އުޞޫލު ތައްޔާރު ކުރުމުގައި ވިސްނަންވާވަރަށް ނުވިސްނުމުގެ ސަބަބުން ....
ތުޅާދުގައި ދެއްވުމަށް ތައްޔާރު ވަމުންދާ ހައުސިން ޔުނިޓްތައް ދެއްވުމުގެ އުޞޫލު ތަކަށް ނަޒަރެއް
ތުޅާދޫގެ ލޮބުވެތި ރައްޔިތުންނަކީ ބޯހިޔާވަހިކަން އިންތިހާއަށް ބޭނުންވެފައިވާ ބައެއްކަން ނޭގި ، ހުއްޓާ މަޤާމުގެ ހުވާކުރެއްވި އެއްސްކައުންސިލަރަކު އެބަހުރިތޯއެވެ. މިއީ ޢަޖާއިބުވެ އަންތަރީސްވެ ވަޑައިގަންނަން ޖެހޭ ފަދަ މުޢުޖިޒާއެއްފަދައިން ތުޅާދޫގެ ރައްޔިތުންނަށް އައިސްފައިވާ ޙާާލަތެއް ނަމަ ، އަޅުގަޑުމެންގެ ތަލިން އަބަދުހެން ހުންނާނީ ކުޅު ހިކިފަ ދެއްތޯއެވެ.
ހައުސިންގ މިނިސްޓްރީ އިން ތުޅާދޫ ކައުންސިލަށް ފޮނުވާ ފައިވާ އުޞޫލުތަކުގެ ތެރެިއިން ބައެއް އުޞޫލުތަކަށް ފާޑު ކިޔުންތަކާއި ޚިޔާލުތަކެއް ޙިއްޞާ ކޮށްލަން މި ޤަސްދު ކުރަނީކީ ފިތުނަވެރި ކުރުވާކަށް ނޫނެވެ. ކުރިމަގުގައި މިފަދަ ނިންމުންތައް ނިންމަވާނެ ފަރާތްތަކުގެ ޢިބްރަތަކަށް ޓަކައެވެ.
މިސާލަކަށް އެއް ކުއްޖަކު ހުރި ފަރާތްތަކުން ގޯތި ނޫނީ ފްލެޓު މަހްރޫމް ވާން ޖެހޭ ޖެހުމަކީ ވަރަށް ދެރަކަމެކެވެ. ކުރު ގޮތަކަށް ދަންނަވާލެވޭތޯ ބަލާނަމެވެ. އެއް ކުއްޖަކު ތިބި ދެމަފިރިންގެ ތެރޭގައި ހިތްހަމަ ޖެހިގެން ނިދުމުގެ ކަންކަން ގެންގުޅެވޭ ޙާލަތުގައި ތިއްބެވި ފަރާތްތައްވެސް އެބައުޅެވެ. އެހެންނަމަވެސް ކުއްޖާއާއިއެކު ނިދުމާއި ދިރިއުޅުމުގެ އެހެނިހެން ބޭނުންތައް އެއްމާހައުލެއްގައި ކުރަންޖެހިފައި ތިއްބެވި ބޭފުޅުންވެސް އެބަތިބިމެއެވެ. މިސާލަކަށް އެއްއެދު ބެހެއްޓޭވަރުގެ ތަންތާނގައި ދަރިފުޅު ވާޙައުލުގައި ގުޅުން ހިންގުމަށް ދަތިވެ، އިތުރު ދަރިއެއް ހޯދުމުގެ ފުރުސަތުންނާއި އަމިއްލަ ޖިސްމާނީ އުފާތަކުން މަހްރޫމް ވެގެން އުޅެން ޖެހިފައި ތިއްބެވި ޢާއިލާ ތައްވެސް މަދެކޭ ދަންނަވާކަށް ނުވާނެވެ. އެހެންކަމަށް ވާނަމަ ، މިއީ ހިތާމަ ކުރައްވަން ޖެހޭނެ ކަމަކަށް ނުވާނެތޮއެވެ.
ދެން އޮތި މީހާގެ ޢުމުރާއި މެދު އިހުމާލު ވާގޮތަށް ހަދާފައިވާ އުޞޫލު ތަކުގެ ވާހަކައެވެ. ﷲ ތަޢާލާ މިދުނިޔޭގެ އިންސާނާ ލެއްވީ ޒުވާންކަން ގެއްލި މުސްކުޅިވެ އަދި އަޖަލެއްވެސް ލައްވާފައެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ އަގުމާތްވި އިރުޝާދުން އެގޭ ގޮތުގައި މިއުއްމަތުގެ މީހުންގެ އެވުރޭޖް ޢުމުރަކީ 60 އަހަރެވެ. އަޅުގަދުމެންގެ ވެރިންގެ ވިސްނުމަށް މިކަން ކަން ގެންނަން ބޭމުން ނުވަނީ ކީއްވެތޯއެވެ. ރައްޔިތުންނަށް ރަގަޅަކަށް ކުރާ ވެރިކަމަކަށް ހަދަން ބޭނުން ނުވާތިދޯއެވެ. ނުވަތަ ތިމާ ހިތް އެދޭ ބަޔަކާއި ތިމާގެ މީހުންގެ ތެރެގައި މި ޢުމުރުގެ މީހުން ނުތިބޭނެތީ ތޯއްޗެކެވެ.
ދެން އޮތީ ދަރިއަކު ހުއްޓަސް ނެތަސް ކާވެނީގެ ޢުމުރުގައި 8 އަހަރު ހޭދަކޮށްފައި ވާ ފަރާތްތަކެވެ. ޢަޖާއިބަކީ ވުޖޫދުގައި ނެތް ކަމަކަށް ކަމަކަށް ކަމަކަށް ﷲ ތަޢާލާއީ ޢަޛާބެއް ކީއްކުރަންތޯ ޘަވާބެއްވެސް ދެއްވާނޭ ރަސްކަލާނގެ އެއްނޫނެވެ. އެހެންނަމަވެސް ދެދަރިންގެ މާކުހައި ކޮނެމެވެސް ސިފައެއްގައި ދެދަރިންގެ މާކުގައި ދެދަރިންވެސް ދެއްވާނެ ފަރާތެއް ދުނިޔެ ގަރުބަ ގަތީ ކިހިނަކުން ކަމެއް އަދި ނޭނގެއެވެ.
ކޮނެމެ އަކަސް މިފަދައިން ހުރި ކަންކަން ޙައްލުނުކުރެވޭވަރުގެ އެއްވެސް ބޭފުޅަކު ހައުސިންގ މިނިސްޓްރީގެ ބޭފުޅުންނަށް ތުޅާދޫ މަލަ ގޮވާލަނީ ތުޅާދޫ އަށް ބޭނުންވާ ކަންކަން އެގިލައްވާނީ އެންމެ ރަގަޅަށް މި ކައުންލަށެވެ. ، މިބަސްތަކެއް ނީވޭނެ ދެއްތޯ މި އުޞޫލު ތަކަށް ބަދަލު ގެނައުމަށް ކައުންސިލުގެ ޖަލްސާ އަކުން ފާސް ކުރެއްވި ނަމަ މިވާހަކަތައް ކައުންސިލާއި ގުޅުވައިގެން މީސްތަކުންދައްކާނެތޯއެވެ. މި އުޞޫލުތައް މިހެން އޮތްއިރު މިއުޞޫލު ތަކަކީި ވިޔާނުވާ އުޞޫލު ތަކެއްކަން އެގޭ ޙާާލުގައި ޤާނޫނީ ބާރު ލިބިފައިވާ ބަޔަކަށް ވެ ތިބެ ޖަލްސާ އެއް އެޖެންޑާ ކުރެވެންވާނެއެވެ. އަޅގަޑު އެދެނީ ތުޅަދޫގެ އިސްވެރިންނަށް ހެޔޮ ވިސްނުން ދެއްވައިި ހެޔޮ ގޮތުގައި ކަންކުރުމުގެ ފުރުޞަތު މާތްﷲ މިންވަރު ކުރެއްވުމެވެ. އަދި މީހުންގެ ޚީޔާަލާ މަޝްވަރާގެ ބޭނުން ހެޔޮގޮތުގައި ހިފާބަޔަކަށް އަޅުގަޑުމެންގެ ވެރިން ވުމެވެ. މީހަކު ރަގަޅު ކަމަކަށް ރުޖޫޢަވާކަށް ވަކި ވަގުތެއް ނޯންނާނެއެވެ. އެމީހެއްގެ ވިސްނުމަށް އެކަންއަންނަ ވަގުތަށް ވުރެ އަގު ބޮޑު އެހެން ވަގުތެއް އޭނާއަކަށް ނުލިބޭނެވެ. ބާއްޖަވެރި ދުވަހަކަށް އެދެމެވެ.
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
1
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0












