ހައި ވޯލްޓޭޖް ކޭބަލް އެޅުމަށްޓަކައި، ކޯރު ކޮނުމުގެ މަސައްކަތް ފަށައިފި
ހައި ވޯލްޓޭޖް ކޭބަލް އެޅުމަށްޓަކައި، ކޯރު ކޮނުމުގެ މަސައްކަތް ފަށައިފި
ތުޅާދޫގެ ކަރަންޓް ޙާލަތު ރަނގަޅު ކުރުމަށްޓަކައި، ބަހައްޓާ ޓްރާންސް ފޯމަރ އާއި ގުޅާލުމަށް އަޅާ ހައި ވޯލްޓޭޖް ކޭބަލް އެޅުމަށްޓަކައި، ކޯރު ކޮނުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ދަނީއެވެ.
މީގެ ދެދުވަސްކުރިން އަނެއްކާވެސް ފަށައިގެން ކުރިއަށް ގެންދާ މިމަސައްކަތަކީ މިދުވަސްވަރު އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެވެ. ތުޅާދޫގެ އާބާދީއާއި އަޅާ ބަލާއިއިރު ، މިކަން ކުރަން މިހާރު މިވަނީ މާބޮޑަށް ލަސްވެފައެވެ.
އަދި މިނޫނަސް ތުޅާދޫ ފެނަކާ އަށް އަދި އިތުރު ޖަނަރޭޓަރ ތައްވެސް ބޭނުންވާކަން މިމަލައަށް ފާހަކަވެއެވެ. އަދި މިނޫނަސް ފެނަކާ ތުލާދޫ ބްރާންޗް ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާ ޥަޞީލަތްތައް ހޯދާދިނުމަށް މިމަލައިން ސަރުކާރަށް ގޮވާލަމެވެ. ތުޅާދޫގެ ކަރަންޓްގެ ނިޒާމަކީ މިވަގުތު ނާޒުކު ފައްތަރެއްގައި ވާ ނިޒާމަކަށް ވީހިނދު ، މިފްކޯގެ އައިސް ޕްލާންޓްވެސް ވަނީ މިފަދަ ހާލަތުގައިކަން ފާހަކަ ކުރެވެއެވެ.
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
0
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0












