ވިމެންސް ހޭންޑްބޯލް ގެ ޗެމްޕިއަންކަން ދެކުނު ކަންމަތި ހޯދައިފި
ތުޅާދޫ ކަނބަލުންގެ ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ދެކުނު ކަންމަތި ހޯދައިފި
ތުޅާދޫ ޑަބްލިޔު ޑީ ސީ އިން އިންތިޒާމުކޮށްގެން ތުޅާދޫގެ އަންހެންކަނބަލުންގެ ކުޅިވަރު ކެރިއަރ ތަރައްޤީ ކުރުމަށްޓަކައި ބޭއްވި ހޭންޑް ބޯލު މުބާރާތުގެ ފަޚުރުވެރި ޗެމްޕިއަންކަން ދެކުނު ކަންމަތި ހޯދައިފިއެވެ.
މިމުބާރާތް ވަރަށް ފޯރި ގަދަކޮށް ދިޔަކަމަށް ތުންތުންމަތިން މަލައަށް ކަބަރު ލިބެއެވެ. ތުޅާދޫ މަލައިގެ ފަރާތުން ދެކުނުން ކަންމައްޗަށް ވަރަށް ހޫނު މަރުޙަބާއެއްކިޔަމެވެ.
ދެކުނުކަންމަތީގެ އަންހެންޓީމަކީވެސް ، އަދި ފިރިހެން ޓީމަކީވެސް ތުޅާދޫގެ ކުޅިވަރުގެ ތާރީޚުގައި ރަންކުލައިން ފެވިގެންދާވަރުގެ ފަޚުރުވެރި ޓީމެކޭ ދަންނަވަން ޖެހެއެވެ.
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
0
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0












