ބޯހިޔާވަހިކަމުގެ ނިޒާމް - ކޮނުނުވަރަކަށް ފަސްގިނަވާނެ

އޮކްޓޯބަރު 12, 2025 - 20:44
 0
ބޯހިޔާވަހިކަމުގެ ނިޒާމް -  ކޮނުނުވަރަކަށް ފަސްގިނަވާނެ
ބޯހިޔާވަހިކަމުގެ ނިޒާމް -  ކޮނުނުވަރަކަށް ފަސްގިނަވާނެ
ބޯހިޔާވަހިކަމުގެ ނިޒާމް -  ކޮނުނުވަރަކަށް ފަސްގިނަވާނެ
ބޯހިޔާވަހިކަމުގެ ނިޒާމް -  ކޮނުނުވަރަކަށް ފަސްގިނަވާނެ

ބޯހިޔާވަހިކަމުގެ ނިޒާމަކީ އެންމެންނަށްވެސް ލިބެންޖެހޭ ނިޒާމެކެވެ. މިނިޒާމު އަޞްލު ޙަވާލު ކުރަންޖެހޭ ފަރާތް ނޫން ފަރާތަކަށް މި ނިޒާމުގެ ދަށުން ބޯހިޔާވަހިކަން ދިފިނަމަ އެކަން ފިތުނައަކަށް ވާނޭކަމީ އެންމެންވެސް ޤަބޫލު ކުރާ ޙަޤީޤަތެކެވެ. ޢާއިލާއެއްގެ އެއންމެ ބޮޑު ޒިންމާ އަދާކުރަންޖެހޭ މީހާއަކީ ފިރިހެނުން ކަމުގައި އޮތްއޮތުން އެއްގޮތަށް ބާއްވާފައި ބޯހިޔާވަހިކަން ދޭ އުޞުލުތައް އެކަށައަޅާނަމަ ، މިކަންކަން ޙައްލު ކުރުމުގައި އިންސާނުނަށް ގޮއްޖެހުން ތަކާއި ކުރިމައްޗެއްނުވީހެވެ. އަހަރެމެން މުސްލިމުންގެ ގޮތުގައި ތިބެ ، އިންސާނީޙައްޤޭ ކިޔާ ދުނިޔޭގެ އަނގަމައްޗަށް ފައިންއަރާނެ ފުރުޞަތު ބަޔަކަށް ދެވުނު މޮޔަ ހިތަކަށް ނޭރިތާއެވެ. އެންމެރަގަޅެވެ. 

އަޅުގަޑުމެން މިހާރުވެސް ތުޅާއެއް ހިފައިގެން ކޮންނަން ދިމާކޮށްބަލާށެވެ. އިންސާގެ 100 އިސްކޮޅަށް ކޮނެވުނަސް އޭނާ ފަސް ބޭނުންވާނެއެވެ. އެހެންނޫންތޯއެވެ. އަދި މިނޫނަސް ބިމުގައި ހުރި ތަފާތު އެއްޗިއްސާއި ކަންކަމާއި ދިމާވެސް ވާނެއެވެ. އެއެއްޗިއްސަށް އެދުންވެރިވެސް ވާނެއެވެ. އިތުރަސްވެސް ބޭނުންވާނެއެވެ. ދުވަހަކުވެސް އިންސާނާގެ ހިތްފުރޭނެ ބާވައެވެ. އެހެންވެގެން އިސްލާމްދީނުގައި ފިރިހެނުންނަށް ޒިންމާތަކެއް ލެއްވިއެވެ. އިންސާނީހައްޤުވެސް އެދީނުގައި އެބައޮތެވެ. އެޙައްޤު ރައްކާތެރި ކުރެވޭނެ ގޮތްވެސް އެބައޮތެވެ. އަންހެނުން ހިތުންރުހުމުން އެބައިމީހުންގެ އަޞްލު މަޤާމަށް ރުޖޫޢަވެއްޖެނަމަ މިހުރިހާ ކޯލުންތަކަކުން އިންސާނާއަށް ސަލާމަތްކަން ލިބޭނެއެވެ

އެހެންނަމަވެސް ދުނިޔޭގަ މުސްލިމުންގެ މެދުގައި ފިތުނަ އުފައްދަން މަސައްކަތް ކުރަމުންދާ ދުސްމަނުންގެ ބަހުގައި ތަތްތެޅި އަޅުގަޑުމެން މުޑުދާރު ވަމުން ގޮސް އެކަކު އަނެކަކާއި މޫނު ހަމަ ކުރަން ނުކެރޭ ދަރަޖައަށްދަނީއެވެ. ޔަހޫދީންނާއި ނަޞާރާއިން އަބަދުވެސް ބޭނުންވަނީ ހެޔޮއެދޭ ސިފަ ބެކްރައުންޑަށް ގެނަސްގެން ފިތުނަ ވެރި ކުރުވާށެވެ. ބޮޑެތިމުސްލިމު ޤައުމުތައް ހަންބާނާފަ ދެންމިފެށީ ފިކުރީހަނގުރާމައޭ ކިޔާ މުސްލިމުންގެ ވިސްނުމާއި ކުޅެލާ ޕްރެޝަރަށް އަރުވާ ޝައިޠާނީ މަގަށް އޭނާގެ ވިސްނުން އިސްކުރުވަން މަޖްބޫރުކުރުމެވެ. 

ނަތީޖާ އެބައިމީހުންނަށް ވަރަށް ފޮންނެއެވެ. އަޅުގަޑުމެންނަށް ވަރަށް ހިތިމެއެވެ. އެކަމަކު ގޮތްދޫނުކުރުމުގެ ސަބަބުން މިއަދު ޖުޑިޝަރީގައިމިވަނީ ކަތުރުފަނި ދުވަންފަށާފައެވެ. ކީއްތޯކުރާނީއެވެ. ކާކަށްތޯ އިންސާފުން ބޯހިޔާވަހިކަންދޭނީ ހިތަށްއަރާހާ ވެއެވެ. ކީއްވެތޯ ރަށުން ގޯތިނުލިބި ނުވަތަ ބޯހިޔާވަހިކަމެއްނެތް ދުވަސްވީ ފަންތީގެ މީހުންނަށް އިސްކަމެއް ނުދެވުނީ ހިތަށްއަރާހާ ނުވޭދެއްތޮއެވެ. އަޅގަޑުމެން ވިސްނާލުންޖެހެއެވެ. ކަންކަމުގައި މަސްލަޙަތު ހިފަހައްޓާނެ ގޮތަކާއިމެދު އަޅުގަދުމެންގެ ވިސްނުންބަހައްޓަން ޖެހެއެވެ. ތުޅާދޫ ރައްޔިތުން ވޯޓުދިނީކީ ހައުސިންގ މިނިސްޓަރީއެއް ގެ އުޞޫލު ހަދާބަޔަކަށް ނޫންދެއްތޯއެވެ. ތުޅާދޫ ރައްޔިތުން ވޯޓުދީގެންހޮވާފައި މިތުލާދޫގައި މިތިބީ ދިމާވާ ކަންކަމުގައި ރައްޔިތުންގެ މަސްލަޙަތަށް ވެރިކަންކޮށްދޭނެވެރިންނެވެ. އެބައިމީހުންގެ ހުވާގައި މައިސަރުކާރުން ތުޅާދޫއަށް ކަޑައަޅާ އުޞޫލުތަކަށް ނޫނެކޭ ބުނެވެން ހަމަ ނެތީތޯއެވެ. އެއުޞޫލުތައް ފާސް ކުރެއްވީ ކޮންއެއްޗެއް ހިތްޕުޅާ ވެގެންތޯއެވެ. 

އަޅުގަޑުއެދެނީ ރަސުގެ ރައްޔިތުންގެ ޙައްޤުގައި އެއުޞޫލުތަކަށް ނޫނެކޭ ވިދާޅުވެ އަލުން އިޢްލާން ކޮށް މަސްލަޙަތު ހުރި އެންމެ ރަގަށް މިކަން ނިންމުމުގެ ތަޥްފީޤް ކީރިތިﷲ ތުޅާދޫ ކައުންސިލަށް ދެއްވުމެވެ. 

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 1
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.