ހޭންޑްބޯލު މުބާރާތުގެ ރާނީ އަކަށް ޝަބާ

ދެކުނު ކަންމަތި ކުލަބަށް މަރުޙަބާ

ސެޕްޓެމްބަރ 28, 2025 - 07:49
 0
ހޭންޑްބޯލު މުބާރާތުގެ ރާނީ އަކަށް ޝަބާ
ހޭންޑްބޯލު މުބާރާތުގެ ރާނީ އަކަށް ޝަބާ

ތުޅާދޫ ޑަބުލިޔު ޑީ ސީ އިން އިންތިޒާމު ކޮށްގެން ބޭއްވި ހޭންޑް ބޯލު މުބާރާތުގެ ޗެމްޕިއަން ކަން ދެކުނު ކަންމަތި ކުލަބުން ހޯދި އިރު އެޓީމުގެ ޝަބާ ވަނީ މުބާރާތުގެ ރާނީ ކަން ހޯދާފައެވެ. 

ދެކުނު ކަންމަތި ކުލަބު އުފެދި ރަޖިސްޓްރީ ކުލަބެއްގެ ގޮތުގައި ތުލާދޫއިން ފެންނަން ފެށީ 14 އެޕްރިލް 2025 ވަނަ އަހަރުއެވެ. އެހެންނަމަވެސް ދެކުނު ކަންމަތީގެ ނަމުގައި 2016 ވަނަ އަހަރުއްސުރެވެސް މުބާރާޓްތަކުގައި ކުޅެފަވެއެވެ. ފުޓްބޯޅައިން ފަޚުރު ވެރި ކާމިޔާބީތައް ޙާޞިލު ކުރަމުންދާ ދެކުނުކަންމައްޗަށް މިއަހަރު ނޫނީ އެހެން ހުރިހާ ފަހަރަކު ޗެމްޕިއަންކަން ލިބެއެވެ. ނަމަވެސް މި ކުލަބު އުފެދުނު ފަހުން ފުރަތަމަ ފަހަރަށް ހޭންޑްބޯލު ޗެމްބިއަން ކަން މިވަނީ ހޯދާފައެވެ. 

ނަމަވެސް މިމަލައިން ދިރާސާ ކޮށްލި ކޮށްލުމުން އެގިގެންދަނީ ނޮރިންމަ ގެ ނަމުގައި ވެސް މިޓީމު ފެނިގެން ގޮސްފައިވާކަމެވެ. ނޮރިންމަ އަކީ ދިވެހި ބަހުގައި ދެކުނު ކަންމަޗަށް ކިޔާ އުލޭ ނަމެކެވެ. އެހެންކަމުން ކުލަބެއްގެ ގޮތުގައި ރަޖިސްޓަރ ވެގެން މިއަހަރު އަޔަސް މިޓީމުގެ ކާމިޔާބު ހިސްޓްރީ އެއް މި ތުޅާދޫގެ ތާރީޚުގެ ތެރެއަށް ވަދެ ލާމެހިގެން އެބަދޭތާއެވެ. 

މިމުބާރާތުގެ ޗެމްޕިއަންކަން އެކުލަބުން ހޯދީ މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ ، ހުރިހާ މެޗެއްވެސް ޝަބާ އާއެކު  ކާމިޔާބު ކަމާއި އެކު ނިންމާލާފައި ވެއެވެ. ދެކުނުކަންމައްޗަކީ  ތުލާދޫގެ ކުޅިވަރު ހިސްޓްރީގައި ވަރަށް ފޯރި ގަދަ ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޫޙު ދެޖިންސްގެ ޒުވާނުންގެ މެދުގައި ވެސް އޮންނަ ސަރަޙައްދެކެވެ. އަދި މޭގެ ކުރިން މިޓީމު ގޯލްޑަން ސްޓާރ ގެ ނަމުގައިވެސް ކުލަބެއްގެ ގޮތުގައި ފެނިފަވެއެވެ. 

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.