ހުސްވި ހަފުތާގައި އަލަށް ވަން ކުދިންގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
މިޚަބަރު މި އަޕްޑެޓް ކުރެވިފައިވަނީ މަލަ އަށް މަޢުލޫމާތު ލިބުނުތާ 20 މިނިޓް ތެރޭގައެވެ.
ތުޅާދޫ ސްކޫލުގެ ސްކައުޓް ކުދިންގެ މަޤާމުގެ ރޭންކިންގ އާއި އަލަށް ވަން ކުދިންގެ ހުވާ ކުރުމުގެ ރަސްމިއްޔާތު އެސްކޫލުގައި ބާއްވައިފިކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.
މިސްކޫލުގެ ޙަރަކާތްތައް އޭގެތާޒާ ކަމާއެކު ގެނަސް ނުދެވޭތީ މަލައިން ހިތާމަ ކުރާ ވާހަކަ މަލައިގެ އަހުލުންނަށް ދަންނަވަމެވެ. މިމުނާޞަބާ ޝަރަފުވެރި ކޮށްދެއްވީ ތުޅާދޫ ކައުންސިލު ގެ ކައުންސިލް އެޤުޒެކްޓިވް ޢަބްދުލް މަޖީދު ޙުސައިންއެވެ. އަދި ހަމަ މިއާއެކު މި ހަފުލާގެ އެއްހަފުތާކުރިން ގާރލްގައިޑް ކުދިންގެ ރޭންކިންގ ހަފުލާވެސް ބާއްވައިފި ކަމަށް މިއަދު މެންދުރު ފަހު ސްކޫލުން ޕްރިންސިޕަލް މަޢުލޫމާތު ދެއްވިއެވެ.
އެހަފުލާ ޝަރަފުވެރި ކޮށްދެއްވީ އަލްއުސްތާޛާ ޝައްފާ ރަޝާދުއެވެ.
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
0
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0












