ދައްކަމުން އަންނަ ވާހަކަ

ބޯހިޔާވަހިކަމަކީ ޙައްޤު ގޮތުގައި ހޯދޭ ނިޢުމަތަކަށް ހަދަމާތޯއެވެ.

ސެޕްޓެމްބަރ 19, 2025 - 00:34
ސެޕްޓެމްބަރ 19, 2025 - 00:42
 0
ދައްކަމުން އަންނަ ވާހަކަ
ދައްކަމުން އަންނަ ވާހަކަ
ދައްކަމުން އަންނަ ވާހަކަ

މިއީ ޔޯލަ ވާހަކަ އެއްނޫނެވެ. ވެރިންގެ ތެރެއިން ހިސާބަކާއި ނުލާ ސުވަރުގެ ވަންދަވަނީ ހާހަކުން އެކަކުއޭ ބުނާބަހާއި މެދު ދުނިޔޭގައި ބިރުވެތިކަމެއް ނެތިއްޖެނަމަ ، އެޙާލަތު އޮތް މުޖުތަމަޢުއެއް ފަސާދަ ވާނެ މިންވަރު އެގިލައްވާތޯއެވެ. ތިމާމެންގެ މަޞްލަޙަތު ކުރިއަށް ނެރެ ﷲ ތަޢާލާގެ އެތައްބައެއްގެ މަސްލަޙަތު ފުޑާލެވޭ ޙާލަތްތައް ދުނިޔެ ދައްކަމުންދާއިރު ކުޑަކޮށްވެސް ބިރުވެތި ކަމެއް ހިތަށް ވެރިނުވަނީ ބާވައެވެ. ﷲ ތަޢާލާއީ ވުޖޫދު ނުކުރައްވާ ޢަމަލުތަކަށް ހިސާބެއް ކިތާބެއް ، ރިޒާރޓެއް ، ދެއްވަވާ ރަސްވަންތަ އިލާހަށް ނުވާއިރު ، އެކަލާނގެ އަލުތަކުން އެމަޤާމަށް ހުރުމަތްތެރިކަން ނުބާއްވަނީ ކުރިމަތީގައި އަލިފާނުގެ ރާޅުތައް  ނަގާ މަންޒަރު ނުފެންނާތީތާއެވެ. 

އަޅުގަޑުމެންނަކީ އަޅުގަޑުމެންގެ މަސްލަޙަތު އެކުލެވޭ ކަންކަމަށް ވޯޓު ދީ ހަދާބަޔަކަށް ވެއްޖެނަމަ އެކުރެވެނީ ޤާނޫނީ ކުށަކަށް ނުވާނެ ތޯއެވެ. އެއްފަހަރު އަލުން ފޮނުވާލަން ވޮޓު ދީފާ އަނެއްފަހަރު އޯކޭ ޖަހަނީ އުޞޫލުތަކަށް ބަދަލު ގެނެވުނުކަން އެގޭ ޙާލުގަ ތޯއެވެ. ނޫނީ ބިލަތުގެ ދެފުން އެގޮތް ކަމަށް ފެނުނީމާތޯއެވެ. ނޫނީ ކަނދުގެ ރާޅުތަކުގެ ސަޠަޙަ ބިމަށްވުރެ މަތިވެގެން ދެން އެހެންގޮތެއް ނެތްކަމަށް ވިސްނިގެންތޯއެވެ. ނޫނީ ހަމަ ޤަސްދުކުރެވުނު ގޮތަށް ދެއްތޯއެވެ. 

ކިތައްބޭފުޅުން ސަރުޢީ ނިޒާމަށް ހަނާއަޅާނެތޯއެވެ. ތިމަންމެންގެ ހައްޤެވެ. ތިމަންމެންގެ މަސްލަޙަތޭ ކިޔާ ނުދުވާނެތޯއެވެ. 

އަޑުއައްސަވާށެވެ. ހިތައްގެނަސްބައްލަވާށެވެ.  އެތައްބަޔަކު ޤިޔާމަތުގެ މައިދާނުގައި ހޫނުން ތިމާމެންގެ ގައިން އޮހެރޭ ދާތައް ކަރުތާފެންފަދަ ވާހިނދު ، ނަފްސީ ނަފްސީ އޭ ގޮވަމުންދާހިނދު ، އަޅުގަދުމެންގެ މާތްނަބިއްޔާ ދަންނަވަނީ އުއްމަތި އުއްމަތީ އޭ އެވެ. އަމިއްލަ މަސްލަޙަތު އަމިއްލަ ފްލެޓުއޭ ކިޔުއްވާ ބަޔަކު އެތާ ތިބޭނެތޯއެވެ. 

އަޅުގަޑުމެން ހޭވަރިވާން އެބަޖެހޭ ދެއްތޯއެވެ. ތިމާމެން މިއަދު ވޯޓުލާފައި ވޯޓުލީގޮތް ވޯޓުލާން ޖެހުނުގޮތް ޕަބުލިޝް ކުރާއިރު މުންކިރު ނަކީރު ވެސް ތިމާމެންގެ ޢަމަލުތަކާއެކު ފަތާއިގެން އިންސާނާއާއި އަރާ ހަމަ ކުރާނެކަން ދަންނަންއެބަޖެހެއެވެ.އެހެންނޫންތޯއެވެ. އަދި ނިމުނީކީނޫނެވެ. 

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 3
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.