ހަފުތާގައި މަހަށް ނުފުރާ މަޑުކުރާ ދުވަސްދުވަހު އެކުވެރި ކުދިން ގޮވައިގެން މިކުރާ ބުރަ މަސައްކަތަކީ ސަރުކާރެއްގެ ތަޚުތުގައި އިންނަވާ ހާ ބޭފުޅަކަށް ވިސްނޭނެ ވަރަށް ވުރެ ، ޕަވަރފުލް ، ދިރިއުޅުމުގައި އޭނާގެ ޒިންމާތަކާއިއެކު ކުރެވޭ ހަކަތަ އުނިވާފަދަ ބުރަ މަސައްކަތެއްކަން ކަށަވަރެވެ.
ދެން ފެނުނީ ރައީސް މައުމޫނު ގެ ސަރުކާރުން ބިން ހިއްކާ މަންޒަރެވެ. ދެން 2010 ގައި ރައީސް އަށްރެއާއި އަށް ދުވާލުން ބިންހިއްކި މަންޒަރެވެ. އެހެންނަމަވެސް އަޅުގަޑުމެން ވިސްނާލަން ޖެހޭ އެހެންކަންކަން އެބަހުއްޓެވެ. 2010 ގައި ރާއްޖޭގެ ތަރައްޤީގެ މަސްރޫޢުގެ މިންގަޑަށެވެ. އިެއީ ކިތައް މަސްރޫޢު ތޯއެވެ. މިއަދު ކިތައްމަސްރޫޢު ތޯއެވެ. އަޅުގަޑު އެދެނީ ރާއްޖޭގެ ތަރައްޤީގެ ދުވެލީގައި މިއަދުގެ ރައީސުލްޖުމްހޫރުއްޔާ އެދައްކަވަމުން ގެންދަވައި ހިތްވަރަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ކާމިޔާބު ދެއްވައި އަމިއްލައަށް ބާޑީ ޖަހައިގެން ތުޅާދޫގައި ހިއްކާފައިވާ ގޯތިތައް އަމިއްލަ ކޮށްދިނުމުގެ ހެޔޮނަޞީބު އެމަނިކުފާނަށް މިންވަރުކުރެއްވުމެވެ. އެހެން އެކަން ވެއްޖެނަމަ އެދުވަހު އެ ދުވަހު އެއުފުލި ވޭންވަރު ، އެރިހުންތައް ތަޙައްމަލު ކުރަމުން ދިޔަ ހަށިތައް ކުޑަކުޑަ ކެޕްސޫލަކުން ލިބޭހާ ފަސޭހަކަން ލިބި ، ރިޔާސީ ދެވަނަ ދައުރެއް ކީއްކުރަން ތިން ހަތަރު ދައުރަށްވެސް ނުނަގާނެތޯއެވެ.
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
2
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
1
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0












