ބ ގޮއިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލް 2025 އަށް ގެނެވުނު އިސްލާހާއިގުޅޭ
މިއީ ބ.ގޮއިދޫ އިން ދޫކުރުމަށް ހަމަޖެހިފައިވާ ބަންޑާރަ ގޯތިތައް ދޫކުރުމާބެހޭ އުޞޫލަށް ގެނެވުނު އިސްލާޙްތަކާއި ބެހޭ އާރޓިކަލެކެވެ.
ތިރީގައި އެވަނީ
ދިވެހިރާއްޖެ
މިރަށުން ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި އިތުރަށް ހުއްދަލިބިފައިވާ 77 ގޯއްޗާއި ކުރިން ހުއްދަ ލިބި ދޫނުކުރެވިވާ 1 ގޯއްޗާއެކު ޖުމްލަ 78 ގޯތި ދޫކުރުމަށްޓަކައި "ދިރިއުޅުމަށް ބަންޑާރަ ގޯތި ދުކުރުމުގެ އުސޫލް 2025 " އަށް ބައެއް އިސްލާހު ގެނައުމަށް ކައުންސިލުން ބޭނުންވާތީ ގެނެވިފައިވާ އިސްލާހަށް ޢާންމުންގެ ހިޔާލު ހޯދުމުގެ ގޮތުން އިސްލާހު ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ. މިގޮތަށް އިސްލާހު ގެންނަން ކައުންސިލުން ނިންމެވީ ކުރިން އިޢުލާންކޮށް ދޫކުރެވުނު 75 ގޯތި ދޫކުރުމުގެ އެކި މަރުހަލާތަކުގައި ޢާންމުންގެ ފަރާތުން ލިބުނު ޝަކުވާތަކަށް ރިޢާޔަތް ކުރުމަށް ފަހުގައެވެ.
ވީމާ މި އިޢުލާނާއެކު މިވާ " ބ. ގޮއިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލް 2025 " އަށް އިޞްލާހް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ލިޔުމުން ނުވަތަ އީމެއިލް މެދުވެރުކޮށް info@baagoidhoo.gov.mv ) ) 09 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މަތީގައިވާ އުޞޫލަށް ގެނެވުނު އިޞްލާހުގެ ޙުލާސާ ތިރީގައި އެވަނީއެވެ.
އުޞޫލަށް ގެނެވުނު 27 އޯގަސްޓް 2025 ގައި ގެނެވުނު އިޞްލާޙުގެ ޚުލާޞާ .
1 އުޞޫލްގެ 7 ވަނަ މާއްދާ : ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީ އުނިކުރެވިފައި .
2 އެނެކްސް 1.1 ގެ 2 ( ޢުމުރުގެބައި )
ނ - ޢުމުރުން 35 އަހަރާ 45 އަހަރާދެމެދުގެ ބަދަލުގައި 35 އަހަރާ 40 އަހަރާ ދެމެދަށް ބަދަލުކުރުން.
ރ - 40 އަހަރުން މައްޗަށް 12 ޕޮއިންޓްގެ ބަދަލުގައި 15 ޕޮއިންޓް ދިނުން .
3 އެނެކްސް 1.1 ގެ 5 ( ރަށްވެހި ކަމުގެ ބައި )
ހ – ރަށުގެ ރަށްވެއްސެއް ކަމުގައިވާނަމަ 20 ޕޮއިންޓްގެ ބަދަލުގައި 40 ޕޮއިންޓަށް ބަދަލުކުރުން .
4 އެނެކްސް 2 ( ޕޮއިންޓް އުނިކުރުން )
ރ ގެ 2 ވަނަ އައިޓަމް . 600 އަކަފޫޓްއާއި 1200 އަކަފޫޓްގެ ގޯއްޗެއް ނުވަތަ ގޯއްޗަކުންބައެއް ނަމަވެސް ލިބިފައިވާނަމަ 30 ޕޮއިންޓް އުނިކުރުމުގެ ބަދަލުގައި 10 ޕޮއިންޓް އުނިކުރުން
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ބ. ގޮއިދޫ
ރަށުގެ އާބާދީ
އެންމެ ފަހުން އަދާހަމަ ކުރެވުނީ: 5 ސެޕްޓެމްބަރ 2025 - 09:49
ތަފްސީލް |
ޖުމްލަ |
|---|---|
ފިރިހެން |
442 |
އަންހެން |
413 |
ޖުމްލަ |
855 |
ރަށުގެ މައުލޫމާތު
މި ރަށަކީ އަތޮޅުގެ އެންމެދެކުނުން ގިއޮގްރަފިކަލް ގޮތުން ވަކި އަތޮޅެއްގެ ގޮތަށް (ހޯސްބާރގް އެޓޯލް) 4 ރަށެއް އެކުލެވޭ ބޮޑު ފަޅެއްގެ ތެރެއިން އާބާދީގައި 413 އަންހެނުންނާއި 435 ފިހެނުން ހިމެނޭގޮތަށް ޖުމްލަ 848 މީހުން ދިރިއުޅޭ މިރަށްހިމެނޭ ފަޅުގެ އެންމެ އިރުމަތީ ބިތުގައި އޮންނަ 113 ހެކްޓަރުގެ ބޮޑު ބިޔަރަށެކެވެ. ރަށްކިތަންމެ ބޮޑުވިޔަކަސް ރަށުގެ އާބާދީ ކުޑަވީމަ އެކަސީގެންވާ ތަރައްޤީ އައިސްފައި ނެތްކަން ފާހަގަ ކުރެވެއެވެ. މިރަށަކީ މިފަޅުތެރޭގައިވާ ދެރަށުގެ މީހުން މިރަށް ބަދަލު ކޮއްފިނަމަ ފަސޭހަކަމާއި އެކު ތަރައްޤީ ކުރެވެންއޮތް ރަށެކެވެ. މިރަށުގެ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި،ދަނޑުވެރިކަމާއި، ސަރުކާރުވަޒީފާ އަދާކުރުމާއި، ރިސޯޓްތަކުގައި ވަޒީފާ އަދާކުރުމެވެ. މިހާރަކަށް އައިސް މަސްވެރިކަމުން އާމްދަނީ ހޯދަނީ ވަރަށް މަދު ބައެކެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މިރަށުގެ ބައެއް މީސްމީހުންވިޔަފާރި ކުރުމާއި ސައިހޮޓާ ހިންގުންފަދަ މަސައްކަތްތައް ކުރެއެވެ. މިރަށުގައި ސަރުކާރުން ހަދާދީފައިވާ ވަރަށް ފުރިހަމަ ބަނދަރެއް ބަނދަރެއް އޮވެއެވެ.
މަޢުލޫމާތު : ދިވެހި ސަރުކާރުގެ ގެޒެޓް އަދި ގޮއިދޫ ކައުންސިލުގެ ވެބްސައިޓުން
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
0
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0












