ޖުންޖުލާ

މިއީ އިބްރާހީމް މުޙައްމަދު ލިޔާގެ ބ.ތުޅާދޫ ލިޔަމުންދާ ލޯބީގެ ވާހަކަ ތަކުގެ ތެރޭގައި ހިމެނޭ ވަރަށް އަސަރުގަދަ ލޯބީގެ ވާހަކައެކެވެ. ނަމކީ ޖުންޖުލާ އެވެ.

އޮކްޓޯބަރު 10, 2025 - 20:50
 0
ޖުންޖުލާ


ފުރަތަމަ ބައި  

 
ވައިބާރުކަމުން ހީވަނީ އެހެންކަމެއްހެންނެވެ. ޖެހޭ ފިނި ވައިރޯޅިތަކާއިއެކު ، ވެހެމުންދާ ވާރޭގެތެރޭގައި އޭނާ ހުންނަތާ މިހާރު ދެގަޑިއިރު ވެދާނެއެވެ. ކުރިމަތިން ރަށެއްގެ ނިޝާނެއްވެސް ފެންނާކަށްނެތެވެ. ދޯނީގެ ހުރިހާއެންމެންވެސް އެތިބީ ނިދާފައެވެ. އޭނާ ފޯނުހުޅުވާލާފައި ގަޑިބަލާލިއެވެ. މެންދަމުންއަލިވެ ، ތިނެއްޖެހީއެވެ. އިރުއަރަން އަދި ތިންގަޑިއިރު ، އެބައޮތެވެ. އެހެންކަމުން އޭނާއަށް އަދި އޮތީ ހިތްވަރުކޮށްލުމެވެ. 
ވިދާވިދުވަރުން ލޯތަރަތަރަ ޖަހައިގެންދާހެންހީވެއެވެ. ކުއްލިއަކަށް ކަނޑުގެ އެތަންމިތަނުން ރަށްރަށާއި ޢިމާރާތްތަކާއި ވެހިކަލްތައް ފެންނަން ފަށައިފިއެވެ. މަސްގާޑިޔާ ދަމާމީހުން މަސްގާޑިޔާ ދަމަނީއެވެ. ސައިކަލުތަކުގައި ދެޖިންސްގެ ޒުވާނުން ކޮޅުކޮޅަށް ދުއްވަނީއެވެ. އެއްފަރާތުން މެމޯރިއަލް ފެނުނިއްޔާ އަނެއްކޮޅުން     ފެންނަނީ އޭޑީކޭއެވެ. އޭނާއަށް ދެވޭ ނުދެވޭ ތަނެއްނޭގޭ ޙާލުގައި ހުރެގެން ދޯނިދުއްވަމުން ދެއެވެ. ބައެއް ފަހަރު ފަހަރު އޭނާގެ ދަރިފުޅު އޭނާއަށް ގޮވާހެންވެސް ހީވެއެވެ. އޭނާގެ ހިތަށްއައިހާ ހެޔޮއެއްޗެއް ކިޔަމުންދިޔައެވެ. މިފަދަ ޙާލެއްގައި އޭނާ އުޅެނިކޮށް އިރުމަތިފަރާތް ދޮން ކޮށްލައިފިއެވެ. 
ޖެހެމުންދިޔަ ބާރުވައިރޯޅި ނަލަނަލަ ރޯޅިއަކަށް ބަދަލުވާންފެށިއެވެ. ދޯނީގައި ސަތަރިއަޅައިގެން ނިދާފައިތިބި އެހެންމީހުންވެސް މިހާރު ހޭލައިފިއެވެ. ހުރިހާ އެންމެންވެސް އަވަސްވެގަތީ ތަރުމޯޒުގައި ހުރި ފެންފޮދު ހޫނުކޮށް ހުރިތޯ ބެލުމަށެވެ. އާނއެކެވެ. ނަސީބަކުން ހައެއްކަ ތަށި ކޮފީ ހަދާލެވޭވަރަށް ތަރުމޯޒުގައި ފެންހުއްޓެވެ. ނަވީންވެސް ކުއްޖަކު އަތަށް ހުންގާނު ދީފާ އައީ ކޮފީބޯށެވެ. 
" ކަލޭމެންނަށް ރޭގައި ރަގަޅަށް ނިދުނުތަ؟ "
" ނިދޭނެދޯ ... ދޯނިތަޅުވާވަރުން ކިހިނެއްނިދާނީ ... އެއޮއް ޖެހުނު ވައެއް ދޯ .... ނަވީން ، ކިހިނެއްހެދީ .... "
" ކިހިނެއްހަދާނީ ... ކަފީގައި ބައްދައިގެން ހުރީ ... މަށަށް ފެނުނު ކަންތައްތައް ކަލޭމެންނަށް ފެނުނުނަމަ .... "
" އަނެއްކާ ކީއްވީ!؟ ... ބުނެބަލަ!!!  "  
" ކަނޑުމަތިއަޅާފައިހުރީ .... މުސްކުޅިން ބުނާ ގޮތުން އެއީ ކަނޑުމަތިއެޅުން ... ރަށްރަށާއި ޢިމާރާތްތަކާއި ވެހިކަލްތައް ފެންނާނީ ކަނޑުމަތި އެޅީމައެއްނު .... " 
" އާނ! ދެންއަވަހަށް ފައިބަންއުޅޭ .... މިހާރު ގޭމީހުން ތިބޭނީ ކަންބޮޑުވެފައި ... އޮފީހަށް ދާންވެސް ޖެހޭނެނު ... " 
" މަ މިއަދު ސަލާމް ބުނެލާނީ ... ރޭ ނުވެސް ނިދުނެއްނު ... ކަލޭމެން ނިދިމީހުން އޮފީސްތަކަށް ދޭ ... "
" އެންމެރެއަކު ހޭލާހުންނަން ޖެހުނީމާ ވީވަރު ... "
" ތިއީ ... ހަމަހީވާގޮތް ... މަގޭ ކަންނެއްޔަށް ދިޔައިރު ... ކިތައްރޭ ހޭލާހުންނާނީ .... " އޭނާ ދޯނިންފައިބަމުން ބުންޏެވެ. 
ނަވީން އަވަހަށް ސައިކަލަށް އަރާ ދުއްވާލިއެވެ. އާދައިގެ ވަރަކަށް ދުއްވާފައިގޮސް ގޭކައިރީ ހުރި ޕާރކިންގ އޭރިޔާގައި ސައިކަލް ޕާރކް ކޮށްފައި އޭނާ ގެއާ ދިމާއަށް ހިގައިގަތެވެ. 
" ފާތުން ... މަގޭ ލޯބި ފާތުން .. " ފާތުން އޭނާގެ ގަޔާލާ ބޮޑިކޮށްލިއެވެ. އެއަށް ލޯބިކޮށްލިއެވެ. ނަވީން އަށް އުޅެވޭ ނޫޅެވޭ ގޮތެއްވެސް ނޭގެއެވެ. 
" ނަވީން ... އޮފީހަށް ދާ ގަޑި ކައިރިވީނު ...  " އޭނާގެ އަންހެނުންނަށް ނަވީން ފެނުމާއި އެކު ބުންޏެވެ. 
" ފާތުން ... މިއަދު އަހަރެން އޮފީހަކަށް ނުދާނަން ... މިއަދު ކުޑަކޮށްނިދާލާފައި ... ފާތުން ސްކޫލުން އައީމާ ތިދެމައިން ގޮވައިގެން ބުރެއްޖަހާލަން ދާނީ ... ދޯ! ދަރިފުޅާ ފާތުން ... " 
" ސައިބޮއިގެން ނިދާނީ ..... އަހަރެން އެބައަންނަން ސައިހަދާފައި ... ފާތުން ... ބައްޕަ ފެންވެރީމާ ބައްޕަ އާއިއެކީ ސައިބޯނީދޯ ... ދެން އެއްކަލަ ސައިންސް ފިލާވަޅު ހަދާލަންވީނު ... "
" އޯކޭ ... މަންމީ ... ހަމަމިހާރު މިދަނީ ... " 
" ހާދަ ބަސްއަހާ ކުއްޖެކޭ ... " ނަވީން ހިނިތުންވެލިއެވެ. 
" ފާތުން ... ކިރިޔާ ރަށަށް މިއާދެވުނީ ... މޫސުން ގޯސްކަމުން މާލެ ކައިރީގައި އެބުރެވުނު އިރުވެސް ނޭގުނު .... " 
" މަވެސް ވިއްސަކަކަށް ފަހަރު ގުޅިން .... ބުނަނީ ނިންވާލާފައޭ .... ނޫނީ ގުޅޭ ސަރަޙައްދުން ބޭރުގައޭ ... އޯކޭ ... ދެންއަވަހަށް ފެންވަރަން ދޭ ... " ނަވީނުގެ ތުވާލި ދިއްކޮށްލަމުން އޭނާގެ އަންހެނުން ފާތުން ބުނެލިއެވެ. 
ނަވީން ފެންވަރައި ރީތިވެލައިގެންނުކުތްއިރު ، އޭނާގެ ދަރިފުޅު އިނީ ޓީވީބަލާށެވެ. ނަވީން އޮފީހަށް ގުޅާފައި ސަލާމް ޖައްސާލިއެވެ. އެއަށްފަހު އޭނާގެ ދަރިފުޅު ގޮވައިގެން ދިޔައީ ސައިބޯށެވެ. ސައިބޮއިގެން އޭނާ އޮށޮއޮތީ ނިދާށެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާއަށް ނިދިއްޖެއެވެ. 
"ފަސްތަރި" ދޯނި ކަންނެލި އައިނުން ދޫކޮށްލީހަމަދެންމެއެވެ. ތިންފޮށި ފުރާލުމަށްފަހު ، އެދޯނި މިހާރު ދަތުރު ކުރަމުން އެދަނީ މާލެއަތޮޅާއި ދިމާއަށެވެ. ހުންގާނުގައި ހުރީ ޢުމުރުން ބާވީސް އަހަރުގެ ނަވީންއެވެ. 
" ކިހިނެއް ހަދާނީ ... މާދަމާ ހުކުރު ...  މިރޭ މިތަނުން ރަށަކު މަޑުކޮށްފައި ހުކުރު ކޮށްގެން ފުރަންހަދަން ވީނު ... ފަހަރެއްގައި މާލެ އަތޮޅަށް ވަދެވޭންވާއިރަށް ރަގަޅުގޮތެއްވެސް ވެދާނެ ... މިބުނީ ދެންހުރި ދެފޮށިވެސް ފުރާލެވިދާނޭ ... " ނަވީން އެހެންމީހުން ދެކޭގޮތް ހޯދާލުމުގެ ގޮތުން ބުންޏެވެ. 
" ރަގަޅުވާނެ ... ކެޔޮޅަށް ފެންނަ ގޮތެއް ...  މިތަނުން ރަށަކުން ވެސް ހަމަރަގަޅުކަމެއް ދިމާވެދާނެ ... " ސަމާސާ ރާގެއްގައި މީހަކު ބުނެލިއެވެ. 
" އެހެންވީރު ރަގަޅުވާނީ ކޮންރަށެއްތަ؟ ރަގަޅު ހޮޓަލެއް ހުންނަ ރަށެއް އެގެނީ ކާކަށް ؟ " ނަވީން އަހާލިއެވެ. 
" މިއީ ރ އަތޮޅެއްނު ... ކޮންމެ ރަށެއްވެސް ކަމުދާނެ ... މަގޭ ރައްޓެހިން އުޅޭނެ މިއަތޮޅު ހުރިހާ ރަށެއްގައިވެސް ... ނަވީން ... ހާސްކަޑާލާ ... ރަސްގެތީމަށް ޖެއްސިޔަސް ހެޔޮ ... " 
" އޯކޭ ... މަވެސް އަދި މިއަތޮޅަކަށް ނާންނަމޭ .... ރައްޓެހިން އުޅޭނެ މަވެސް ކޮންމެވެސް ވަރަކަށް ... އެއިންމީހެއްގެ ނަމްބަރެއްވެސް މިފޯނަކު ނެތް .... އޯކޭ ... " ނަވީން ބުންޏެވެ. 
ދޯނި މިހާރު  ރަސްގެތީމަށް ވަންނަން ކައިރިވެއްޖެއެވެ. ކުއްލިއަކަށް އިންޖީނުގެ މައްސަލައެއް ދިމާވެއްޖެއެވެ. ނަވީން ވަރަށް ހާސްވިއެވެ. އެހެންނަމަވެސް އެރަށަށް ވަދެވޭވަރުވާނެކަން ޔަގީންވުމުން އޭނާހިތްހަމަ ޖައްސާލިއެވެ. 
ރަށު ބަނދަރުގައި ދޯނި އެޅުމަށް ފަހު ، ޙަސަންބެއާއިއެކު އޭނާވެސް ދިޔައީ ޙަސަންބެގެ ރަޙްމަތްތެރިޔާގެ ގެއަށެވެ. ދޯނީގެ އެކިކުދިން އެކިދިމާއަށް ހިގައްޖެއެވެ. ޙަސަންބެގެ ރަޙްމަތްތެރިޔާގެ ގެއަކީ ވަރަށް އާދައިގެ ގޮތަކަށް ހަދާފައިވާ ގެއެކެވެ. އެމީހުން އެގެއަށް ދިޔައިރު ، އަލިފުޅު އެގޭގައި އުޅެއެވެ. ޢަލިފުޅަށް ، ޙަސަންބެ ފެނުމާއިއެކު ، އިށިއިނުމަށް ބުންޏެވެ. އަދި އޭނާގެ ދަރިފުޅު ރައުނާއަށް ގޮވާލާފައި ސައި ހެދުމަށް ބުންޏެވެ. 
" ފެންވަރާލަންދާންވީނު ...  މަސްވެރިކަން ކިހިނެއްތަ؟ ޙަސަންބޭ ... " އަލިފުޅު އަހާލިއެވެ. 
" ތިންފޮށި ފުރާލައިގެން މިއައީ ... އިންޖީނުގެ މައްސަލައެއް އުޅޭތީ މިރަށުގައި ދެދުވަހަކު މަޑުކޮށްލަން ޖެހޭނެ ކަންނޭގެ ... ޢައިސާފުޅު ކޮބާތަ ؟ " 
" ޙަސަންބޭ ... ޢައިސާފުޅު ނިޔާވެއްޖެ ... މިމަންޖެއާއި މަށާއި ދެމީހުން މިއުޅެނީ ... މިމަންޖެވެސް މިހާރު އެހުރީ މިރަށުން ކިޔެވޭނެ ވަރަކަށް ކިޔަވާދީފާ ... މަވެސް މިހާރު މިއުޅެނީ ބަލިވެ ... ދެން މި މަންޖެއަށް ... " ޢަލިފުޅު ކަންހުރިގޮތް ކިޔާދިނެވެ. 
" އާނ!! މިހާރު އެގިއްޖެ ޢަލިފުޅުބެގެ ދިރިއުޅުން ހުރިގޮތް ... ދެން ފެންވަރާލައިގެން ވާހަކަ ދައްކާނީ ... " ޙަސަންބެ ބުންޏެވެ. 
" ނަވީން ... ދާންވީނު ފެންވަރަށް ... " 
" އާނ! .. ކޮބާ؟  ގިފިލި ... " 
" ރައުނާ ... ގިފިލި ދައްކާބަލަ!! " 
ނަވީން ކުރިއަށް ހިގާގަތެވެ. ރައުނާ އައިސް ނަވީންގެ އަތަށް ތުވާލި ދިއްކޮށްލިއެވެ. އެވަގުތު ނަވީންއަށް ރައުނާއާއި ދިމާއަށް އެއްވެސް އިޚްތިޔާރަކާއި ނުލާ ބަލާލެވެނެވެ. އެފޮނިފޮނި އަޑާއި އެރީތި ސޫރަ އޭނާގެހިތުގެ އެންމެ ފުންމިނަށް ވެރިވެއްޖެ ކަހަލައެވެ. 
ނަވީނަށް ފެންވަރަށް ހުރެގެންވެސް ވިސްނެނީ ރައުނާގެ ރީތިކަމާއި ސާދާ ކަމާއިމެދުއެވެ. ނަވީން އަވަސް އަވަސް ކޮށްލައިގެން ނުކުތްއިރުވެސް ޙަސަންބެ އިނީ ލަސްވެގެން ކަންބޮޑުވެފައެވެ. ނަވީން ގިފިލިން ނުކުތީ އެއްޗެތިވެސް ބަދަލުކޮށްލައިގެންނެވެ. އެހެންކަމުން އޭނާގެ ކައިރީ ޢަލިފުޅު ސައިބޯން އައުމަށް ުންޏެވެ. ޙަސަންބެއާއި އެކު ސައިބޯނެކަމަށް ބުނެ ، އޭނާ ޖޯލިފަތީ އިށިއިނެވެ. 
" ދަރިފުޅާ ! ބައްޕަ އެބައަންނަން ބޮޑުދައިތަ ގެއަށް ގޮސްލާފައި ... މިސޮރު ކައިރީ މިތާ މަޑުކޮށްލާ ... އިގޭ " 
އެވަގުތު ނަވީންގެ ވަރަށް ބާރަށް ތެޅެންފެށިއެވެ. ރައުނާ ހޫނ އަޅުވާލިއެވެ. އޭނާ ނަވީން ކައިރީ އެއްޖޯލިދޫކޮށްފައި އިށިއިނެވެ. 
" ކިހިނެއްތަ؟ "     
" ރަގަޅު ... " ނަވީން މަޑުމަޑުން ބުނެލިއެވެ. 
ދެމީހުން ކުރެ އެކަކުވެސް އަގައިން ނުބުނެ އިރުކޮޅަކު މަޑުކޮށްލިއެވެ.
" ރައުނާ ... ސްކޫލުގައިތަ؟ " 
" ނޫން ... އަހަރެން މިދިޔަ  އަހަރު ޖީސީ ހަދާނިމުނީ  ... ދެން މަންމަ ... " ރައުނާއަށް ރޮވޭގޮތްވިއެވެ. 
" މަންމަ ނިޔާވުމުން ދެންއިތުރަށް ކިޔެވޭ ގޮތް ނުވީ ދޯ؟ " 
" ކިހިނެއް މީނައެއް އެގުނީ ...  !؟! " 
" ފެންވަރަން ދިޔުމުގެ ކުރިން މިތާ ދެކެވުނު ވާހަކައަކުން "
" އެހެންދޯ !  މީނަ ނުކިޔަވަނީތަ؟ " 
" ނޫން ... އަހަރެން މިފަހަރު 12 ނިމުނީ ... ދެންހިތަށް އެރީ ޖޮބެއް ލިބެންދެން ... ކަންނެއްޔަށް ދާނީއޭ ... ވަރަށް މަޖާ ... ދޯނި ދުއްވަނީވެސް މަށޭ ... "
" އެހެންތަ؟ ... ރިޒާރޓް ކިހިނެއް؟ " 
" އޭ  އާއި ބީ ލިބުނީ .... " 
" މައްސަލައެއްނޫނެއްނު " މިހާރު ދެމީހުންގެ ގާތްކަން އުފެދެމުންދިޔަ ވަރަކަށް ނަވީންގެ ވާހަކަ ދެއްކުން މަޖާވާންވެސް ފެށިއެވެ. 
" ރައުނާ .. ކޮންކަމެއް ... " މަގުމަތިން ދިޔަ ރައުނާގެ ރައްޓެހި ކުދިންތަކެއް ދިމާ ކޮށްލިއެވެ. 
" ސާބަހޭ !! ކަލޭމެންނަށް .... " ރައުނާ ހީލާފައި ބުންޏެވެ. 
އެކުދިން ފަހުންޖައްސާލާނަމޭ ކިޔާފައި ހެމުންހެމުން ދިޔައީއެވެ. 
" އެގޭތަ؟  އެއީ އަހަރެންގެ ކުލާސްމޭޓުން .... ވަރަށް މަޖާވާނެ ... އެކުދިން " 
" އެހެންދޯ! މިރަށުގައި ހުންނައިރު ފޫހިފިލާާވަރު ވާނެދޯ! އިންޖިން  ހަދައިގެން ފުރެންވެސް އޮތީ " 
" އެހެންދޯ! " ރައުނާގެ ހިތަށް އެއްވެސް އިޚްތިޔާރަކާއިނުލާ ބުނެދޭން ނޭގޭކަހަލަ އުފާ ތަކެއް ލިބެންފެށި ކަހަލައެވެ. މިރީތި ޒުވާނާ އާއިއެކު ކުޑަދުވަސްކޮޅެއް ހޭދަކުރެވޭނެތީ ތޯއްޗެކެވެ. 
" އަހަނ ! ނަވީން އަދިވެސް ސައިނުބޮނީތަ؟ " ޙަސަންބެ ގިފިލިން ނުކުމެފައި ނަވީން ފެނުމުން ބުންޏެވެ. 
" ޙަސަންބެ ... ގިފިންޔަށް ވަންގޮތަށް ނުކުންނަންވެސް ނޭގިފައިދޯ ތިހުރީ .... މަގޭ ބަނޑަށް މިހާރު ހޫނު ވެއްޖެ ... " ނަވީން މަޖާވެލާފައި ބުނެލިއެވެ. އެވަގުތު ރައުނާ ކައިރިއަށް ހިނިއައެވެ. 
" މަންޖޭ .... އަވަހަށް ދޭ ސައިހަދަން ... " 
" ޙަސަންބޭ ... ސައިހުރީ ހެދިފައި .... " ރައުނާ ހިގައިގަންނަމުން ބުންޏެވެ. 
ޙަސަންބެއާއި ނަވީން ސައިބޯން ތިބެގެން ހެދިކާގެ މީރުވާހަކަ ދެއްކިއެވެ. 
" މިގޭގައި އަބަދުވެސް ކާއެއްޗެތި ވަރަށް މީރުކޮށްހަދާނެ ... " ޙަސަންބެ ނަވީނަށް އޮޅުންފިލުވާ ދިނެވެ. 
" މިއަދު ... އެހެންދުވަސްދުވަހަށް ވުރެ ، މީރުވާާނެހެންހީވަނީ " ނަވީން ބުނެލިއެވެ. 
" ކަމަކާ ޖެހުނީދޯ " 
" ޙަސަންބޭ ... މިއަދު ހޮޓަލުން ހެދިކާ ގަތީ ... މާދަމާ އަޅުގަޑު ހެދިކާ ހަދާނަން ... ޙަސަންބެމެން މިކޮޅުގައި ތިބިއްޔާ ... "  ރައުނާ އޮޅުންފިލުވާދިނެވެ. 
ނަވީން މެން ސައިބޮއެނިމިގެން ދުފާ ހަދައިގެން ދޯންޏާދިމާއަށް ދާން ހިނގައިގަތެވެ. 
" މިރޭ ކާންއަންނާތި ... " 
" މިރޭ ދެންނުއެއްކާނަން ... ނިދާގަޑީގައި ކޮފީއެއްބޯނީ ... " 
" އެންމެ ރަގަޅު " ރައުނާ ގޭތެރެއަށް ވަންނަމުން ބުނެލިއެވެ. 

" ކަލޭ  ހަމަ ކާމިޔާބީ ... ދާކޮންމެރަށަކުންވެސް ... އަންހެންކުދިން ކަލެއާ  ހެދި މަރުދެނީ .... " ޙަސަންބެ ހީހީ ހަލާކުވަނީއެވެ. 

އެކުދިން ކޮފީ ހަދައިގެން އައިސް ބޭރު ޖޯލިފަތީ ތިބި ނަވީން އަށާއި ޙަސަންބެއަށް ކޮފީ ދިނެވެ. އަދި އެކުދިންވެސް އެތާ ތިބެގެން މަޖާ ކުރަމުން ކޮފީ ބޮމުންދިޔައެވެ. ނަވިންވެސް އެކުދިންގެ މަޖަލުގައި ރަގަޅަށް ބައިވެރިވިއެވެ. 
" އޭ ... ދެންއަހަރެން މިދަނީ ... ނިދަން ... " ޙަސަންބެ ، ތެދުވަމުން ބުނެލިއެވެ. 
" އާނ ... ކުޑައިރުކޮޅަކުން މިދަނީ .... " ނަވީން ބުންޏެވެ. ޙަސަންބެ ދިޔުމުން އެކުދިންވެސް އަދި ދިމާވާނެ ދޯއޭ ކިޔާފައި ދިޔައީ އެވެ. މިހާރު އެޖޮލީގައި އެތިބީ ރައުނާއާއި ނަވީންއެވެ. 
" ރައުނާ ... ނުނިދަނީތަ؟ "
" ވަރަށް ހަނދުވަރުރީތިދޯ ... މިކަހަލަ ރޭރޭ ވަރަށް ނިދާހިތް ނުވޭ .... ވަރަށް ނިދިވެސް ދުރުވާނެ ... އެހެންނޫނަސް މިރޭ އެއްގޮތަކަށް ވެސް ނިންޖެއްނާދޭ .... " 
" އަހަންނަށްވެސް މިރޭ .... " ނަވީން ބުނަންފެށި ޖުމުލަ ގަސްދުގައި މެދުކަޑާލިއެވެ. 
" މިރޭ ނަވީން ކައިރިއަށް ވެސް ނިންޖެއްނާދެދޯ .... " 
" ހޫނ .... އަހަރެމެން މިގަޑީގާ މިތާތިއްބާ ... މީހަކަށް ފެނިއްޖެއްޔާ ... ވަރަށް ގޯސްވާނެދޯ "
" މިހާރު މިރަށުމީހުން ނިދާފާނެ .... އެހެންނޫނަސް އެކަހަލަ ދިމާކުރުންތައް ވަރަށް ނޯންނާނެ ... " 
" އެހެންތަ؟ .. ރައު ... އަހަރެން ވާހަކައެއް އަހާލަންތަ؟ " ނަވީން ، ގާތްކަމާއިއެކު އަހާލިއެވެ. 
" އަހާބަލަ ! ... " 
" މީނައުޅެނީ އެއްވެސް ކުއްޖަކާ ....؟؟؟ " ނަވީނަށް ކުރިއަށް ގެންދެވޭ ގޮތެއްނުވިއެވެ. 
" ނަވީން ... ބުނެބަލަ ! އަހަރެންމީނީ އަޑުއަހާށޭ .... " 
" އަހަރެން ބުނަން އުޅުނީ ... ދުވަހަކުވެސް ތިހިތުން އެހެންމީހަކަށް ޖާގައެއް ދިނިން ހޭ ؟ "
" ނޭގިހުއްޓާ ތިކަހަލަ ކަމެއްވެސް ވެއްޖެ ކަންނޭގެ ... "   
" އެއީ އަނެއްކާ ކޮންއިރަކު ؟ .... " 
" ދާދި ފަހުން ... އެކަމަކު ... އޭނަކަށްވެސް އަދި އެގޭނެ އެހެނެއް ހިއެއް ނުވޭ ... އަހަންނަށް އޭނާ ވަރަށް ކަމުދޭ ... ވަރަށްރީތި ... ފެންނަފެނުމަށް ހިވަނީ އަޚްލާޤްވެސް ރަގަޅުވާނެހެން .... އަހަންނަށް އޭނާ ނުފެނިއްޖެއްޔާ ... ކަންބޮޑުވާގޮތްވެސް މިހާރުއެބަވޭ .... " 
" ކޮންމެގޮތަކަށް ވިޔަސް ތިފިރިހެނަކު ވާނީ ވަރަށް ބޮޑުނަސީބު ވެރިއަކަށް .... އަހަންނަށްވެސް ތިހިތުން ޖާގައެއް ލިބޭނެނަމަ .... އެކަމަކު ... ދެންތިހިތުގައި އިތުރު ޖާގައެއް .... " 
" އެމީހަކީ ނަވީން ކަމަށް ވެއްޖިއްޔާ .... "
" އެއީ އަހަންނަށް ދުނިޔޭގެ ރަސްކަންލިބުންފަދަ ކަމެއް .... އަހަރެންގެ ހިތުން އެންމެ ފުރަތަމަ ޖާގައެއްހޯދީ ... ރައު .... ދެންމިހިތުގާ އިތުރު މީހަކަށް ޖާގަދޭނެ އެއްވެސް ތަންކޮޅެއް ނެތް ... ގިރާ އިސްތަށްޓެއް ބާއްވާލާނެހާ ޖާގައެއްވެސް ނެތް ...." 
" ނަވީން ... އަހަރެންހައްދަނީކީ ނޫންތަ؟ " 
" ކީއްކުރަން ... ރައު ... ހައްދަންވީކީ ... އަހަރެންގެ ހިތުގާ އެހެންމީހަކު ހައްދާލާނެހާ ޖާގައެއް ވާނަމަތާ ... އެއަށް ވުރެން ބޮޑަށް އަހަރެން ރައުދެކެލޯބިވޭ ..."
ރައުނާ އަށްހީވީ މިރީތި ހަނދުވަރީ ޖައްވުގައި މިރޭ ގެ ރާނީއަކީ އޭނާކަމުގައެވެ. އޭނާގެ ހިތުގައި އެތައްމާތަކެއް ފޮޅެފަރިވިކަހަލައެވެ. މަޑުމަޑުން ރައުނާ ނަވީންއާ ކައިރިވެލިއެވެ. އަދި އޭނާގެ ނާޒުކު އަތް ނަވީން އާ ދިމާއަށް ދިއްކޮށްލިއެވެ. ނަވީން އެއަތުގައި ހިފީ އުފަލުންހުރެއެވެ. އޭނާގެ ފުރަތަމަ ލޯބި މިހާއަވަހަށް ކާމިޔާބު ވެދާނެކަމަކަށް އޭނާހީވެސް ނުކުރެއެވެ. އެއަތުގައި ހިފާލުމަށްފަހު ، އޭނާގެ އަތުތެރޭގައި ރައުނާ ބޮޑިކޮށްލިއެވެ. އެއްވެސް އިޚްތިޔާރަކާއި ނުލާ ، ރައުނާއަށް ނަވިންގެ ތަނަވަސް މޭގައި އެރީތި ހަނދެއްފަދަ މޫނު ފޮރުވާލިއެވެ. ބަޔާން ކުރަންނޭގޭ ފަދަ އުފާވެރި ކަމެކެވެ. އެދެލޯބިވެރިންވެސް ލޯބީގެ ބަގީޗާގައި މިހާރު އެތައް މާތަކެއް މިކުޑަކުޑަ ހިނދު ކޮޅުގައިވެސް ފޮޅުވާލައިފިއެވެ. 
ރައުނާއާއި ނަވީން ލޯބީގައި މަސްތުވެފައިވަނީ ތިޔަހިކުރާ ފަދައަކުންނޫނެވެ. މިހާރު އިވެމުންދަނީ އެކަކު އަނެކެއްގެ ނޭވާގެ އަޑެވެ. ދެކުދިން މަޑުމަޑުން ހިނގާފާ ގޮސް އެވަނީ ކޮޓަރިތެރެއަށެވެ. ކޮޓަރީގައިހުރި އެދުގައި އެދެޒުވާނުން އެއްވެސް ޚިޔާލެއް ފިކުރެއްނެތި ، ލޯބިގެ މާތައް ފޮޅުވަމުންދިޔައެވެ. ލޯބިކުރުމުގެ ޙައްދުފަހަނަޅާ ދެވޭކަމުގެ އިޙްޝާޝް އެކަކަށްވެސް ކުރެވޭހެނެއް ހިއެއްނުވެއެވެ. ލޯބީގެ އޮއެވަރުގައި ބެހެމުން ބެހެމުންގޮސް ދެވޭނުދެވޭ ހިސާބެއްވެސް ނޭގޭވަރަށް އެދެލޯބިވެރިން ގެ ގައިގޯޅިވުން އިތުރުވެއްޖެއެވެ. ހޫނުހޫނު ކިޝްކުރުންތަކާއި އެކު ، އެކަކުއަނެކެއްގެ ނަފްސް އެކަކުއަނެކަކާއި ޙަޥާލުކުރެވުނުއިރެއްވެސް ނޭގޭ ކަހަލައެވެ. 
ފަތިސްނަމާދު ބަންގީގެ އަޑަށް ރައުނާއަށް ހޭލެވުނުއިރު ، އޭނާއަށް އޮއެވުނީ ނަވިންގެ އަތުތެރޭގައިއެވެ. މަޑުމަޑުން އޭނާ ނަވީންއާއި ދުރަށް ޖެހިލިއެވެ. އަދި ނަވީންގެ ނިތްކުރީގައި އޭނާގެ ތުންފަތް ޖައްސާލިއެވެ. ދެންތެދުވެގެން ކޮޓަރިން ނުކުމެގެން ގިފިއްޔާ ދިމާއަށްދިޔައެވެ. 
މެންދުރުގެ ކެއުމަށް ފަހު ، ޢަލިފުޅުބެއާއި ޙަސަންބެ ތިބީ ވާހަކަ ދައްކާށެވެ. މިއަދަކީ އެމީހުން މާލެއަށް ފުރާ  ދުވަހެވެ. އެހެންވެ ، އޭނާގެ ޒަމާންވީ ރަޙްމަތްތެރިޔާއާ ވާހަކަދައްކާލާ ، ޚިޔާލު ބަދަލުކޮށްލަނީއެވެ. ގޯތިތެރޭ ހުރި ޖޯލީގައި ނަވީން އާ ރައުނާ އާ ދެކުދިން އެކަކު އަނެކަކާއި ވަކިވަން ޖެހޭތީ ދެރަވެފައިތިއްބެވެ. 
" ރައު ... ދެރަނުވޭ ... އަހަރެން ރައު .... ބަލާ ބޮޑުބަންދުގައި އަންނާނަން .... އަދި އަހަރެންގެ މީހަކަށް ރައު ... ހަދާނަން .... ނަވީނަށް އިތުބާރު ކުރޭ .... ނަވީންގެ ފަރާތުން ރައުއަކަށް ދެރަގޮތެއް ނުވާނެ .... ތިޔައީ އަހަރެނެންގެ ހުރިހާވެސް މީހަކީ .... އަހަރެންގެ ފުރާނައަށް ވުރެވެސް ބޮޑަށް އަހަރެން ރައު ދެކެ ލޯބިވޭ .... " ނަވީން ، ރައުނާގެ ލޮލުން ފައިބަމުންދާ ކަރުނަތައް ފުހެލަދިނެވެ. 
" ނަވީން .... އަހަންނަށް ދެރަގޮތެއް ނުހަދާތި ... އަހަންނަކީ ... ވަރަށް ނިކަމެތި ކުއްޖެއް ... އަޅާލާނެ .... ޔާރެއްނެތް .... މިއަދުވެސް ބައްޕަ ލޯމަރާލައިފިނަމަ ... އަހަރެން މިއޮއްބޮޑު ދުނިޔެއަށް ގިނަވާނެ ..... އަހަރެން ބޭނުން އަހަރެންގެ ބައްޕަ ދުނިޔޭގައި ހުއްޓާ ކާވަނި ކުރަން .... ނަވީން .... ނަވީން ފިޔަވައި ފިރިހެނަކު އަހަރެންގެ ހަށީގައި ދުވަހަކުވެސް ނުބީހޭ ..... އަހަރެންކިހިނަކުން ނަވީންގެ މަތިން ހަނދާން ނައްތާލާނީ ..... "
" އާދޭސް ކޮށްފައިބުނަން ..... އަހަންނަކަށް ރައު ރޮތަން ބަލާކަށް ކެތެއްނުވާނެ ...... މިއަދު ރައު ތިރޮނީ .... އަހަރެންކިހިނެއް ހަމަޖެހިގެން މަސައްކަތްކުރާނީ .... ދިރިއުޅުމަށް .... އާދޭސް ކޮށްފައި އަހަރެންމިބުނަނީ .... އަހަންނަށް ޓްރަސްޓް ކުރާށޭ ..... ޕްލީޒް ..... ހައު ކޭން ލިވް ވިތް އައުޓް ޔޫ ..... ކިހިނަކުން ދިރިއުޅޭނީ ކަލާޔާ ނުލާ ..... މިހިތުގައި ވިންދުއުފެދޭ ނިޝާނާ ނުލާ ..... " 
" އޯކޭ .... ނަވީނަށް އިންތިޒާރުކުރާނަން .... އައި ލަވް ޔޫ ސޯ މަޗް .... " 
" ތޭންކްސް .... ފިރިހެނުން ، އަންހެނުންނަށް އިޙްތިރާމު ކުރަނީ ހަމައެކަނި އެމީހުންގެ ލޯތްބަށްޓަކައޭ މީހުން ބުނެ ..... އެކަމަކު ... އަހަރެން ރައުއަށް ކެއާރ ކުރަނި އަހަރެމެންގެ ދިރިއުޅުމަށް ޓަކައި ..... ހަމައެކަނި އަހަރެމެންގެ ދިރިއުޅުމަށްޓަކައި .... އަހަރެން ރައު ބަލާ އަންނާނަން .... ރައު ... ހީލަބަލަ! .... އަހަރެންނަކީ ރައުގެ ޝާހްޖަހާން  އޭ .... އޯކޭ ... " 
" އެހެންވީއިރު ، އެހެންވީއިރު ... މިމުންތާޒް އެކަމަށް އިންތިޒާރު ކުރާނެ ... " ރައުނާ ހިނިތުންވެލިއެވެ. އެވަގުތު ނަވީނަށް ހިވީ އޭނާގެ ހިތުތެރެއަށް އަންނާރު ދިޔަ ފޮދެއް އަޅާލި ހެންނެވެ. ކުޑައިރުކޮޅަކުން ރައުނާ ރަޙްމަތްތެރި މަރީ އާ މަލްޙާ ވެސް އެތަނަށް އައިސްފިއެވެ.
" ހާދަ ވަރަކަށް ގެއްލިފައި ތިތިބީ .... ކޮންކަމެއްގާތަ؟ " މަލްހާ އޭނާގެ ސަމާސާ ރާގު ގައި ބުނެލިއެވެ. 
" މިއަދު ނަވީން ފުރަނީނު .. ދޯ ! ނަވީން "
" ހޫނ! ހުރިހާ ކުދިން ހިތްހެޔޮކުރާތި ..... "
" އަސްތާ! އަދި އަހަރެމެން މިއައީ .... ރައުނާ ގޮވައިގެން މޫދަށް ދާން ކަމަށް .... އެހެންވިމާ ... މިއަދު މަޑުކުރާނީ ދޯ މަލް ... " 
" އަހަރެން މިހާރު މިދަނީ ފުރަން .... ތިކުދިން ރައ ގޮވައިގެން މޫދަށް ގޮސްލާ .... އޯކޭ .... އަދި ބައްދަލުވާނެ .... "
" ތިހެންބުނާނީ .... "
" ނޫނޭ ..... ދެންބައްދަލުވާއިރު ... މިއަށްވުރެ ، ގާތް ވާނެ ... އެހެންނު ... ރައު .... "
" ތީ ހަމަ ފިރިހެނުންގެ ފާޑު .... އަބަދު ހުވަފެންދައްކާނީ ދޯ !!! ރައު .... " 
" ނަވީންއަކީ އެކަހަލަ މީހަކަށް ނުވާނެ ..... ދޯ ނަވީން .... " 
" 100 ޕަސެންޓް ސުއަރ ...... " 
ޙަސަންބެވެސް މިހާރު ދަބަސް ހިފައިގެން ނުކުމެއްޖެއެވެ. 
" ހިނގާ ދަމާ .... ހުރިހާ ކުދިން ހިތްހެޔޮ ކުރައްޗޭ ........ އޯކޭ .... ބައިބާއީ .... ރައު .... އަހަރެން ދަނިއްޔޭ ... " 
ނަވީންއާއި ޙަސަންބެ ދާތަންބަލަން އެކުދިން ތިއްބެވެ. 
" މަރީހިނގާ .... ބަނދަރު ކައިރިންލާފައި .... ބުރެއްއަޅާލަން .... " 
" ރައު ... ބުނެފިއްޔާ ... ޖެހޭނީ .. ދާން ... ހިނގާ މަލް .... " 
ތިންކުދިން ހިނގަމުންއައިސް ބަނދަރުމަތީ ހުރި ހިޔާދޭ ގަހެއްގެ ކައިރީ މަޑުކޮށްލިއެވެ. އެދިމާއިން ނަވީންމެންގެ ދޯނި ރީތިކޮށް ފެންނަން އޮތެވެ. ކުޑައިރުކޮޅަކުން އެދޯނިވެސް ބަނދަރުން  ނިކުތުމަށް މިސްރާބު ޖެހިއެވެ. ނަވީނަށް ހުންގާނުގައި ހުރެފައި އެއްގަމާދިމާއަށް ބަލާލެވުނެވެ. އެވަގުތު އޭނާއަށް ރައު އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރި މަންޒަރު ފެނުނެވެ. ނަވީނަށް ރައު އޭނާދެކެ ލޯބިވާވަރު އިޙްޝާޝް ކުރެވުނެވެ. ނަވީން އަތްއުފުލލާފައި ރައު އާ އެންމެފަހުގެ ސަލާމް ކޮށްލުމުގެ ގޮތުން އަތްހޫރާލިއެވެ. 
ރައުނާއަށްވެސް ބޭއިޚްތިޔާރުގައި އަތްއުފުލާލެވުނެވެ. ނަވީން ދޯނި ކުރިއަށް ދުއްވާލިއެވެ. ދޯނިގޮސްލޮލުކޮޅުން ނިވާވަންދެން ރައުނާ އެދޯންޏާއި ދިމާއަށް މާޔޫސް ކަމާއެކު ބަލަމުންދިޔައެވެ. 
" ދެންހިނގާ ... މިތަނުންދާން .... މަށަށް ހީވަނީ .... ރައު .... " މަލްޙާ ކޮންމެވެސް އެއްޗެއް ބުނަން އުޅުނެއެވެ. 
" ކީކޯ! .... މަލްއަށް ހިވަނީ ..... " 
" އަހަންނަށް ހީވަނީ .... ނަވީންގެ އަވައިގައި ރައުނާ ... ހަމަރަގަޅަށްވެސް ޖެހިއްޖެ ހެން .... ދޮގެއްތަ؟ "
" ނޫން .... ތިޔައީ ވަރަށް ބޮޑު ތެދެއް .... އަހަރެންއޭނާދެކެ ވަރަށް ލޯބިވޭ ..... އޭނާވެސް އަހަރެންދެކެ ލޯބިވޭ ...... " 
" ދެކުދިން މިހާރު ހަމަރަގަޅަށް ގުޅިއްޖެންދޯ !!! އަންގާވެސް ނުލާ ... ކަމެއްނިންމާލިއްޔޭ ..." 
" އެގުނު ލެއްލަސްތަ؟ ....  ހިނގާ މޫދަށްދަމާ ..... "
" ހޫނ ! ހިނގާ ... ދުވަސްކޮޅަކުން ރައު ވެސް ނުފެންނާނެ ކަންނޭގެ "
" އެޔޯ .... ކިއްވެ ތިހެންތިބުނީ .... " ރައުނާ ހިގާގަންނަމުން އަހާލިއެވެ. 
" ދެން ނަވިން އާ އިދެގެން މާލެއެއްނު ދާނީ .... " 
" އިރާދަކުރެއްވިއްޔާ .... އަހަރެންފެންނާނެ ... "
ތިންކުދިން ގެއަށް ގޮސް ދެންދިޔައީ މޫދަށެވެ. މޫދަށް ގޮސްއެކުދިން ވަރަށް މަޖާކުރިއެވެ. 

އޭގެ ދެމަސްދުވަސް ފަހެވެ. ރައުނާ އިނީ އަތިރިމަތީގަ ހުރި ގަހެއްގެ ހިޔަލުގައި އެކަނި މާ އެކަންޏެވެ. އޭނާ މިއަދު ވަރަށް ފިކުރު ކުރަމުންދާހެން އެބަހީވެއެވެ. ނަވީން ފުރައިގެންދިޔަގޮތަށް އެއްވެސް ޚަބަރެއްނުވެއެވެ. އެކަމާއި ރައުނާ ވިސްނާ ވިސްނާ ހަލާކުވަނީއެވެ. އޭނާގެ މުނުމަތިން މިހރަކަށް އައިސް ފެންނަނީ މާޔޫސްކަމެވެ.  ކުޑައިރުކޮޅަކުން މަލް އާއި މަރީވެސް އެތަނަށް އައިސްފިއެވެ. 
" ރައު ... ކީއްވެ މިތާތިއިނީ .... " 
" ކަމެއްނުވޭ .... ދެންހަމަ ޖައްސާލި ..... " 
" ރައު .... އަބަދު މިގަސްދޮށުގައި ތިއިންނަނީ .... ތިކަން ބައްޔަކަށް ވެދާނެނު .... އާދޭސްކޮށްފައި އަހަރެންމިބުނަނީ .... އެބޭވަފާތެރިޔާގެ މަތިން ހަނދާންނައްތާލާށޭ ..... " މަރި އާދޭސްކުރަންފެށިއެވެ. 
" ކަލޭމެން ތިހެން ބުންޏަސް ކިހިނެއް އެހާ ފަސޭހައިން ހަނދާނުން ފުހެލާނީ ..... އެއީ އަހަރެންގެ އަލަތު ލޯބިވެރިޔާ ..... ކާކަށްތަ؟ އަލަތު ލޯބިވެރިޔާ މަތިން ހަނދާން ނައްތާލެވުނީ .... އެމީހަކު ނިކަން އަހަންނަށް ދައްކަބަލަ! " 
ތިހަނދާންތަކާއި ދުރުވެވޭނީ ރައުވެސް ދުރުވާން މަސައްކަތްކޮށްގެން .... މިސާލަކަށް ރައު ދެކެލޯބިވާމީހަކާއި ގުޅިގެންނޫނީ .... ކިހިނެއް ތިހަނދާންތަކާއި ދުރުވެވޭނީ .... " މަލްޙާ ވެސް ރައުނާއަށް ހަމްދަރުދީވިއެވެ. 
" ދެން މަލް ތިބުނަނީ ..... ނާއިފް އާ ރައްޓެހިވާށޭ ..... އަހަންނަށްވެސް ނާއިފް ، އަހަރެންދެކެ ލޯބިވާކަން .... އަހަރެންގެ ހިތުގައި އެހެންމީހަކަށް ޖާގަ ދޭކަށް ތަނެއްނެތް މަލް .... ނަވީ އެދިޔައީ މިހިތުގައި ޖާގަ އުފައްދާފައި އެހެން މީހަކަށްނުވަދޭވަރަށް .... " ކުއްލިއަކަށް ރައުނާ ، އޯކަށް ދެމޭން ފެށިއެވެ. ދުވެފައިއޭނާ ގެއާ ދިމާއަށް ދުއްވާގަތެވެ. އަނެއްކާމިވަނީ ކިއްބާވައެވެ.  މަލްޙާ އާއި މަރީއަށް ޙައިރާންވެފައި ވެފައިއިރުކޮޅަކު ތިބެވުނެވެ. ދެންރައުނާ މެންގެއާ ދިމާއަށް ދުވެފައިދިޔައެވެ. އެކުދިންނަށް އެހިސާބަށް ދެވުނު އޭނާއަށް ކިރިޔާ ގިފިލިން ނުކުމެވުނިއެވެ. ރައުނާއަށް އެކުދިން ފެންނައިރަށް ހޭނެތިގެން ވެއްޓިޖެއެވެ. މަލްޙާ އާއި މަރީ ދެކުދިންވެގެން ރައުނާ ގެއަށްވައްދައިފިއެވެ. މަރީ ކައިރީ މަޑުކުރުމަށް ބުނެފައި އޭނާ ދިޔައީ ހެލްތު ވޯކަރ ބަލާއެވެ. 
ކުޑައިރުކޮޅަކުން ރައުނާ ހޭއަރައިފިއެވެ. ހަމަހޭއެރުމާއިއެކު މަރީގެ ގައިގައި އޭނާ ބައްދާލިއެވެ. ދެންރޯންފެށިއެވެ. މަލްޙާ ، ހެލްތު ވޯކަރ ގޮވައިގެންއައި އިރު ، ރައުނާ ހަމައެޅިއްޖެއެވެ. އެހެންކަމުން އިތުރަށް ކަމެއް ބޮޑުވަންޏާ އަންގާލާށޭ ބުނުއްވާފައި ހެލްތު ވޯކަރު ދިޔައީއެވެ. 
ރައުނާ ، ރޮއެ ރޮއެފައި އޭނާއާމެދު ކަންތައްތައް ވީގޮތް އެދެއެކުވެރިންނަށް ކިޔާދިނެވެ. އާނއެކެވެ. އޭނާ ނަވީންގެ މަތިން ހަނދާންނައްތާލެވޭކަށް ނެތެވެ. މިހާރު އޭނާގެ ބަނޑުގައި ތުއްތު ފުރާނައެއް ވާކަމުގެ އިޙްޝާޝް އޭނާއަށް ކުރެވެންފަށައިފިއެވެ. ނަވީން އޭނާއަށް ދީފާ އެވަނީ ދުވަހަކުވެސް ހަނދާންނައްތާ ނުލެވޭވަރުގެ ހަދިޔާއެކެވެ. 
މިހަދިޔާގެ ސަބަބުން އޭނާ ދުނިޔެއަށް ފަޟީޙަތް ވީއެވެ. ދުނިޔެއަށް ގިނަވީއެވެ. 
" މިކަން އަހަރެންގެ ބައްޕައަށް އެގޭދުވަހަކުން ކިހާދެރަވާނެދޯ ....." 
" ރައު .... ދެންކުރާނެ ކަމެއްނެތް .... ރައު ... ކެތްކުރޭ .... ބަނޑުގައި ވާ ދަރިފުޅަށް ގެއްލުމެއް ނުދޭތި .... އެފުރާނައިގެ އޮތީ ކޮންކުށެއް .... ރައު ... ކެތްކުރާތި .... " 
" ރައުނާ ... އަހަރެމެން އަދި އަންނާނަން .... މިހާރު ގޮސްލަނީ ... ނުރޯތި އިގޭ .... " 
" އަންނާތި އިނގޭ ... އަހަރެން ވަރަށް އެކަނިވާނެ ... "
" އަހަރެމެން ރައު ދުލެއްނުކޮށްލާނަމޭ ... " 
މަރީ އާއި މަލްޙާވެސް އެތިބީ ވަރަށް ދެރަވެފައެވެ. ރައުނާ ފަދަ ނިކަމެތި ކުއްޖަކަށް ނަވީން އެޖެއްސި ޙާލާއިމެދު އިންތިޙާއަށް ރުޅިވެސް އައިސްފައެވެ. 

އެއްވެސްކަމަކީ އަބަދު ސިއްރު ވެފައި އޮންނާނެ ކަމެއްނޫނެވެ. މާގިނަދުވަހެއްނުވެ ، ޙަސަންބެއަށްވެސް މިކަން އެގިއްޖެއެވެ. ކުރާނެކަމެއްނެތެވެ. މަޔަކާއިނުލާ ޙަސަންބެ ބަލާބޮޑުކުރި ދަރިފުޅުގެ ފަރާތުން މިފެނުނު ހިތާމަވެރި ކަން އޭނާއަށް ބަރުދާސްތު ކުރަން ދަތިވިއެވެ. އޭނާއަށް ހީވީ އޭނާގެ ފައިދަށުން ބިންގަޑު ދެމިގެންދިޔަހެންނެވެ. ޙަސަންބެއަށް އެކަންއެގުނީ ކޮންގޮތަކުންބާވައެވެ. ކޮންމެވެސް އަންހެންވެރިންތަކެއް އެވާހަކަ ދައްކާއަޑު އޭނާގެ ދެކަންފަތަށް އިވޔުނިއެވެ. ކުރިދުވަހަކު ރައުނާ އޯކަށްދެމޭއަޑު އޭނާވަނީ އަހާފައެވެ. އޭނާއަށް ގެއަށް ދެވުނުއިރު ރައުނާ ހޮޑުލަނީއެވެ. މަލްޙާއާއި މަރީ އޭނާގެ ކައިރިތިއްބެވެ. އެވަގުތު ޙަސަންބެއަށް އަޑުއިވުނު ވާހަކަ އެއްވެސް ސުވާލަކާއި ނުލާ ޤަބޫލުކުރެވުނެވެ. ނަމަވެސް .... ހަމައެސިކުންތުގައި އޭނާ ހޭނެތިގެންވެއްޓުނެވެ. އެވަގުތު ރައުނާގެ އަގައިން ވޭނީއާހްއެއްގެ އަޑު ހަޅޭއްކަކާއިއެކު ނުކުތެވެ. މަރީ މީހުންނަށް ގޮވާގެނަސް ޙަސަންބެ ފަތްޖެހިއެނދަކަށްލާ ފެންއެޅިއެވެ. ކުޑައިރުކޮޅަކުން ހެލްތު ވޯކަރު ދުރުވެ ، ޙަސަންބެއަށް ފަރުވާ ދޭނެފެށިއެވެ. ނަމަވެސް ލިބުނު ކުއްލި ސޮކާއިއެކު ޙަސަންބެގެ ފުރާނަ ވަނީ މިދުނިޔެއާއި އަލްވަދާޢްކިޔާފައެވެ. 
ރައުނާމުޅިން އެކަނިވީއެވެ. މުލިދުނިޔެއަށް އެނާގިނަވީއެވެ. އޭނާ ދެކެ އެންމެލޯބިވީ އޭނާގެ ބައްޕަވެސް އޭނާއާއި މާދުރަށް ދިޔައީއެވެ. އެމަތިވެރިބައްޕައަށް ރައުނާގެ މިހާލަށް ކެތްނުކުރެވުނީއެވެ. 
ކައިރީގައި ތިބި ހުރިހާއެންމެން ރައުނާއަށް ހިތަވަރުދިނެވެ. ނަމަވެސް އޭނާގެ ރުއިމަކަށް ބަދަލެއްނައެވެ. ކުއްލިހަޅޭއްކަކާއިއެކު އޭނާވެސް ހޭނެތުނީއެވެ. ހެލްތު ވޯކަރު ރަށުއޮފީހާއި ގުޅައިގެން ކަށުކަމާކެމީގެ ކަންކަން ނިންމުމަށް އިރުޝާދު ދީފާ ރައުނާއަށް ފަރުވާދެވޭތޯ މަސަކަތްކުރިއެވެ. ނަމަވެސް ރައުނާހެއެއްނާރައެވެ. ޙަސަންބެގެ ކަށުކަމާކެމީގެ ކަންކަން ނިމުނުއިރުވެސް ރައުނާވަނީއެޙާލުގައެވެ. ވަޅުލުމުގެ ކުރިން ދެތިންފަހަރު ހޭއަރާފައި ހޭނެތުނެވެ. އެރޭގެ އިރާކޮޅު ރައުނާ ހޭއަރައިފިއެވެ. ނަމަވެސް އޭނާގެ އެއްވެސް ކަމެއް އޭނާގެ ހަނދާނުގައި ވާކަމަކަށްނުވެއެވެ. ބާރުބާރަށް ހެނިއެވެ. ދެންކޮންމެވެސް ވާހަކަތަކެއްއެކަނިމާއެކަނި ދައްކަނީއެވެ. އޭނާއަށް ހެޔޮއެދޭއެތައްބައެއްގެ ލޮލުން ކަރުނަ ހިލެމުން ދަނީއެވެ. މިވިސްނުންތޫނު ތަޢްލީމީ ރީތި އަންހެންކުއްޖާއަށް މިވީގޮތާއިމެދު މީހުންހިތާމަކުރެއެވެ. 
މަލްޙާއާއި މަރީގެ އެހީތެރިކަން ރައުނާއަށް ވަރަށްބޮޑަށް ލިބުނެވެ. ނަމަވެސް އޭނާގެ ހަނދާންތަކެއް އެކުދިންހޯދާދޭނީ ކިހިނަކުންހެއްޔެވެ. ރައުނާގެ ދިރިއުޅުމަށް މިކުރިމަތިވީ ޖުންޖުލާގަދަ ވިއްސާރައަށްވުރެވެސް ނާމާންކަމަކާއެވެ. ބިރުވެރިކަމަކާއެވެ. ޙަޔާތުގެ ނައު ބެހިގެންމިދިޔައީ އައްސޭރިވެސް ފެނުމެއްނުވާފަދަ ހިސާބަކަށެވެ.  އަދި ނުނިމޭ
 

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.