ކިހާދޫ ކައުންސިލުން މުދައްރިސުންގެ ދުވަހުގެ ހަދިޔާ ދެއްވަވައިފި
ކޮންމެ އަހަރެއްގެ ވެސް އޮކްތޯބަރ 5 ވަނަ ދުވަހަކީ މުދައްރިސުންގެ ދުވަހުގެ ގޮތުގައި ފާހަކަ ކުރެވެމުން އަންނަ ދުވަހެކެވެ. މިދުވަހުގެ މުނާސަބާގައި ކިހާދޫ ސްކޫލުގެ ޓީޗަރުންގެ ވާރކް ސްޓޭޝަންތައް ތައްޔާރު ކުރުމަށް އެހީތެރިވުމުގެ ގޮތުން 100،000ރުފިޔާގެ ފައިސާ ގެ އެހީއެއް ވަނީ ދެއްވާފައެވެ.
ސްކޫލުގެ ކުރިއެރުމަށް ކިހާދޫ ކައުންސިލުން ދެއްވާ އެހީތެރިކަން ފާހަގަކޮށް ، ކައުންސިލު ރައީސް ޙުސައިން ޝާފިޢު އަށާއި ކައުންސިލުގެ އެންމެހައި މެމްބަރުންނަށް އެސްކޫލުގެ މުދައްރިސުން ސުކުރުދަންނަވައެވެ.
ރަށެއް ޢިލްމީގޮތުން ކުރިއަރައި ދިޔުމަކީ އެރަސެއްގެ ޓިޗަރުންގެ ދައުރު އެކަމުގައި ވަރަށް ބޮޑަށް ފެންނާނެ ކަމަކަށް ވާތީ އަޅުގަދުމެންގެ ކައުންސިލުތަކުން މުދައްރިސުންގެ ޚިދުމަތުގެ އަގުވަޒަން ކުރަމުން ދިޔުމަކި އެބޭފުޅުންނަށްވެސް ހިތްހަމަ ޖެހިގެން މަސައްކަތް ކުރެވޭނެ ކަމުގެ ޢަލާމާތެކެވެ.
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
0
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0












