ޓާރގެޓް ، ތުޅާ ފުޓްބޯޅަ މުބާރާތް 2025 ގެ ޓާރގެޓަށް - ޗެމްޕިއަން ޓާރގެޓް
ތުޅާދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ތުޅާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން، ފައިނަލް މެޗުގައި ކްލަބް ތޮޅިހެލޭއާ ބައްދަލުކޮށް 6-1 ގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށް ޓާރގެޓް ފުޓްބޯޅަ ޓީމުން ހޯދައިފިއެވެ. ޓާރގމިގޮތުން ޓާރގެޓް ކޮމިއުނިޓީ އެޓީމުގެ އަސްލު ޓާރގެޓަށް ވާސިލު ވެއްޖެ ކަން ކަށަވަރު ކޮށް ދީފިއެވެ.
ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ހުނަރުވެރި ރަސްގެފާނު މޯނިންގސަން މޫސާމަނިކު ޝަރަފްވެރިކޮށްދެއްވި މި މެޗުގެ ފުރަތަމަ ހާފުގައި ޓާރގެޓުން މޮޅު ކުޅުމެއް ދެއްކިއެވެ. މެޗުގެ 8 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން ޓާރގެޓްގެ އިޝާން އިބްރާހީމް ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. އޭގެ ދެ މިނެޓް ފަހުން، މެޗުގެ 10ވަނަ މިނެޓްގައި، އިޝާން ވަނީއެމީހުންގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދީފައެވެ. މެޗުގެ 41ވަނަ މިނެޓްގައި ޓާރގެޓްގެ 13 ނަންބަރު އީމާން ވަނީ ސައްޓު ނެގި ކޯނަރަކުން ޓީމުގެ ތިންވަނަ ލަނޑު ޖަހައިފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޓާރގެޓްގެ 12 ނަންބަރު ފާސިރު ވަނީ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައި، ޓާރގެޓުގެ ސަޕޯރޓަރުން ގެ ހިތްތަކުގައި މިމުބާރާތުގެ ޗެމްޕިއަންކަން ލިބޭނެ ކަމުގެ އުއްމީދަށް އަލިވިލުން އަންނާނޭ ކަމުގެ ފެހި ސިގުނަލަށް މަސައްކަތް ކޮށްފައެވެ.
ދެވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވެ، މެޗުގެ 50ވަނަ މިނެޓްގައި އިޝާން ވަނީ އޭނާގެ ހެޓްރިކް ލަނޑާއެކު ޓާރގެޓްގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ 62ވަނަ މިނެޓްގައި ޓާރގެޓްގެ ރާއިދު ވަނީ ޓީމުގެ ހަވަނަ ލަނޑު ޖަހައި، އުއްމީދުގެ އުދަރެހަށް ރިހި ދޯދިތަކެއް ބުރުވައިލާފައެވެ.. މެޗުގެ 90ވަނަ މިނެޓްގައި ކުލަބް ތޮޅިހެލޭގެ ޝާވިން ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީ، ނަތީޖާ 6-1އަށް ބަދަލުކޮށްފައެވެ.މިއީ ހަމަ ޔަޤީނުން ވެސް މިމުބާރާތުގެ ތާރީޚަށް ޓަކައި އެޓީމަށް ލިބުނު ވަރަށް ބޮޑު އުފަލަކަށް ވާނެއެވެ.
މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ ތަފާތު އެވޯޑުތައް ދީފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޗެމްޕިއަން ޓާރގެޓްގެ އިޝާން އިބްރާހިމެވެމިއަދު ގެ މެޗުގެ ޙަޤީޤީ ރަސްގެފާނެވެ. . މުބާރާތުގެ ރަން ބޫޓު 5 ލަނޑު ޖަހައިގެން ހާސިލްކުރީ ދެކުނުކަންމަތީގެ އަޔާޒް އަދިޓާރގެޓްގެ ފާސިރު އަދި އިޝާން އެވެ. މުބާރާތުގެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ އެފްސީ ބިއްލޫރީގެ 47 ނަންބަރު ނަބީލް މޫސާއެވެ. 18 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓާގެޓްގެ ފާސިރުއެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ޓާގެޓްގެ ކީޕަރު އީމަން މޫސާއެވެ. ފެއަރޕްލޭ ޓީމަކަށް ހޮވުނީ އެފްސީ ބިއްލޫރިއެވެ.
މުބާރާތުގެ ރަނަރަޕް ޓީމަށް ކައުންސިލުން ހުށަހެޅި 20,000 ރުފިޔާގެ ފައިސާގެ އިނާމާއި، ސައްޔިދު އަޙްމަދުގެ ހަނދާނުގައި ދެވޭ 10,000 ރުފިޔާގެ ފައިސާގެ އިނާމު ލިބުނީ ކްލަބް ތޮޅިހެލޭއަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް، ކައުންސިލުން ދޭ 35,000 ރުފިޔާގެ އިނާމާއި، ސައްޔިދު އަޙްމަދުގެ ހަނދާނުގައި ދެވޭ 20,000 ރުފިޔާގެ އިނާމު ލިބުނީ ޓާރގެޓް ފުޓްބޯޅަ ޓީމަށެވެ ތުޅާދޫ މަލައިގެ ނަމުގަ އާ މިމަލައިގެ އެންމެ އަހުލުންގެ ނަމުގައި އެޓީމަށް ތަހުނިޔާ އާ މުބާރަކު ބާާދު އަރިސް ކުރަމެވެ.
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
0
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0












