ސަޖުޙާ

އުޑުމަތީގާ އެންމެ ވިލާ ރޮއްޖެއްވެސް ނެތެވެ. މޫސުމުގެ ރީތި ހަވީރަކަށް ދުނިޔެ ފެންވަރުވަމުން ދަނީއެވެ. އުދަރެހަށް ވެރިވަމުން ދިޔަ ކުލަތަކުން ހީވަނީ އަލަތު އަނތްބަކު އާ ކާވެންޏަށް ނަލަހައްދަނީ ހެންނެވެ. ދުވާލުގެ އަލިކަން ރޭގަޑުގެ އަނދިރިކަމަށް ބަދަލުވާން ފައިހަމަ ކުރަނީ ކަހަލައެވެ.

އޮގަސްޓް 12, 2025 - 14:25
އޮގަސްޓް 12, 2025 - 23:50
 0
ސަޖުޙާ
ސަޖުހާ

01 ވަނަ ޕާޓް


އުޑުމަތީގާ އެންމެ ވިލާ ރޮއްޖެއްވެސް ނެތެވެ. މޫސުމުގެ ރީތި ހަވީރަކަށް ދުނިޔެ ފެންވަރުވަމުން ދަނީއެވެ. އުދަރެހަށް ވެރިވަމުން ދިޔަ ކުލަތަކުން ހީވަނީ އަލަތު އަނތްބަކު އާ ކާވެންޏަށް ނަލަހައްދަނީ ހެންނެވެ. ދުވާލުގެ އަލިކަން ރޭގަޑުގެ އަނދިރިކަމަށް ބަދަލުވާން ފައިހަމަ ކުރަނީ ކަހަލައެވެ.

ސަޖުޙާ އަދިވެސް އެއިނީ ރިވެޓްމެންޓްމަތީ އިށިއިނދެލައިގެން ހުޅަގުފަރާތު އުދަރެހަށް ބަލާށެވެ. މާޟީވެފައިވާ އޭނާގެ އުފާވެރި ދިރިއުޅުމާމެދު ހިތާމަ ކުރަނީ ތޯއްޗެކެވެ. އާނއެކެވެ. އޭނާ މުޢާޒުއާ ގުޅުނީކީ މިފަދަ ދުވަހަކަށް އިންތިޒާރު ކުރާކަށް ނޫނެވެ. މީގެ އަށް އަހަރު ކުރިން އޭނާ އާ މުޢާޒު ފޭސްބުކް އިން ބައްދަލުވިއެވެ. އޭގެ އަހަރެއްހާ ދުވަސްފަހުން ކާވަނި ކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅެމުން ދިޔައީ  އޮޅުވެލިފުށީގައެވެ.

ސަޖުޙާ މަޑުމަޑުން ދެލޯމަރާލިއެވެ. އޭނާ ގެ ކުރިމަތީގައިވާ އޭނާގެ ލެޕްޓޮޕް އެހާމެ މަޑުމަޑުން ލައްޕާލިއެވެ. މިއީ ކޮންފަދަ ކަންތައްގަޑެއްބާވައޭ ހިތަށްއެރިއެވެ. މިރޭ އޭނާއާ އަލަށް ތަޢާރަފުވި މިހާއާ މެދު އަދިވެސް އޭނާ އަށް އެވިސްނެނީ ކީއްވެބާވައޭ ހިތަށްއެރިއެވެ. އޭނާގެ ވާހަކަތައް ސާދާ ވެފައި ކުރެވެ. އެވާހަކަތަކުގެ އަސަރުގައި އޭނާގެ މަޢްޞޫމު ހިތް އަނެއްކާ ހަމަ ރަގަޅަށް ތާށި ވަނީކީ ނޫންބާވައެވެ. މިޒަމާނަކީ ސޯޝަލް މިޑިޔާ ބޭނުންކޮށްގެން ތަފާތު ކަންކަން މީހުން ޙާޞިލު ކުރަމުންދާ އިންޓަރނެޓް ގެ އޮއެވާލި ކަނދުފަތީގެ ޒަމާން ބާވައެވެ.
އެކަމަކު މުޢާޒުގެ ވާހަކަ ތަކުގައިވާ އަސަރުތަކަކީ ސަޖުޙާއަށް އެ އަސަރުތަކެއްގައި ބީހިލާފައިނޫނީ ނުދެވޭވަރުގެ އަސަރުތަކަކަށް މިވީ ކީއްވެބާވައެވެ. އޭނާ މަޑުން މަޑުން އަނެއްކާވެސް ލެޕްޓޮޕް ހުޅުވާލާފައި ފޭސްބުކް ބޭނުންކުރަން ފެށިއެވެ. ނަމަވެސް މުޢާޒު ވަނީ އޮފްލައިންގައެވެ. އޭނާ މުޢާޒުގެ ޕްރޮފައިލު އަދިވެސް އެއްފަހަރު ޗެކްކޮށްލިއެވެ. މާ މުހިއްމު ޕާރސަނަލް މަޢްލޫމާތުތަކެއް ނެތެވެ. އަދި އެއްފަހަރު އެދެކުދިންނަށް ދެކެވިފައިވާ ވާހަކަތަކަށް އޭނާ ބަލާލިއެވެ. ދެން އޭނާ ލެޕް ބަންދުކޮށްލިއެވެ. އެއަށްފަހު އެދުގައި ހަމަޖެހިލިއެވެ. ދެލޯ މަރާލައިގެން އޮވެ ވިސްނަމުން ދިޔައީ މުޢާޒު އާމެދުގައެވެ. އޭނާއަށް މުޢާޒު އާ މިހާބޮޑަށް ގަޔާ މި ވެވުނީ ކީއްވެބާވައެވެ. އޭނާއަކީ ހަމަ ފެންނަހާ މިހަކަށް ހިތް ދެވޭފަދަ މިޡހަކަށް ވަނީބާވައެވެ.
އޭނާ މިފަދަ ޚިޔާލުތަކެއްގައި ދެލޯމަރާލައިގެން އޮތީ ކިހާއިރަކުންކަން ޚުދު އޭނާއަށްވެސް ނޭގި ނިދި އޭނާގެ އެކުވެރިއަކަށް ބަދުލުވިކަހަލައެވެ.
ދުވަސްތައް މާޒީވަމުން ދިޔައީ އެދެލޯބިވެރިންގެ ލޯބީގެ ޙަޔާތަށް ރޯޝަންކަން ގެނަސްދެމުންނެވެ. އެންމެފަހުން ސަޖުޙާގެ ޢާއިލާގެ ރުހުމާއި ދެކޮޅަށް އޭނާ މުޢާޒުއާ ކާވަނިކުރުމަށް ނިންމިއެވެ.
" ދަރިފުޅާ! މަންމައަކަށް ވީތީ މަންމަ ބުނަން ބޭނުން ކިތަންމެ ވާހަކައެއް އެބަހުރި .... އެކަމަކު ދަރިފުޅަށް ވެފައި ތިހުރީކީ މިހަކު ބުނާއެއްޗެއް ޤަބޫލު ކުރެވޭވަރަށްވުރެ މާބޮޑު ވަރު ވިއްޔަ .... "
" މަންމާ! މުޢާ އަކީ ގޯސް މީހެއްނަމަ މަންމަ ބުނާއެއްޗެއް މަށަށް ޤަބޫލު ކުރެވުނީސް އެކަމަކު މިއަދު އެކަން މަ ޤަބޫލު ކޮށް މަންމަމެން ބުނާ މީހަކާއި ކާވަނި ކުރެވިދާނެ ..... ޤަސްދުގައި މަށަށް މިހަކަށް ލަނޑެއްވެސް ދެވިދާނެ އެކަމުން މަށަށް އޮތީ ކޮން އުފަލެއް މަންމާ! .... "
ސަޖުޙާ އޭނާގެ މަންމައަށް ވިސްނާދެވޭތޮ މަސައްކަތްކުރިއެވެ.
" މަންމަ މިބުނަނީ ލޮލަށް ނުފެންނަ މީހެއްގެ ބަސް ދަރިފުޅު މިއަދު ތިހާވަރަށް ތިޤަބުލުކުރަނީ ކޮންމޮޔައެއް ވެގެންހޭ ؟ " ސަޖުޙާގެ މަންމަ ރުޅިގަދަވިއެވެ.
" މަންމާ ! މިރޭ މާލެ މިދަނީވެސް މުޢާ އާ ބައްދަލު ކުރަން .... މުޢާއަކީ ގޯސް މީހަކަށް ވެއްޖެނަމަ މަންމަމެން އެދޭ ކަންތައް ހިތުން ރުހުމުން ކޮށްދޭންކަމަށް ވަޢްދުވަން .... " ސަޖުޙާ މަޑުމަޑުން އިދެ ބުނެލިއެވެ. އޭރުވެސް އެދެލޮލުން ފައިބަމުންދިޔައީ ކަރުނައެވެ.
" މަންޖެއަކަށް އެސޮރު ގޮހެއްނުވާނެ ... ކޮންމެ ފަދަ މީހަކަށް އެސޮރު ވިޔަސް މަންޖެއަކަށް އެސޮރު ވަރެއް ނުއޮންނާނެ .... ތިއޮތީ ފާނައަށް ގާ ފެނުމުން ޖެހޭނެ ތަނުގަ ޖެހިފަ ..... "
" މަންމާ ! މީހަކު ތެދުވެރިކަމާއިއެކު މަށަށް ދީފައިވާ މަޢްލޫމާތުތައް ދޮގުކަމަށް ހެދުމަކީ މަ ކުރާނެ ކަމެއްނޫން ..... އަދި މުޢާ އަކީ ދިރިއުޅުމަށް ޓަކައި މަސައްކަތްކުރާ ރަގަޅު އަޚްލާޤެއްގެ ވެރިއަކަށް ވާނަމަ ކޮބާ އޭގައި ގޯހަކީ މަންމާ ! .... "
" ހުނ .... ދެން ހެޔޮ ތިކުރާކަމެއް ކޮށްގެން ބޮޑިއެއް ބޮއެގެން މިމަންމަ ކައިރީ ދުވަހަކުވެސް ރޮއެގެންނުވާނެ .... މަށެއް އެދުވަހަކުން އެއަޑެއް ނާހާނަން ..... މަންޖެ ކުރާނެ ކަމެއްކުރޭ ..... މަފާބުނީ މަ ތިހުރީ ދޫކޮށްލާފަޔޯ ...... "
ސަޖުޙާ ރޮމުން ރޮމުން އައިސް ކޮޓަރިއަށްވަދެ އެދަށް ވެއްޓިގަތެވެ. އަދި ގިސްލަ ގިސްލާފައި އޭނާ އަށް ރޮވެންފެށިއެވެ. ކުއްލިއަކަށް ފޯން ރިންގުވާންފެށުމުން އޭނާ ފޯންނެގިއެވެ.
" ހަލޯވް ..... "
" ސަޖޫ ކިހިނެއްވެގެން ތިރޮނީ ބުނެބަކިހިނެއްވީތަ؟ މަ މިހާރު ކިހާ އިރެއް ގުޅާތާ .... ބުނެބަ ކިހިނެއްވީ ..... "
" ކަމެއްނުވޭ މުޢާ ..... " އޭނާ އަޑު ހަމައަކަށް އަޅުވަން ބޭކާރު މަސައްކަތްތަކެއް ކުރަން ފެށިއެވެ.
" ނޫން ..... ސަޖޫ ދޮގުނުހަދާ އަހަރެންގެ ހިތް ސަޖޫ އާމެދު ދޮގެއްނުބުނާނެ ބުނެބަ ޕްލީޒް ..... ސަޖޫ .... "

= އަދި ނުނިމޭ =

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.