ދިދަ ނެގުމުގެ ރަސްމިއްޔާތު
މިއަދު ފަތިހު ދިދަނެގުމުގެ ރަސްމިއްޔާތުން ޤައުމީ ދުވަހުގެ ޙަރަކާތްތައްފަށައިފި
ތުޅާދޫ ކައުންސިލުން އިންތިޒާމުކޮށްގެން ދިދަ ނެގުމުގެ ރަސްމިއްޔާތު ފަތިހު ބާއްވަވައިފިއެވެ. ޤައުމީ ދުވަހަކީ ޕޯޗުކީޒުންގެ އަނިޔާވެރިކަމުން ދިވެހި ރާއްޖެ އަށް މިނިވަންކަން ލިބުނު ދުވަހެވެ. 01 ރަބީޢުލްއައްވަލް 981 ގައި މިނިވަންކަން ލިބުމުގެ ކުރިން ގާތްގަޑަކަށް 15 ނޫނީ 17 ވަރަކަށް އަހަރު އަޅުވެތިކަމުގެ އަނިޔާގައި ދިވެހިން އުޅެމުން ދިޔައެވެ.
މާތްﷲ ގެ ހެޔޮ ރަޙުމަތުން ބޮޑުތިލަދުންމަތިން އިސްލާމު ދީނުގެ ދައްމަރު ނަގައި ހިތްވަރާއިއެކު ފެށީ ޖިހާދުން ދިވެހިންނަށް ލިބިދިން ނަޞްރެވެ. އުތީމު ބަންޑާރައިންނާއި އެމަނިކުފާނުގެ ޓީމު ކަޅުއޮއްފުއްމީގައި ކުރި ތާރީޚީ ދަތުރުތަކުގެ ވާހަކަ ދިވެހި ތާރީޚީ ފަތްފުށް ތަކުގައި މިއަދު ބަޔާންވެގެން އައިސްފައި ވީ ހިނދު ރާއްޖޭން ބޭރުގެ މުއައްރިޚުންވެސް މިދެންނެވި ޖިހާދުގެ ވާހަކަ އެކިބަސްބަހުން ލިޔުއްވާފައިވެއެވެ.
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
0
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0











