މަލްޓިޕާރޓީ ނިޡާމް - ތުޅާދޫ އަކީ ޕާޓީތަކަށް ލިބުނު ރައުސްލްމާލެއްބާ؟
ތުޅާދޫ ގެ ލޮބުވެތި ރައްޔިތުން މިނިޡާމް ބަލައިގަތް ގޮތުގެ ވާހަކަ ޖާއިޒު ފައިދާ އަދި ނާޖާއިޒު ފައިދާ ޙިއްޞާ ވެގެން އައި ގޮތް އެޑިޓަރ ގެ ގަލަމުން
ތުލާދޫގެ ލޮބުވެތި ރައްޔިތުންނަކީ ޒަމާނުއްސުރެ ރާއްޖޭގެ އެހެނިހެން ރައްޔިތުން ފަދައިން ދަތި ތަކާއި ކުރިމަތި ވަމުން އެކަންކަން ތަޙައްމަލު ކުރަމުން އައިސްފައިވާ ބައެއް ދިރިއުޅޭ ރަށެއްކަން ރާއްޖޭގެ ސިޔާސީ ހުރިހާ ހުރިހާ ފަރާތްތަކަށް އެގެއެވެ. އެކަމުގެ އެންމެ އަލިގަދަ ހެއްކަކީ 1936 ވަނަ އަހަރު ޞަލާޙުއްދީން މުޙައްމާދީ ތުޅާދޫއަށް ވަޑައިގެން އެޅުއްވި ތަޢުލީމީ ބިންގަލެވެ. އަދި ރާއްޖޭގައި ނުކުތް ދުވަހު ނޫސްތަކުގެ ތެރެއިން ދުވަހު ނޫސް އާފަތިސް އަކީ ތުޅާދޫ ގޭ އައްބާސް { އޮނަރަބުލް ޢައްބާސް އިބްރާހީމް ގެ ޑެއިލީ ނިވްސް އާފަތިސް } ނިސްބަތްވާ ބޭފުޅާއަކީވެސް ތުޅާދޫ އާއި ވަރަށް ގާތް ގުޅުމެއް ގެންގުޅުއްވި ބޭފުޅެކެވެ. އަޅުގަޑަށް މިމަލައިގައި މިއަދު މި ހިތްގަމު ކަމާއެކު މިއިދެވުނީ އެނޫހަށް އަޅުގަޑު 1994 - 2000 ގެ ނިޔަލަށް ކުރެވުނު ޚިދުމަތް ތަކެއްގެ ނަތީޖާއިންނެވެ.
އެހެންކަ،މުން ތުޅާދޫ ގެ ހާލަތު އަޅުގަޑަކަށް ސިއްރެއްނުވާނެއެވެ. އަޅުގަޑު ގުބޯ ހައްދަވަން މަސައްކަތް ކުރައްވާ ފަރާތްތަކަށް އަޅުގަޑުގެ އަޞްލު މިޒާޖު ދަސްނުވަނީ ކަމަށް ވެދާނެއެވެ. ތުޅާދޫގައި 4 ހެކްޓަރަށް ވުރެ ބިން ކުޑަ ، އާބާދީ ބޮޑު ޒަމާނެއް މާޟީ ވެ ގޮސްފިއެވެ. އަދި 18 ހެކްޓަރ ގެ ޒަމާންވެސް މާޟީވެ ގޮސް 47 ހެކްޓަރ ގެ ޒަމާން މާޟީވެ ދާން ދޮންކުރަމުން ދަނީއެވެ. ދެން އިރާދަ ކުރެއްވިއްޔާ މިރަށުގެ ލޮބުވެތި ރައްޔިތުން ދެކޭނީ 114 ހެކްޓަރ އަށް ތުޅާދޫ ބޮޑުވެފައިވާ ޒަމާނެއް ކަމާއި މެދު ޝައްކެއްނެތެވެ.
މަލްޓިޕާޓީގެ ނިޡާމުގެ ތެރެއިން ރިޔާސީ ބޭފުޅުން ތުޅާދޫ ހައިލައިޓް ކުރެއްވީކީ ސަބަބު ތަކެއް ނެތި އެއްނޫނެވެ. ތުޅާދޫއަކީ ހިތްހެޔޮ އާބާދީ އަކާއި ގޮތްތަކެއް ބޭނުންވެފައި ތިބި ބައެއް ދިރިއުޅޭ ރަށެއްކަން އެގިލައްވާތީއެވެ. އެހެންނަމަވެސް ތުޅާދޫގައި މިކަންކަން ތަންފީޒު ކުރަން ލިބުނު ބޭފުޅުން ނަންގަވާއިފައި ހުރި ޖާއިޒު ފައިދާ ތޯއެވެ. ނޫނީ ނާޖާއިޒު ފައިދާތޯއެވެ.ރާއްޖޭގައި ސިޔާސީ ޕާޓީތަކަށް ލިބޭ ރައުސުލްމާލު ގެ ބޮޑުބައެއް ތުޅާދޫ އަށް ޚަރަދު ކޮށްފައި ވާކަން ޤަބޫލު ކުރަނީ ކިތައްރައްޔިތުން ތޯއެވެ. މިކަން ރައްޔިތު މީހާއަށް ކިހާވަރަކަށް އެގިލައްވާތޯއެވެ. މިއީ ތުޅާދޫގައި ހުރި އެންމެ ތަޖުރިބާކާރު ނޫސްވެރިޔާ ބުނާ ތޯ ތޯ ބަހެއްނޫނެވެ. މިމަލަ ޤަޥާޢިދުން ކިޔުއްވަމުން ގެންދަވާށެވެ. ތުޅާދޫގެ ލޮބުވެތި ނިކަމެތި އެތައްރައްޔިތުންނަށް ފޮރުވިފައިވާ އެތައްވާހަކަ ތަކެއް މިމަލަ ކިޔުއްވާނަމަ ، ރައްޔިތުންނަށް އެގިގެންދާނެއެވެ. އަޅުގަޑު މިކުރާ ނޫސްވެރިކަމަކީ ތުޅާދޫ ގެ ލޮބުވެތި ރައްޔިތުންނަށް ދައްކަމުން ދިޔަ ދަޅަތަކަކުން އެރައްޔިތުމީހާ ހަމަ އައްސޭރި އަށް ގެނަސްދޭނެ ތަރިކަ އަކަށް މިި މަލަ ނުހެދޭނަމަ، އެއީ ވަރަށް ދެރަ ކަމެއް ދެއްތޯއެވެ. އަދި ނުނިމޭ
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
1
ގަޔާނުވި
0
ލޯބިވެއްޖެ
1
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0












