ޚާތިމް އޮފީހުން އައިރު ފަހެއްޖަހާ ބޮޑުވެއްޖެއެވެ. އަވަސް އަވަހަށް ތައްޔާރުވެ ސައިބޮއެގެން ޚާތިމް ސައިކަލަށްއަރާ ސޮޓާޓްކޮށްލިއެވެ. އެވަގުތު އޭނާގެ ބައްފަ ބުނުއްވިއެވެ.
"ދަރިފުޅާ ހާދައަވަސް އަރައިގެންފައި... ކޮންތާކަށް ދާން ތިއުޅެނީ....
"ބުރެއްޖަހާލަންވެގެން މިއުޅެނީ.... އެބައަންނަން،، މައްސަލައެއްނެއްދޯ....؟" ކުޑަކުއްޖެއްހެން އޭނާ ބައްޕައާއި ވާހަކަދައްކާތީވެ، ޚުދުޝަރަފްވެސް ހިނިއައެވެ.
"ކޮށްކިއަށް ބައްޕީބުނެފިއްޔާ ނުގޮސް ހުރެވޭނެތަ؟؟
"އާދެ! އެކަމަކު ބައްޕި ފޮނުވާނަމެއްނުން...." އޭނާ ވަރަށް މަޖާވެފއި ބުންޏެވެ.
"ލާނެއްކުއްޖާ ގަނޑު" ޝަރަފް ލޯބިން ޚތިމްގެ ބޮލުގައި ފިރުމާލަމުން މިހެން ބުނެފައި ހިނގައިގަތެވެ. ޚާތިމް ގޭޓާހަމައަށް ގޮސްފައި ޑެޑީއަށް ގޮވާލިއެވެ. ޑެޑީ ބަލާލުމާއެކު އޭނާ "ބާއިބާއި" ކިޔާ އަތް ހޫރާލާފައި ސައިކަލު ދުއްވާލިއެވެ. ޝަރަފުވެސް އަތްހޫރާލާފައި ހިނިއައިސް ހުރެ ގޭތެރެއަށް ވަނެވެ.
ޚާތިމް ވަރަށް ހަމަޖެހިލައިގެން އިނދެ އެމީހުން އަބަދުވެސް ބައްދަލުކުރަން ގޮސްއުޅޭ ސުވަރުގެއެއްފަދަ ގުދުރަތީ މަނާޒިރުތަކުން ފުރިގެންވާ ކޯރާއި ދިމާލަށް ސައިކަލު ދުއްވަމުން ދެއެވެ. ގާތްގަނޑަކަށް ދިހަވަރަކަށް މިނެޓެއްހާއިރު ދުއްވުމަށްފަހު ސައިކަލު އެއްފަރާތެއްގައި ބެހެއްޓިއެވެ. މަޑުމަޑުން ހިނގާފއި ފަރުބަދައިގެ ކައިރިއަށް ދިޔައިރު ރާނިޔާ ހަމަ އެތަނުގައި ޚާތިމްގެ އިންތިޒާރުގައި އިނެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތި ރާނިޔާ ކޯރުގެ ފެންގަނޑަށް ގާކޮޅު ކޮޅު އުކަމުން ގެންދިޔައެވެ. މަޑު ފިޔާތޮށި ކުލައިގެ ހެދުމެއްގައި ރާނިޔާ މިއަދު ފެންނައިރު ޚާތިމްއަށް ރާނިޔާ މާ ރީތިހެން ހީވެއެވެ. ޚާތިމްއަށް އެރީތި އަނަހއން ކުއްޖާއާ ދިމާލަށް ބަލައްތއިގެން ހުރެވުނި ކިހާއިރަކު ކަމެއް ޚުދުއޭނާއަކަށް ވެސް ނޭންގެއެވެ.ހިއްސުތައް ރަނގަޅު ޚިޔާލަށް އަޅުވާލެވުނުއިރު ރަނގަޅު ޚިޔާލެއްވެސް އޭނާގެ ސިކުނޑިން ޟަމީރާއި ހަމައަށް ފޮނުވާދިނެވެ. އޭނާ ކުދިކުދި ގައުކޮޅުކޮޅު ހޮވައިގެން އައިސް ފަރުބަދައިގެ އަނެއްފަރާތުގއި ފިލާހުރެ ރާނިޔާއާ ދިމާވާހެން ފަހަރަކު ގައު ކޮޅެއް އުކަމުން ގެންދިޔައެވެ. ރާނީޔާ ދެލޯ ހޯދާ ބަލަމުންދިޔައެވެ. " އެކަމަކު އެގޮތަށް ގައު އުކާނީ ޚާތިމްނުން އެހެން މީހެއްނޫނެވެ." ރާނިޔާގެ ހިތާހިތުން މިހެން ކިޔާލިއެވެ. އެންމެފަހުން ދެކޮޅުހޯދާ ހޯދާ އެއްވެސް މީހަކު ފެންނަން ނެތުމުން އެނބުރި އިށީނެވެ. އިރުއިރުކޮޅަށް ޚާތިމް ގައު ކޮޅެއް އެއްލައެވެ. އެންމެފަހުން ރާނިޔާ ރުޅިއައިސްފަ ހުރިލެއް ބޮޑުކަމުން ފަސްއެނބުރި ބަލާވެސްނުލާއިނެވެ. އެމަންޒަރު ފެނިފައި ޚާތިމްއަށް ހިނި އަސްގެން ހުރެވެނީކީނޫނެވެ. އޭނާ އެންމެފަހުން ގޮސް ރާނިޔާގެ މޫނުމަތީގައި އަތްއެޅިއެވެ.
"އަމައްޔާއި " ރާނިޔާ ސިއްސައިގެން ދިއުމާއެކު ހަޅޭލަވައިގަތެވެ.
"ހަޅޭލަވަނީ ކީއްވެ؟؟ " ޚާތިމް ރާނިޔާގެ މޫނުން އަތް ދޫކޮށްލުމަށްފަހު އަހާލިއެވެ.
" އަހަރެން.. އަހަރެން މިހުރީ .." ރާނިޔާއަށް ވާހަކަ ދައްކަން އުނދަގުވިއެވެ.
"ކިހިނެއްވެފައިތަ..؟ ޚާތިމް ރުޅިއަންނަކަމަށް ހަދާފައި އަހާލިއެވެ.
" ބުރުގަނެފައި.. ކޮންމެވެސް މީހަކު... އަހަންނަށް އުނދަގޫ ކުރަނީ.."
"ރާނިޔާއަށް އުނދަގޫކުރާނީ ކާކު؟ ރާނިޔާ ބިރުގަންނަވާނީވެސް އަދި ސަމާސާކުރާނީވެސް އަހަރެން ފިޔަވައި ކާކު..؟
"ޚާތިމްދޯ..އަހަންނަށް ގޯނާކުރީ.. އަހަރެން ވަރަށް ރުޅިއައި.. އެކަމަކު ހިތަށްއެރި ޚާތިމްނޫން އެހެން ކާކުބާވައޭ އަހަންނާ ސަމާސާކުރާނީ.... އެކަމަކު ފަހުން އަހަރެން ބިރުގަތީ..."
"ރާނީ... ކަލާގެ ތިރީތި ފިނިފެންމަލެއްފަދަ މޫނުގައި އަހަރެންނޫން އެހެން މީހަކަށް ބީހެވޭނެތަ؟
"ދެން.... ޚާތީ.... އަހަރެން ލަދުގަންނަވާނެ ކަމެއްނެތް..."
އެވަގުތު ރާނިޔާއަށް ބޭއިޚްތިޔާރުގައި ޚާތިމްގެ މޭގައި ބޯއަޅއި ލެވުނެވެ."
"އަހަންނަށް ކަލާއާއި ވަކިން އެންމެ ހިނދުކޮޅެއްގއިވެސް ނޫޅެވޭނެ... އަހަރެން އުޅޭހިތްވަނީ ކަލާއާއި އެކީގައި ... ތާއަބަދު ކަލާކައިރީގައި އުޅެވޭނެނަމަ... ޚާތީ... އަހަންނަށް ކަލާއާއިނުލާ ވަކިންނެއް ނޫޅެވޭނެ... އަހަރެން ބޭނުންވަނީ ތާއަބަދު ތިބާރުގަދަ އަތުތެރޭގައި ދަމިހުންނަން... މަރުވަންވެސް ބޭނުމީ ކަލާއާއި އެކީގައި... ދިރިހުރިނަމަ، ދިރިހުންނަން ބޭނުންވަނީ ކަލާގެ އޯގާތެރި ލޯބީގެ ހިޔާވަހިކަމުގާ.... ޚާތީ.... އަހަރެން........."
"ރާނި.... އަހަރެންގެ ހުވަފެން ތަކުގެ ރާނި..... ތިރީރި އެސްފިޔަތަކުގެ ހިޔާ އަހަންނަށްޓަކައި ފެތުރިފައި ނެތްނަމަ، އަހަރެން ނަފުރަތުގެ ހޫނުންއަނދާ އަޅިޔަށްވެދާނެ ކަމީ ދުރުކަމެއްނޫން... ރާނީ... އަހަރެންގެ ހިތަށް އެންމެ ބުރަހާލުގައި ހަމަޖެހުން ހޯދާދެނީ މެރިފައިތިވާ ބޮޑުބޮޑު ދެލޮލުގެ ވިދުވަރު..... އެހެންވީރު އަހަންނަށް މި ވިދުވަރާ ނުލާ ޙަޔާތުގެ ކުރިމަގު ފެންނާނެތަ؟ ޚާތިމް ރާނިޔާގެ މޫނުގައި ދެއަތުންހިފައި އުފުލާލިއެވެ. އަދި އޭނާގެ ހިތުގެ ޖަޒްބާތުތަށް ޅެންވެރިއެއްގެ ޅެންބަހުރުވައެއްފަދަ އިބާރާތުން ދުލާއިހަމައިން ރާނިޔާގެ ވާތްފަރާތުގައިވާ އޭނާގެ ހިތަށް ފޮނުވަމުން ގެންދިޔައެވެ. ރާނިޔާގެ ރީތި ދެލޯ ލަދުވެތިކަމާއެކު މަރާލެވުނީ ބޭއިޚްތިޔާރުގައެވެ. ޚާތިމް އޭނާގެ ހަށިގަނޑާއި ރާނީގެ ހަށިގަނޑު އެއަށްވުރެއްވެސް ބޮޑަށް ކައިރިކޮށްލިއެވެ. ދެން ފެންނަމުން ދިޔައީ ތަސައްވަރު ކުރަންވެސް ދަތި އުފާވެރިކަމުން ފުރިފައިވާ މަންޒަރުތަކެކެވެ. ޅެންވެރިންވެސް އެބައިމީހުންގެ އިބާރާތްތައް ކުރު ގަޅުވާލަން މަޖުބޫރު ކުރުވާފަދަ އެ މަންޒަރަކީ ކޮންމެ ދެލޯބިވެރިއެއްގެ ހިތުގެ އުމުތުން އެކަން ދަންނާނެ މަންޒަރުތަކެވެ.
ދުވަހުގެ އިރު ދުނިޔެއާ އަލްވަދާޢް ކިޔަމުންދިޔަ ވަގުތަކީ ހުޅަނގު ފަރާތު އުދަރެހަށް ރީތި ކުލަތަކެއް ވެރިވެފައިވާ ވަގުތެކެވެ. އެރީތި އުދަރެސްވެސް މިއަދު އެދެލޯބިވެރިންގެ ވަފާތެރިކަމަށް ސާބަސް ކިޔާކަހަލައެވެ. އަރާ އޮއްސެމުދާ ކޮންމެ ކުލައެއް އެދެލޯބިވެރިންގެ ގުޅުމަށް އުފާކުރާ ކަހަލައެވެ. ކޯރަށް އެޅިފައިވާ އުދަރެހުގެ ކުކަކުލައިގެ ދަޅަތައް އެދެލޯބިވެރިންގެ ހުނުންތައް އަޑުއަހާކަހަލައެވެ. ރޭގަނޑުގެ އަނދިރިކަން ދުނިޔެއަށް ވެރިވުމުގެ ކުރިން ހާލިތަކާއި ދިމާލަށް ދަތުރުކުރަމުންދާ ދޫނިތައް ތުމުން ފުމޭއިރު ހީވަނީ އެދެލޯބިވެރިންނަށް ވަކިވާންޖެހޭތީ ހިތާމަކުރާހެންނެވެ. ޚާތިމް ރާނިޔާގެ އަތުގައި ހިފައިގެން ކޯރުގެ އައްސޭރީގައި ހިނގަމުން ދިޔައެވެ. އަދި އެތައްހާސް އުއްމީދުތަކުގެ ބިންގާ ވަރުގަދަ ލޯބީގެ ރާޒްދާނެއް ފަދައިން އަޅަމުން ދިޔައެވެ.
"ޚާތީ..." ރާނީ މަދުމަދުން ޚާތިމްއަށް ގޮވާލިއެވެ. ރާނިޔާގެ ގޮވާލުމާއެކު، ޚާތިމް ކިހިނެއވީހޭ އަހާލިއެވެ
"މިހާރު...." ރާނިޔާ އަކަށް ޖުމްލަ ފުރިހަމަކުރެވޭގޮތެއް ނުވިއެވެ.
"މިހާރުދެން ގެއަށް ދާންވީދޯ..." ޚާތިމް ސަމާސާކޮށްލަމުން އަހާލިއެވެ.
"އަހަރެން ދާހިތެއްނުވޭ... އެކަމަކު މަންމަ މިރޭ..."
"އޯވ! އަހަރެން ހަނދާނެއްވެސް ނެތޭ... ހިނގާދަމާދޯ..."
ރާނިޔާ ވަރަށޤ ލަދުންހުރެ ކާތިމްއާ އެކީ ސައިކާދިމާލާށް ހިނގައިގަތެވެ.
"ރާނިޔާ ޖެހޭނީ ދިރުނބަލުގައި ގަލަށް ކިޔަންހުންނަން... އަހަންނަކަށް ނޭނގޭނެ ތިގޭ ހުންނަތަނެއް...."
"އަހަރެން ބުނެދޭނަމޭ...."
"އަހަންނަށް ކުށެއް ކުރެވޭ ހިނދު މާފުކުރާ ފަދައިންތަ؟؟؟ ޚާތިމް ސައިކަލަށް އަރާ ސްޓާރޓް ކުރަމުން އަހާލިއެވެ.
"ދެން.. ޚާތިމް.. ހާދަ ގޯހޭ... ރާނީއަށް ލަދުން ސައިކަލުގައި ރީތިކޮށް ނީދެވިގެން އެންމެފަހުން ޚާތިމްގެ ކޮނޑުގައި ދަތްދޮޅި ޖައްސާލާފައި ދެއަތުން ޚާތިމްގެ ކޮނޑުގައި ހިފަހައްޓާލަމުން ބުންޏެވެ. އަދިނުނިމޭ