އުއްމީދުގެ އަލި
މިއީ މިނޫހުގެ އެޑިޓަރ ބ.ތުޅާދޫ ލިޔާގޭ އިބްރާހީމް މުޙައްމަދު ލިޔަމުންގެންދާ ލޯބި ވާހަކަ އެކެވެ. މިއީ ދެވަނަ ޕާޓެވެ.
ކުރި ޢަދަދާއި ގުޅޭ
" ހެއް ހެއް ހެއް މާމަވެސް ދައްކާވާހަކަ ދޯ " ނާއީވެސް ހެމުން ހެމުން ބުނެލިއެވެ.
ވާހަކަ ދައްކަމުން ދައްކަމުން އައިސް މާމަ އާއިއެކު ނާއިފާ ވަނީ ގެއަށެވެ.
ޢަޞްރަށް ވުރެ ކާވެތަށް ހާތަނަށް އިރު ތިރި ވެފައި ވަނިކޮށް ފާތުން ހިގަމުން އެދަނީ ނާއިފާ ގެ ގޭ ކަމަށްވާ ރުބިކަން އަށެވެ. އޭނާ އެގެއަށް ދިޔައިރު ނާއިފާ ރީތިވަނީއެވެ. އޭނާއެގޭ ޖޯލީގައި މަޑުކޮށްލައިގެން އެއިނީ ނާއިފާ ނިމޭނެ އިރަކަށް އިންތިޒާރުގައެވެ.
" އާދޭ ސައިބޯން " ނާއިފާ ރީތިވެގެން އައިސް ފާތުންއަށް ސައިބޯން ގޮވިއެވެ.
" ވާއޯވް .... ހާދަ ރިއްޗޭ މިއަދު .. " ފާތުން ޢަޖާއިބުކަން ދެއްކިއެވެ.
" އެޔޯ .... ފާތުން އަށް އަބަދުވެސް މަ ރީތި ވާނެ ... " ނާއިފާ ހިނިތުން ވެލިއެވެ.
" ނޫނޭ ... ހަމަ ސީރިޔަސް ކޮށް .... ވަރަށް ރީތި މިރަށު ފިރިހެން ވެރިންވެސް ކިޔާ އެއްޗެއް ... އެހެންނޫނަސް ނާއިފާ އަކީ ވަރަށް ރިތި ހިތްހެޔޮ މިތުރެއް ... "
" ކޮންމެހެން މަ ގޯންޏަށް ލާނެ ކަމެއްނެތް .... މަ ނޫނަސް އުޅޭނެ ވަރަށް ރީތި ކުދިން ..... ދޯ ... އެހެންނޫންތަ؟؟؟ "
" ތިއެއްނޫނޭ މިއަދު ހާދަ މީރު އެއްޗެއް ތިހަދާލީ ... "
އޭރު ގެއަށް އައިސްފަ ހިތަށް އެރީ މިއަދު ސައިބޯން އެއްޗެއް ހަދާނަމޭ ... އެހެންވެ ހަމަ ތައްޔާރު ކޮށްލީ ... މީރުދޯ ... އަސްލުވެސް މަށަށް ވެސް ވަރަސް މީރު ..... ނޭގެދެން ކީއްވެ ކަމެއް މިހާރަހަތައް ހެޔޮވަރުވީ ... "
" އޭ ... ހިގާދަމާ ... މިހެން ވާހަކައިގަ ތިއްބާ އޮއްސޭ އިރުވެސް ނުފެނިދާނެ .... "
" އާނ ... ދޯ ހިގާދާން ... އެބުނާހެން މިހާރު ފަހެއް ޖަހަނީއޭ ..... " ނާއިފާ ނުކުންނަން ހިނގައިގަނެފައި މަޑުވެލާފައި މާމަ އަށް ގޮވާލިއެވެ.
" މާމާ ... އަނެއްނާނަން ... ބުރެއްޖަހާލާފައި ... އިނގޭ .. "
" އެހާ ލަސްނުވައްޗޭ .... ދަރިފުލާ ... "
" ލަހެއްނުވާނަން އިނގޭ ..... "
ނާއިފާ އާއި ފާތުން ހިގަމުން ދިޔައި ތުނޑިއާ ދިމާއަށެވެ.
އަދި ނުނިމޭ 02 10 2025
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
0
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0












