ރައީސެއްގެ ވަޢުދުތައް ތާށި ވުމުގެ އަސްބާބު - ސަރުކާރުގެ ކުންފުނިތަކުގެ ދުވެލި

ސަރުކާރުގެ ކުންފުނިތަކުގައި ޥަޞީލަތައް އިތުރު ކުރަމާތޯއެވެ.

އޮކްޓޯބަރު 6, 2025 - 20:20
 0
ރައީސެއްގެ ވަޢުދުތައް ތާށި ވުމުގެ އަސްބާބު - ސަރުކާރުގެ ކުންފުނިތަކުގެ ދުވެލި
ރައީސެއްގެ ވަޢުދުތައް ތާށި ވުމުގެ އަސްބާބު - ސަރުކާރުގެ ކުންފުނިތަކުގެ ދުވެލި
ރައީސެއްގެ ވަޢުދުތައް ތާށި ވުމުގެ އަސްބާބު - ސަރުކާރުގެ ކުންފުނިތަކުގެ ދުވެލި

ދިވެހިރާއްޖެއަކީ އަމިއްލަވަންތަ ގޮތްތަކެއް އަބަދުވެސް ގެންގުޅޭ ގައުމެކެވެ. ދިވެހިން ބޭނުންކޮށްގެން މަސައްކަތްތައް ކުރުން މިއީ އަބަދު ފިކުރު ހިންގުމަށްވެސް ސަރުކާރުތަކުގެ އަމާޒެވެ. އެހެންނަމަވެސް މިއަމާޒަށް ވާޞިލު ވުމުގައި ގިނަ ފަހަރަށް ގެންގުޅެވޭ ސިޔާސަތުތައް ބޮއްސުންލައިގެން ދާން ދިމާވާ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. އޭގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކުގެ މަސައްކަތްތައް އިންތިހާއަށް އިތުރު ވުމަށް އެދޭ އިރު އެކަށީގެންވާ ޥަޞީލަތްތައް ހޯދުމުގައި ފަރުވާ ކުޑަވުން ހިމެނެއެވެ. 

ކުންފުނިތަކަށް ލިބޭ އާމްދަނީއާއި އެއްވަރަށް އެކުންފުނިތަކަށް ބޭނުންވާ ޥަޞީލަތްތައް އިތުރު ނުކުރެވޭނަމަ ، މަސަކަތް ކުރާނެ ލޭބަރުން އަތްފައިގެ އިގިލިތަކަށް ވުރެ ގިނަވިޔަސް ، މަސައްކަތުގެ ސްޕީޑް ކަންޒުކަހަނބު ގެ ސްޕީޑުގައި ވާވުން މިއަދު ދިވެހި އޯޑިއަންސް ބަލައެއް ނުގަނެވޭނެއެވެ. މިކަން މިވަނީ ކިހިނެއް ކޮންގޮތަކުންތޯ ބަލާލުމަކީ އޮތްކަމެކެވެ. މިސާލަކަށް ކުންފުނިިތަކުގެ އޮޑިޓް ރިޕޯޓު ތަކުގެ މައްޗަށް ވިސްނާފިކުރު ހިންގުމަކީވެސް ނެތްކަމެއް ނޫނެވެ. މިކަން މިހެން ވާޏް ދިމާވަނީ ކިއްވެގެންކަން އޭރުންވެސް އެގިދާނެތާއެވެ. 

ގިނަފަހަރަށް ރިޔާސީ އިންތިކާބެއް އަންނައިރު ކަންކަން މިއޮންނަނީ ރިހާޚުރު ބޮޑިއެއް ހެން ވަށާލެވިފައެވެ. ގިނަ ފަހަރަށް ބަލާލަން ކަމުދާ ސޭޕެއްވެސް ނުހުންނަ ވަރަށެވެ. ކިހާދެރަކަމެއްތޯއެވެ. މިހެން މިކަންކަންވުން މިއަދު މިރާއްޖޭގެ އާއްމު ޙާލަތަކަށް ވާން ހަމަ ދޫދޭން ވީ ތޯއެވެ. މިހެންވާޏް ނުޖެހޭނެ ގޮތްތަކަށްވެސް މިޤައުމުގެ ކަންކަން ރޭވެންޖެހޭނެ ދެއްތޯއެވެ. 

އަޅުގަޑުމެންނަކީ ކުންފުނިތަކުގެ މޭޒުކޮޅުތައް ފަޅުފިލުވާދޭ ބަނޑިޔާތަކެއްފަދަ ބަޔަކަށްނުވެ ކުންފުނިތަކުގެ ވަޞީލަތްތައް ފުރިހަމަ ކުރުމަށް ސަމާލުކަން ދޭ މަޤާމުގެ ބޭނުން ހެޔޮގޮތުގައި ހިފާ ބަޔަކަށް ވެގެން މެނުވީ މިޤައުމުގެ ރަށްފުށުގެ ތަރައްޤީގެ ދުވެލީގައި އަހާލަން ކަމުދާ ރާގެއް ނޭޅުވޭނެއެވެ. ނޫނީ ބަލާލަން ކަމުދާ ސްކުރީނަކަށް އެކަމެއް ނުހެދޭނެއެވެ. ފަހަށްރައްކާކުރެވޭނެ ފައިދާ ހުރި ބެކަޕެއްވެސް މިކަމުގައި ނޮންނާޏެކަން ޔަޤީނެވެ. 

އެހެންކަމުން ކުންފުނިތަކުގެ ވޮޗަރުންފެށިގެން ވެރިންގެ ލެވެލުގައިވެސް މިކަންކަމާއިމެދު ވިސްނާލަން އެބަޖެހެއެވެ. ޤައުމެއްގެ ރައީސްގެ ވަޢުދުތައް ފުއްދާދިނުމުގައި ކޮންމެ މުޥައްޒިފަކުވެސް އެބޭފުޅެއްގެ ޙަޤީޤީ ޒިންމާތައް އަދާނުކުރާނަމަ ، ފެއިލަށް ޖަހާ ރައީސުންނެވެ. އެހެންކަމުން ތުޅާދޫމަލައިން ގޮވާލާނީ ސަރުކާރުގެ ކުންފުނިތަކުގެ ވަޞީލަތްތައް ފުރިހަމަ ކުރުމުގެ ކުރިއަށްވުރެ ބޮޑަށް ވިސްނައިގެން ޤައުމާއި މިޤައުމުގެ ރަށްފުށުގެ ތަރައްޤީއާއި ގެން ކުރިއަސް ވަޑައި ގަންނަވާށެވެ. 

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.