ތުޅާދޫ އެއާރޕޯޓުގެ މަސައްކަތުން 50 ދުވަސް ނިމިފައި ވީހިނދު

ރައީސުލްޖުމުހޫރިއްޔާ ތުޅާދޫ އަށް ވަދައިގަތް އެއާރޕޯޓުގެ މަސައްކަތް ފަށްޓަވާދެއްވިތާ 50 ދުވަސް { 1200 ގަޑި އިރު ނިމިގޮސްފައި }

އޮކްޓޯބަރު 4, 2025 - 17:26
އޮކްޓޯބަރު 4, 2025 - 17:29
 0
ތުޅާދޫ އެއާރޕޯޓުގެ މަސައްކަތުން 50 ދުވަސް ނިމިފައި ވީހިނދު

14 އޮގަސްޓް 2025 ވަނަ ދުވަހަކީ ތުޅާދޫގެ ރައްޔިތުންނަށް ވަރަށްޚާއްޞަ ދުވަހަކަށް ވެގެން ދިޔައީ ކިއްވެތޯއެވެ. ހަމައެކަނި ރައީސް ތުޅާދޫއަށް ޒިޔާރަތް ކުރެއްވީމަ ، އެކަންޏެއްނޫނެވެ. އެދުވަހަކީ ތުޅާދޫގެ ތަރައްޤީއަށް ކުރެވެން ހުރި ގިނަ މަސއްކަތްތަކެއް ފެށިގެން އައި ދުވަހަކަށް ވާތީއެވެ. 

މިގޮތުން އެއާރޕޯޓަށް ބިން ހިއްކުމުގެ ރަސްމިއްޔާތު އެމަނިކުފާނު ފައްޓަވައިދެއްވި ކަމީ ތުޅާދޫގެ ރައްޔިތުން އުފާކުރި ކަމެކެވެ. އެހެންނަމަވެސް އޭރުވެސް އެންމެންގެ ހިތުގައިވެސް އުފެދޭ ސުވާލަކީ އެމްޓީސީސީ ގެ ދުވެލީގައި 180 ދުވަސް ނިމޭއިރު އެއާރޕޯޓަށް ބޭނުންވާ ބިން ހިއްކާ ނިމޭނެބާވައެވެ. އެމްޓީސީސީ އަކި ރާއްޖޭގެ އެންމެ ތަޖުރިބާހުރި ރައްޔިތުންގެ ކުންފުންޏޭ ކިޔާ ކުންފުންޏެވެ. މިކުންފުނީގެ ވަޞީލަތްތައް މަދުކަމަށް މަލައަށް ފާހަކަކުރެވެއެވެ. އެންމެ ހައިމާކަކުން އެތައް މަސއްކަތްތަކެއް ކުރަން ޖެހިފައިވީވުން ރަމްޒު ކޮށްދެނީ މޭޒުދޮށުގައި ތިއްބަވާ ވެރިންގެ ޞިއްޙީހާލަތު ހެޔޮވިޔަސް މަސައްކަތުގެ ސްޕީޑު ލަސްކަމެވެ. ވަޒީފާއަށް މިއަދު ނުކުމެވަޑައިގެންނެވި ދުވަހު ލެއްވި ކޯޓު ބާރުވެފައިވަނީ ކިތައްމުޥައްޒިފުންކަމެއް ދަންނަވާކަށް ނޭގެއެވެ. 

އެގޭކަމަކީ އެންމެ ހައިމާކަކުން ހޮސްޕިޓަލްކައިރީވެސް އުޅޭކަމެވެ. ހަމަ ހައިމާކު ބިންހިއްކާ ސަރަޙައްދުންވެސް ބަނދަރުންވެސް ފެންނަކަމެވެ. ލޮބުވެތި ރައްޔިތުންގެ ކުންފުންޏާއެވެ. ތިޔަ މަސައްކަތް ކުރައްވަމުން ގެންދަވަނީ ސަރުކާރު ތަކަށްވުރެ ބިންހިއްކުމުގައި ކުރިއަރާފައި ތިއްބެވި ރައްޔިތެއްގެ ފްރޮންޓް އޮފިހުގައިކަން ހަނދާންނައްތާ ނުލާށެވެ. ތިޔަދައްކަވާއާރޓް،  ނެޝަނަލް އާރޓް ގެލެރީގައިވެސް އޮންނާނީ ވަރަށް ފަހަތުގައެވެ.ތުޅާދޫގެ ކުޑަކުދިންވެސް ކުރައްވާނެ މަލާމާތުން ރެކެންބޭނުމިއްޔާ ޥަޞީލަތްތައް ފުރިހަމަ ކުރައްވާށެވެ. މަސައްކަތުގެ ސްޕީޑް މެގުހަށް ޖަހަން އެދޭނަމަ މިކަމަށް ސަމާލު ވާށެވެ. ރާއްޖެ އަކީ މިއަދު އެތައް ޑޮލަރެއް ވަންނަ ޤައުމެއްކަން އެގޭ ފަރާތްތައް މަދެއްނޫނެވެ. 

އެހެންކަމުން ކަމެއްކުރަންޏާ ސާމާނު ހޯދާށެވެ. މުޥައްޒަފުން ޓްރޭނިންގ ވެފައި އެބަތިއްބެވިއެވެ.  ނެތީސާމާނެވެ. މިކަން ހައްލުކުރުމަށް މޭޒުކޮޅުތަކުގައި ހަމައެކަނި ތިއްބަވައިގެން ކަމަކު ނުދާނެއެވެ. ޒިންމާ އަދާކުރައްވާށެވެ. ރައީސުލްޖުމުހޫރިއްޔާގެ ޥަޢުދު ފުއްދޭނީ ތިޔަ ކުންފުނީގެ ސްޕީޑް މެކުހަށް ޖެހި ދުވަހަކުންނެވެ. 

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.