ތަރްއްޤީގަ އަތުހިފުން އިންސާނީ ކުރިއެރުމުގެ ނަމޫނާ

މިއީ ރައްޔިތުމީހާ ގެ އަމިއްލަ ޙައިޞިއްތެއްއޭނައަށް ލިބިފައިވާނޭކަން ވިސްނައި ދިނުމަށްޓަކައި ލިޔެފައިވާ އާޓިކަލެކެވެ.

ސެޕްޓެމްބަރ 10, 2025 - 19:35
ސެޕްޓެމްބަރ 10, 2025 - 20:28
 0
ތަރްއްޤީގަ އަތުހިފުން އިންސާނީ ކުރިއެރުމުގެ ނަމޫނާ
ތަރްއްޤީގަ އަތުހިފުން އިންސާނީ ކުރިއެރުމުގެ ނަމޫނާ
ތަރްއްޤީގަ އަތުހިފުން އިންސާނީ ކުރިއެރުމުގެ ނަމޫނާ

އަޅުގަޑުމެން ދިވެހިންނަކީ ޙަޤީޤަތުގައި ވިސްނުންތެރިބައެކެވެ. ހަމަ ކަމާއި ކުރިއެރުމަށް ވިސްނާވެސް ބައެކެވެ. އެހެންނަމަވެސް ބައެއްޙާލަތުގައި މި ހަމަ ހަމަ ކަމާއި ކުރިއެރުން ދިވެހިންނަށް ސިފަ ވެގެން އަންނަގޮތް މިއީ ވަރަށްތަފާތު ގޮތްތަކެއްގެ ތެރެއިން ފުރޭނިގެން އަންނަ ކަމަކަށް ބައެއްބޭފުޅުން އެސިފަ ކުރަނީ ކީއްވެބާވައެވެ. 
މިސާލަކަށް ރާއްޖެއަށް މަލްޓީޕާރޓީ ނިޒާމް ދިވެހިން ލައްވައި ވޯޓު ލައިގެން ގެނަސްފައި މިއޮތީ ދިވެހިންނަށް ޓަކައެވެ. ދިވެހިންނަށް ފައިދާ ހުރި ކަންކަމަށް މަގު ފަހިކުރުމަށްޓަކައެވެ. ވެރިކަމުގައި ތިބި ޕާޓީއަކަށް ނޫނީ ވެރިކަން ހޯދައިގަންނަން މަސއްކަތް ކުރަމުންއަންނަ ޕާޓިތަކަށް އޮތް ހަޑޫ ނާޅިއަކަށް ދިވެހިން ހައްދަވައިގެން ނުވާނެއެވެ. ނޫނީ ދިވެހިން ތަރައްޤީ ވާނީ މަ ވެރިކަމުގައި ބަހައްޓައިގެންނޭ ކިޔައިގެން އެއްވެސް ބަޔަކު މިޤައުމުގައި އަގަތެޅުމުގެ އޮތީ ކޮންޙައްޤެއްތޯއެވެ. ދިވެހިން ވޯޓު ދިނީމާ ނިޒާމެއް ގެނަސް ، ދިވެހިން ވޯޓު ދިނީމަ ވެރިކަމަށް އައިސް މި ކުރަނީ ކޮންވިޔަފާރި އެއްތޯއެވެ. މިޤައުމުގައި ސިޔާސީ ބޭފުޅުން މިޤައުމު ގެ ފަރުދުން ލޯހުޅުވާދިނީމޭ ކިޔައިގެން ވާހަކަދައްކާއިރު ދިވެހިން ހައްދައިގެން ވޯޓު ހޯދަން މަސައްކަތް ނުކުރައްވާ ސިޔާސީ ބޭފުޅެއް މިޤައުމަށް އައިތޯއެވެ. 
އެހެންނަމަވެސް ވެރިކަމާއި ނުބައްސާ މިޤައުމު އިސްލާޙު ކުރުމަށްޓަކައި ކިތައްނޫސްވެރިންގެ ގަލަން ހިންގާފަ ވާނެތޯއެވެ. މިމުޖުތަމަޢުގައި ހުރި ނުކިއްސަރު ޢަމަލު ކިއްސަރު ކުރުމަށް އެބޭފުޅުން ހޭދަކުރެއްވި އެންމެ ފަޅިސިކުންތެއްވެސް ހޭދަ ކުރެވިފައިވާނޭކަމަށް ޤަބޫލުފުޅު ކުރައްވައި ބޭފުޅުންނޭވެ. ވަރަށް ބޮޑަށް މާފު ކުރައްވާށެވެ. އެދުމެއްނެތި މިޤައުމާއި މެދު ވިސްނާބަޔަކީ މި ޤައުމުގެ ސިޔާސީ ވަކިތަކުގައި ނުޖެހި ތިބި ނޫސްވެރިންނެވެ. 
ލޮބުވެތި ދިވެހިންނޭވެ. މިއަދު ނޫސްވެރިކަން މިވަނީ ސިޔާސީ ފިކުރު ކާމިޔާބު ކުރާނެ މިތުރަކަށް ހެދިފައެވެ. މިއީ ޤައުމީ ފިކުރަށް ވާޏެތޯއެވެ. ހުތް އަލި ދީދީ ވެރިކަމާއި އުޅުއްވި ތޯއެވެ. ބަނޑޭރިޙަސަން މަނިކުފާނު ވެރިކަން ކުރެއްވި ތޯއެވެ. އުސްތާޜު ޖަމީލު ވެރިކަން ކުރެވިތޯއެވެ. ޞަލާހުއްދީން ވެރިކަން ކުރެއްވިތޯއެވެ. ހޯރަފުށީ އާދަމް ސަލީމް ވެރިކަން ކުރެއްވިތޯއެވެ.
މިފަދަ މިފަދަ ކިތައްނޫސްވެރިންތޯއެވެ. ނަމޫނާ ދައްކާފައިވާ ކިތައް ނޫސްވެރިން މިޤައުމު ދުށްތޯއެވެ. އިންސާނީ ކުރިއެރުމުގެ ނަމޫނާ އެއްގެ ގޮތުގައި މިފަދަ ނޫސްވެރިންގެ ލިޔުންތަކާއި ޅެން ތައް މިއަދު ނަމޫނާއަކަށް ނަންގަވައިގެން އުޅުއްވާނަމަ ، މިޤައުމުގެ އިޖްތިމާޢީފޭރާން ހެތޮ ވެގެން އައިސްދާނެ ކަމުގެ ފާލަކަށް ނުވާނެތޯއެވެ. ވިސްނާށެވެ. ހުރިހާ ބޭފުޅުން ނޫސްވެރިންގެ ނުވަތަ ބަހަށް ޚިދުމަތް ކުރައްވައި ބޭފުޅުންގެ ފަރާތުން ނަމޫނާ ރައްޔިތުންނަށް ދެއްކޭތޯ މަސައްކަތް ކުރައްވާފައި އެބަހުއްޓެވެ. 
މިކަން މިގޮތަށް ކުރައްވާފައި ހުރި ހަމައެކަނި މިޒަމާނަކު ނޫނެވެ. އަލްމަރުޙޫމް އިބްރާހީމް ޝިހާބު ގެ ތަޤްރީރުތައް ފުންކޮށް ވިސްނައިގެން އަޑުއައްސަވައިފިނަމަ ، ވެރިކަމަށް ކުރައްވާމަލާމާތއި ޚުޝާމަދު ސިފަކުރެވޭނެވެ. ވެރިމީހާ ގޯނިފުލަށްލައްވަވާ ގޮތް ސިފަކުރެވޭނެއެވެ. ރައްޔިތުންނަށް ވެރިމީހާ ޕްރޮމޯޓް ކުރައްވައި މިންވަރު ފަހުމު ވެގެންދާނެއެވެ.މިޤައުމުގެ ސިސްޓަމަށް ލޮޅުން އަރުވާލާ ނުލައި މިހުރިހާ ކަމެއް ކުރައްވާތީ އެމަތިވެރި ލިޔުންތެރިޔާ އާއި މެދު ސިޔާސީ ބޭފުޅުން ޢަޖާއިބު ނުވޭބާވައެވެ. 
ވީމާ ، އަޅުގަޑުއެދެނީ ރައްޔިތުމީހާ ސިޔާސީ ވަކިތަކުން ސަލާމަތްވެ ހުރެ ، ހެޔޮވެރިކަމަށް ރައްޔިތުން އަބަދުވެސް ދެއްވާ ވޯޓު ދެއްވުމެވެ. ތިޔަބޭފުޅުންގެ ފިކުރުތައް ބާޒާރުގައި ނީލަން ކިޔާހާ އަގުދަށް ބަޔަކަށް ރައްޔިތުމީހާ ނުވާށެވެ.     

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.