ތުޅާދޫ ސްކޫލުގެ ނަވާހި ވަނަ އަހަރީ ދުވަހުގެ ޙަރަކާތްތައް ސްކޫލުން ހާމަ ކޮށްފި

ތުޅާދޫ ސްކޫލުގެ ނަވާހި ވަނަ އަހަރީ ދުވަހުގެ ޙަރަކާތްތައް ސްކޫލުން ހާމަ ކޮށްފި

އޮގަސްޓް 16, 2025 - 00:02
އޮގަސްޓް 16, 2025 - 00:09
 0
ތުޅާދޫ ސްކޫލުގެ ނަވާހި ވަނަ އަހަރީ ދުވަހުގެ ޙަރަކާތްތައް ސްކޫލުން ހާމަ ކޮށްފި
ތުޅާދޫ ސްކޫލު ގެ ޙަރަކާތްތަކުގެ ތެރެިއިން އެސެމްބްލީ
ތުޅާދޫ ސްކޫލުގެ ނަވާހި ވަނަ އަހަރީ ދުވަހުގެ ޙަރަކާތްތައް ސްކޫލުން ހާމަ ކޮށްފި

  • މިމަހުގެ 17 ވަނަ ދުވަހަކީ ތުޅާދޫ ސްކޫލުގެ ނަވާހި ވަނަ އަހަރީ ދުވަހެވެ. އެސްކޫލުން އެދުވަހުގެ މުނާޞަބާގައި ޙަރަކާތްތަކެއް އިންތިޒާމު ކުރެވިފައިވާ ވާހަކަ ޕްރިންސިޕަލް އިބްރާހީމް ރަޝީދު މި މަލައަށް ހާމަ ކޮށްދެއްވަމުން ވިދާޅުވީ ،  އެދުވަހު ހެނދުނު ގެ ކިޔެވުން އާއްމު ދުވަސްތަކެކޭ އެއްގޮތަށް ކުރިއަށް ދާނޭ ކަމށާއި ހެނދުނު 8:30 ގައި ދުވަހާއި ގުޅޭ ގޮތުން ޚާއްޞަ އެސެމްބުލީ އެއް ކުރިއަށްދާނެ ކަމށާއި އަދި ކުޅވަރު ޙަރަކާތްތަކެއް ދަރިވަރުންނާއި ބެލެނި ވެރިން އަދި މުދައްރިސުންނަށް އެދުވަހު ކުރިއަށް ދާނޭ ކަމަށެވެ.
    އަދި ވެސް އިތުރަށް ޕްރިންސިޕަލް ވިދާޅުވީ އެރޭ މިސްކޫލުގައި ވަރަށް ޚާއްޞަ އިވެންޓެއް ކުރިއަށް ދާނޭ ކަމަށެވެ. އެއީ މިގޮތުން ހިންގޭ އެންމެ ޚާއްޞަ ޙަރަކާތެވެ. އެއީ ތަރުބިއްޔަތުގެ އެހާރާއި މިހާރު މިމަޥްޟޫޢުގެ ދަށުން ޑރ. އަމީން އިބްރާހީމް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަދި އެންމެހައި ޓީޗަރުންނާއި ތުޅާދޫގެ ލޮބުވެތި ރައްޔިތުންނަށް ވެސް ބައިވެރި ވެވޭ ގޮތަށް ކުރިއަށް ގެންދަވާ އިވެންޓެކެވެ. ވީމާ ވީހާވެސް ގިނަބަޔަކު އިވެންޓުގައި ބައިވެރިވެ ލެއްވުމަކީ ސްކޫލުގެ މެނޭޖްމަންޓުން އެދިލައްވާ ކަމެއް ކަމަށްވެސް ޕްރިންސިޕަލް ހާމަކުރެއްވިއެވެ.   

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.