ހިތްއަދު ރޮނީއޭ ނުދާށޭ
މިއީ ބ.ތުޅާދޫ ލިޔާގޭ އިބްރާހީމް މުޙައްމަދު ލިޔަމުންދާ ލޯބީގެ ވަރަށް އަސަރު ގަދަ ވާހަކައެކެވެ.
ދެވަނަބައި
އޭގެ ފަސްދުވަސްފަހެވެ. ފަޒްލާ އާ ކުޑަމީހާ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. އެމީހުން ހޮސްޕިޓަލްގެ ގޭޓާއި އަރާހަމަވިއިރު ޢާދިލު ސައިކުން ފައިބަނީއެވެ.
" އޭ ކޮބާ! ދޫކޮށްލީތަ؟ "
" ހޫނ ... "
" ކޮންގެއަކަށް ތިދަނީ "
" އަދި ހަމަ ނިކުތީ .... "
" އަހަރެން ހުންނާނީ ކޮޓެރި ތައްޔާރު ކޮށްފައި ... ހިނގާދަމާދޯ! "
" އާނ! ހިނގާދަމާ ދޯ! މާދަމާރޭ ބޯޓުން ރަށަށް ދާންވަންދެން ތިގޭގަ މަޑުކޮށްލާނީ ދޯ! "
" ނޫން އަދި އެހާ އަވަހަކަށް ނުދެވޭނެ .... ކުޑަކޮށް ހަމައަކަށް އަޅުވާލައިފަވެސް ދެވިދާނެނު ... އެހެންނޫނަސް މިހާގަދަ އިރު ތުއްތު ކުއްޖަކު ގޮވައިގެން ބޯޓުން ދަތުރު ކުރުން އެހާ ރަގަޅެއްނުވާނެ ދޯ ! "
ވާރިޘް ވަކި އެއްޗެކޭ ނުބުނެ ހިނިތުންވެލިއެވެ. ދެންކާރަށްއަރަށް އެދެމައިން އެރުވުމަށްފަހު ދޮރު ލައްޕާލިއެވެ. ޢާދިލު ޑްރައިވަރަށް ފައިސާ ޙަވާލުކުރުމަށްފަހު ، ހެންވޭރު ވައިލެޓް ވިލާއަށް ދިޔުމަށްބުނެފައި އޭނާ ސައިކަލަށް އަރާ ދުއްވާލިއެވެ.
ވާރިޘްމެންއައި އިރު ޢާދިލްގެ ދެމަފިރިން އެމީހުންގެ އިންތިޒާރުގައި ތިއްބެވެ. އެދެމަފިރިންގެ އަތުން އެކުޑަ ތުއްތު ތުއްތު ފުށްކޮޅު ޢާދިލުގެ އަންހެނުން ވަރަށް ލޯބިން އަތުލިއެވެ. ދެން އެމީހުންގޮވައިގެން ވަނީ ގޭތެރެއަށެވެ. ވާރިޘްގެ ދެމަފިރިން ތިބެން ހަމަޖެހިފައިވާ ކޮޓެރިއަށް ފަޒްލާ ގޮވައިގެން އޭނާވަނެވެ. އެއަށްފަހު ތައްޔާރުވެގެން ސައިބޮންއައުމަށް ބުނެފައި ކުޑަމީހާއާ ލޯބިކޮށްލާފައި ނިކުތެވެ.
އެމީހުން ސައިބޯން ތިބެގެން ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. ޢާދިލަށް ރަށުން އެއްގޮތަކަށްވެސް ނުދެކޭކަމަށް ފަޒްލާ ބުންޏެވެ.
" ވާރީ ... ދެންމިފަހަރު ޖެހޭނީ ދާން ... ފަޒްލާވެސް އެބުނީ އަހަރެންރަށުން ނުދެކޭ ވާހަކަ ... އަދި އޭނާއަށް މަމީ ކާކުކަން ނޭގެނީ ކަންނޭގެ .... "
" އާނ! އެހެންނުވާނީ ޢުމުރުން އެންމެ 5 އަހަރުގަ ފުށްމާލި ގޮތަށް ޢާދިލު ރަށަށް އައީކީ ނޫން .... ދެން ކާކަށްތަ؟ ޢާދިލު އެގޭނީ ދޯ ރިޒްނާ "
ވާރިޘް އާދިލުގެ އަންހެނުންނަށް ދޯ އެއްލިއެވެ.
" ހޫނ .... މަވެސް މިހާރު ކިތައްމެ ފަހަރަކު ބުނެފިން ... ރަށް މަ ގެންގޮސްބަލާށޭ .... ބުނާއިރު ބުނަނީ ކިއްކުރަންދާ ރަށެއްހޯ؟ ... ދެންކިކޭ ބުނާނީ ދޯ! ... "
" އާނ! ދެން ވާހަކަ ހުއްޓާލާ ! ... ވާރީ ... ހިނގާ ދަމާދޯ ... ކުޑަކޮށް ބާޒާރަށް ޖެހިލާފައި އަންނަން ދޯ ... " ޢާދިލު ފެންފޮދެއް ބޮމުން ބުނެލިއެވެ.
" ރަގަޅު ކަމެއް ... މަވެސް ރަށު ބޮޓު ކައިރިއަށް ގޮސްލަން ބޭނުމޭ .... ބައްޕަވެސް ހުންނާނީ ބޯޓުގަ .... ފަހަރެއްގައި މިރޭ ބޯޓު ފުރާވެސް ފާނެ ... މިހާރު އޮންނާނީ ދަތުރަށްވެފައި .... "
" ރިޒް ... މަ އަންނާނަން ބާޒާރަށް ގޮސްފައި ... ިއތުރު އެއްޗެއް ބޭނުން ވެއްޖެނަމަ ގުޅާލާތި އިނގޭ ... "
ޢާދިލުއާއި ވާރިޘް ދިޔައީ ބާޒާރަށެވެ. ފަޒްލާއާއި ރިޒްނާ ވާހަކަދައްކަން ބަދިގޭގަ މަޑުކޮށްލިއެވެ. މިހަރު އެދެކުދިންގެ މެދުގައި އެއްވެސް ބީރައްޓެހިކަމެއްނެތެވެ.
" ފަޒް .... މަށަށް ހިވަނީ ކޮއްކޮ އެބަ ރޯހެން ދޭބަލަ ! ފަޒްލާވެސް ކުޑަކޮށް ޢަރާމު ކޮށްލާފައި އާދޭ .... "
ފަޒްލާގޮސް ކޮޓެރިއަށްވަންއިރު ، ކުޑަމީހާ ރޮނީއެވެ.
" އަވަހަށްއާދޭ މަންމީގެ ދޫނީ .... މަންމީ މިހުރީނު ... މަންމި ނުދަމޭ ކޮއްކި ދޫކޮށްފާ އިނގޭ ދޫންޏާ .... " އަދި ނުނިމޭ
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
0
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0











