އުއްމީދުގެ އަލި
މިއީ ލޯބީގެ ރީތި ވާހަކަ އެއްގެ ފުރަތަމަ ޕާޓެވެ.
ރީތި ނަލަނަލަ ދުވަހެއްގެ ނިޝާންތައް އުދަރެހުން ފެންނަމުން ދިޔައެވެ. ތުނިތުނި ވިލާތަކުން ހުސްކޮށް އޮތް މެދުއުޑު ފުރާލަމުން ދާހެން ހީވާންފެށިއެވެ. ދޫނިތަކުގެ މޫޝީޤީ އަޑުން މުޅި ކާއިނާތު ގައި ރާގެއް އުފެދި ، ހިތްތަކުގެ އެކަނިވެރި ކަމަށް ތާޒާ ކަމެއް ގެނަސްދީފާނެ ކަމުގެ މެސެޖްތަކެއް ލިއްބާދެއެވެ.
ރީތި ފަރި ފަރި މާތަކުގެ ބަގީޗާތަކުގައިވެސް މަދުމަދުން ފޮޅޭ މާތަކަށް ޖާގަލިބޭ ދުވަސްތަކެއް ދުނިޔެ ދައްކަމުން ދެއެވެ. އެހެނަސް އިންސާނީ ހަޔާތުގައި ފަރިވެ ފޮޅެމުންދާ މާމަލުގެ ގުލްޒާރުގައި އެމާތަކަށް ލިބޭ ސަމާލުކަން ކުޑަވަމުންދާ ދުވަސްތަކެއްވެސް ދުނިޔޭގެ ޤާނޫނު ދައްކަމުން ދިޔައެވެ. މިއަދަކީ ފުނަދޫގެ ރީތި ގޮނޑުދޮށުގައި އާދަޔާ ޚިލާފަށް މީހުން ގިނަ ދުވަހެކެވެ. އެރަށުގެ ގޮނޑުދޮށަށް ރާގޮނޑި އައިނެއް މީގެ ދޮޅުގަޑިއެއްހާއިރު ، ކުރިން ވަނެވެ. އެހެންވީމާ ، އެރަށުގެ ގޮނޑުދޮށުގައި މިވަގުތު މީހުން ގިނަ ކަން ފާހަގަވާނެތާއެވެ.
ދިއްގާ ގަހެއްގެ ހިޔަލުގައި އިށިއިދެލައިގެން މިރަށު ބެރުގޭ ނާއިފާ އާއި އޭނާގެ އެކުވެރިޔާ ތިއްބެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކަތައް މެދު ކަޑާލަން ޖެހުނީ މާމަގެ އަޑެވެ.
" ކޮބާ؟ ގެއަށް ދާކަށް ނުވޭތަ؟"
" ނޫން ދާންވީ މާމަ އަންނަންދެން މިތިބީ .. " ނާއިފާ ބުންޏެވެ. ނާއިފާ އާއި އޭނާގެ އެކުވެރި ފާތުމަ ތެދުވެ ހިގައިގަންނަމުން މާމަ އާއެކު ކުރިއަށް ދާން ފެށިއެވެ.
" ކޮންއިރަކުން ފާތުން މާލެ ދަނީ " މާމަ އަހާލިއެވެ.
" ދެން ދާންވީ ހަފުތާއެއްހާ ދުވަސް ފަހުން ދާނަން .... ކިޔެވުން ވެސް ފެށޭނެ އަންނަ ހަފުތާގަ ... "
" ފާތުން ... ރަގަޅަށް ކިޔެވޭތޯބަލަންވާނެ އިނގޭ ... ކޮއްކޮގެ ބައްޕަވެސް ދުނިޔެއަކު ނެތް މަންމަ އެކަނިމާއެކަނި ކޮއްކޮ އަށް ޚަރަދު ކުރަމުން އެދަނީ ވަރަށް ފޮނި އުއްމީދެއްގަ ކަން ދަންނަން ވާނެ އިނގޭ " ނާއިފާ ގެ މާމަ ފާތުންއަށް ވިސްނާދެމުން ދިޔައެވެ.
" ނާއި ... މާމަ ހާދަ ރަގަޅޭދޯ ކިހާ އޯގާވެރި ... ވަރަށް ބޮޑަށް ސުކުރިއްޔާ މާމަގެ ތިޔަ ނަސޭޙަތަށް ... އަޅުގަޑު އަބަދުވެސް ބޮޑެތިމީހުންގެ ވާހަކަތައް ޤަބޫލުކުރާނަން ... ދޯ ނާއީ ފާތުން އަކީ މަންމަގެ އުއްމީދުތަކާއި ހަމަ އަށް ދެވޭތޯ ވަރަށް ޓްރައި ކުރާނަން ... އޭ ... ނާއީ ... މާމާ ... އަޅުގަދު މިދަނީ ގެއަށް އަދި އަންނާނަން ... "
" ހަވީރު އަންނަންވާނެ ފާތުން ... އެއްކަލަ ކަންތަކާއި ވާހަކަ ދައްކަން ވާނެނު ... " ނާއިފާ ، ފާތުންގެ އަތަށް ފިތާލަމުން ބުންޏެވެ.
" ކޮންކަމަކާ ؟؟؟؟ " މާމަ ސުވާލު ކޮށްލިއެވެ.
" އެއި އެހެންކަމެއް .... ދޯ ... ފާތުން ... " ފާތުން ކައިރިއަށް ހިނިއައެވެ.
" މިހާރު ފިޔަ ފެޅީދޯ .... " މާމަވެސް ހިނިއައިސްފައި އަހާލިއެވެ.
އަދި ނުނިމޭ 12 09 2025
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
0
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0












