ތުޅާދޫ އެއާރޕޯރޓުގެ އަޕްޑޭޓެއް ނައިސް ލަސްވެފައި ވަނީ ކީއްވެ؟ -ތުޅާދޫމަލަ
ތުޅާދޫ އެއާރޕޯޓުގެ މަސްރޫޢެއް ނުހުއްޓެ ކުރިއަށްދާނެ - ފަޖުރު ލުމަށްފަހު ދުވާޅުގެ އަލިކަމަށް ބަދަލުވަނީ ކުއްލިއަކަށްތޯއެވެ. + ތުޅާދޫމަލަ +
ތުޅާދޫ މަލަ އިން ތުޅާދޫ އެއާރޕޯޓުގެ އަޕްޑޭޓެއް ނުގެނަސް ލަސްވަނީ ކީއްވެތޯ މިއީ ކޮންމެވެސް ބައެއްގެ ހިތަށް ވެރިވެގެން ހިގައިދާނެ ސްޢޫރެކެވެ. އިންސާނާއަކީ އޭނާގެ އަމިއްލަ ނަފުސް ކޮންޓްރޯލުން ނައްޓައިގެންދާވަރަށް ޝައިޠާނާގެ ޙަމަލާތައް ހިތުގެ މައްޗަށް ވެރިވާގޮތަށް އުފައްދާފައިވާ މަޚްލޫޤެކޭ ދަންނަވަން ޖެހޭ ސަބަބުތައް ވަރަށް ގިނަވެފައި އެހާމެ ބިރުގަންނަން ޖެހެއެވެ. އަޅުގަޑުމެންނަކީ އިންސާނުންގެ އަޅުންނެއްނޫނެވެ. އިންސާނީ ދަރިފަސްކޮޅުގައި ތިބި އިންސާނީ ޤަބީލާއާއި ވަންހައިގެ ތިބި ﷲ ގެ އަޅުންނެވެ.
ކުކުޅެއް ކާޅެއް ސޮއް ގޮވިއެކޭ ކިޔާފައި އަޅުގަޑުމެން ޢަމަލު ކުރުން ހުއްދަނޫން މިންގަޑުން ބޭރުވާކަށް ނުޖެހޭނެއެވެ. ﷲ އިންސާނާއަށް އިޚޡްތިޔާރު ތަކެއް ދެއްވިއެވެ. މުޖުތަމަޢުގެ ސުލަޙަމަސަލަސް ކަން ޤާއިމު ކުރުމަށްޓަކައި އަދި އޭނާގެ ފަންނާއި ކުރިއެރުމަށްޓަކައި ބުއްދި އޭނާއަށް މަތިވެރި ނިޢުމަތެއްގެ ގޮތުގައި ދެއްވިއެވެ. ދުނިޔެ ތަޢްމީރު ކުރުމަށާއި އާޚިރަތް ބާއްޖަވެރި ކުރުމުށެވެ. ﷲ ތަޢާލާ ހަތްއުޑުމަތިން ޥަޙިކުރެއްވި ބަސްފުޅެއްގެ މާނައިގަ ޢިލްމުވެރިން ވިދާޅުވަމުންދަނީ ތިޔަބައިމީހުންގެ ތެރެއަށް ފާސިޤަކު ޚަބަރަކާއި ގެން އަތުވެއްޖެ ނަމަ ކޮންގޮތަކަށް ހޭލަމޭލަ ވާންތޯއެވެ.
ނިކަން ވިސްނާ ފިކުރު ކޮށްބަލާށެވެ. އަޅުގަޑުމެންނަކީ އަޅުގަޑުމެން ކުރާ ތަދުބީރުތަކުގެ ކިތައް ޕަސެންޓް ޙަޤީީޤަތަކަށް ހެދޭނެ ބައެއްތޯއެވެ. ހީފުޅު ކުރައްވާވަރަށްވުރެ ހަލުއި ކޮށްދުވާނެ އެއްޗެއް ކަމުގައި ފިތުނަ ލެއްވި ﷲ ގަންދީ ބުނާަަަަނެ ބަހަކަށް އޮތީ އިންސާނާއޭ ހެޔޮގޮތުގައި ވިސްނުން ބަހައްޓާށެވެ. އަޅުގަޑުމެންނަކީ ﷲ ގެ އަޅުންނެވެ. މީސްތަކުންގެ އަޅުންނެއްނޫނެވެ. ނޫސްވެރިކަމުގެ ބޭނުން ފިތުނައިގެ ހުޅުގަޑަށް ހަދައިފިނަމަ ﷲ ހަތް އުޑުމަތިން ވަޙީކުރެއްވި އެބަސް ތިމާ ވަށާލާނެ ދުވަހަކަށް ތުޅާދޫމަލަ ބިރުވެތި ވާނެއެވެ.
މިރަށުގެ އެއާރޕޯޓާާއި ބެހޭ ޚަބަރުތައް ޖޯލިފަތިގެ މަޅިގަޑުގެ ތެރެއިން ފުރާނާކަށް ބޭނުމެއްނޫނެއެވެ. އަދި ދަންނަވަމެވެ. ތުޅާދޫ އެއާރޕޯޓަށް ބިންހިކުމުގެ މަްމަސްރޫޢު ﷲ ގެ ވާގިފުލާއެކު ދާނީ ކުރިއަށެވެ. މީހަކު ފަޓްލޫނަކުން ބެލްޓް ނައްޓާލުން އެއީ އޭނަ ބަހަރަނާ ވުންތޯއެވެ. އެހެންކަމަށް ދެކޭފަރާޓްތަކެއްވެސް ތިބެދާނެއެވެ. ކަމެއްގައި ލަސްވުމުގައި އެކަމެއްގައި ފައިދާ ކުރާނެ ކަމެއް ފަހަތުގައި އޮންނާޏެ ކަމަށް ދެކޭ ބޭފުޅުން ޕްރެަރ ަކަށް ނާރާނެތާއެވެ. ތުޅާދޫ ގެ ލޮބުވެތި ރައްޔިތުން އުއްމީދު ކުރަންވާނީ މިމަސްރޫޢު ކުރިއަށް ދާނެކަމަށެވެ. ކޮންޓރެކްޓަރ ވެސް ބައްލަވާނެ ސްޕީޑް ހަލުއި ކުރެވޭނެ ގޮތްތަކަށް ދެއްތޯއެވެ. އަޅުގަޑު ނުދަންނަވާނަން ބާރަށް ބާރަށް ކުރިއަށް ކުރިއަށޭދާނީ އިގޭތޯއެވެ. މަސައްކަތް ކުރާފަރާތުން ހުރިޥަޞިލަތްތައް ތަރައްޤީ ކޮށްގެން ނޫނީ ސްޕީޑް ހެޔޮ ނުވާޏެ ކަން އަޅުގަދަށް އެގެއެވެ. މިއަދު އެމްޓިސީސީ އިން އެގިރާކުރުމުގެ ޕްލޭނުގައި ތުޅާދު މަލަ އިން ދަންނަވަމުންދާ ޚިޔާލުތަކަށް ޢަމަލީ ސިފަ އައުން އެކަށީގެން ނުވާޏެތޮއެވެ. ވަރަށް ސަލާމެވެ. މިވާހަކަ ދަންނަވާލީއެވެ.
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
0
ގަޔާނުވި
1
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
1
ބަސްހުއްޓިއްޖެ
0












