ތުޅާދޫ ބަދަރުގައި އަޅާ ތެޔޮ ފިހާރާ މިހާރު ނިމުމަކަށް އަންނަނީ
ތުޅާދޫ ބަދަރުގައި އަޅާ ތެޔޮ ފިހާރާ މިހާރު ނިމުމަކަށް އަންނަނީ
ތުޅާދޫ ބަނދަރުގައި އަމިއްލަ ފަރާތަކުން ރެޑީ ކުރަމުންދާ ތެތޮ ފިހާރައިގެ މަސައްކަތް ވަރަށް ހަލުއި ކޮށް ކުރިއަށް އެބަދެއެވެ. މިމަސައްކަތް އަންނަ މަހުގެ ފަހުކޮޅު ނިމޭނެ ކަމަށް ލަފާ ކުރެވެއެވެ.
މިމަސްރޫޢް އަކީ ތުޅާދޫގައި މިވަގުތު ކުރިއަށްދާ މަސްރޫޢު ތަކުގެ ތެރެއިން އެންމެ ހަލުއި ކަމާއިއެކު ކުރިއަށްދާ މަސްރޫޢެވެ. ދޯނިފަހަރަށް ތެޔޮ އެލޅުމުގެ ކަންކަން ބަނދަރުގެ ވައިޓަރާއި އެންމެ ކައިރިން ކުރިއަށް ދާއިރު ، އޭގެ ކުޑަތަންކޮޅެއް އެއްގަމުގައި ވެހިކަލްތަކަށް ތެޔޮއެޅުމުގެ އިންތިޒާމް ހަމަޖެހޭ ގޮތަށް އޮފީސްބަޔާއެކު ފަރުމާ ކޮށްފައިވެއެވެ. އޮރެންޖު ކުލައިގެ މިރީތި ޢމާރާތަކީ ބަދަރު ސަރަޙައްދުން މިވަގުތަށް ފެންނަ ހުންނާނެ އެންމެ ރީތި ޢިމާރާތަށް ވާނެއެވެ.
މިހެންދަންނަވާއިރު ތުޅާދުގެ ބަނދަރުގައި ތުޅާދޫ ކައުންސިލަށް އާމްދަނީ ލިބޭނެ ކަންކަން އެކައުންސިލަށް ޤާއިމު ކުރެވިފައި ނެހ ކަން ފާހަކަ ކޮށްލެވެއެވެ. ބަނދަރެއްގެ ޙަޤީޤީ ބޭނުން އެބަޔަކަށް ކުރެވޭނަމަ އެކައުންސިލެއް އޮންނާނީ މެކުހަށް ޖަހާފައެވެ،
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
0
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0












