ތުޅާދޫ ރީތި ވީމާ އެރީތި ނަން ލިބޭނީ ކަސަބު ލަންކާ އަކަށް ނޫން
ތުޅާދޫ ރީތި ވީމާ އެރީތި ނަން ޙައްޤުވާނީ ތުޅާދޫ ގެ ލޮބުވެތި ރައްޔިތުންނަށާއި ވެރިންނަށެވެ.
ތުޅާދޫގެ މޫނުމަތީ ސަރަޙައްދާއި ވަށައިޖަހާފައިވާ ރިވެޓްމަންޓްގެ 60 ޕަސެންޓަށް ބަލާލާއިރު އެސަރަޙައްދުގައިވާ ހިތްގައިމުކަން ފެންނަނީ ވަރަށް ކުޑަކޮށްނޭ ދަންނަވަން ޖެހެއެވެ. މިސާލަކަށް ރަށުގެ މޫނުމަތީގައިވާ ކުނީގެ ފުނިވަރުތަކާއި ރިވެޓްމަންޓުގެ ތަންތަންކޮޅުގައިހުރި ކުނިބުންޏާއި ދަނގަޑުގެ އެތިވަރުތަކާއި މަސްއަށިތަކާއި ލަކުޑި ތަކާއި މިނޫންވެސް މިފަދަ ތަކެތިތަކުން ރަށުގެ ހިތްގައިމުކަން ވަނީގެއްލިފައެވެ. ފަރުދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން މީސްތަކުން ހޭލުންތެރި ނުވަނީބާވައެވެ. ނުވަތަ ރަށުކައުންސިލުން ތަންފިޒުކުރަންޖެހޭ މިފަދަ ކަންކަން ތަންފިޒު ކުރުމުގައި އިހްމާލުވަނީބާވައެވެ.
ތުޅާދޫއަކީ މީގެ އަހަރުތަކެއްގެކުރިން ހިންކަމުންދިޔައިރު ހިއްކާ ގެވަޅުތައް ފިޔަވައި އެހެނިހެން ތަންތަނުގައި ރީތިކަން އެކުލެވޭ ރަށެކެވެ. ނަމަވެސް މިއަދު ތުޅާދޫއަށް ބިންވެރިކަންލިބި ކުނި ނައްތާލެވޭނެ ގޮތްތަކެއް ކަނޑައެޅިފައިވީހިނދު ، އެކަންއެގޮތަށް ނުކުރެވެނީ ކީއްވެބާވައެވެ. ފަރުދުންހިތަށްއެރި ގޮތަކަށް ކަންކަންކުރުމަށް ދޫކޮށްލާފައިވާވަނީ ވެރިންނަކީ އިންތިޚާބު ކުރެވޭ ބަޔަކަށް ވާތީބާވައެވެ. ރަށުގެ ބަނދަރުސަރަޙައްދާއި އުތުރުފަރާތުގައި މަސްޕްރޮޝެސް ކުރުމާއި މަހުގެ ތަފާތު ކަންކަން ކުރަމުންދަނީ އެފަދަމަސައްކަތްކުރުމަށް ބިންދޫކުރަން ކައުންސިލަށް ނުކުޅެދިފައިވާތީ ބާވައެވެ. ސާފުކަމާއި ރީތިކަމަކީ އެންމެންވެސް ބޭނުންވާކަންކަމެވެ. މަސައްކަތައް ކުރުމަށް ވައިޖެހޭ ހިގައިމު އަތިރިމަތި ތަކަކީ ހިތްފަސޭހަ ތަނެއްގެ ގޮތުގައި އެންމެންވެސް ދެކޭނެތަންތަނެވެ. ނަމަވެސް މިފަދަ ތަންތަނުގައި މަސައްކަތްކުރުން މިޒަމާނުގައި ދިވެހިން ވަނީ ދޫކޮށްލާފައިދެއްތޯއެވެ. ސަބަބަކީ އެފަދަސަރަޙައްދުތައް މިފަދަ ކަންކަމުން މުޑުދާރު ވެ ހަޑިތަންތަނަށް ބަދަލުވުމުގެ އިތުރުން އެކެއްގެ ކިބައިން އަނެކާއަށް ތަފާތު ދަތިތަކާއި ކުރިމަތިވުމަށް މަގުފަހިވުމެވެ. ބާރަށް ހަޅޭލަވާމީހާ ޖެހުނުތާކަށް ކުނިބޭރުކުރުމުގެ އާދަ އަށަގަންނަނީ އެފަދަ ކަންކަން ހުއްޓުވަން ތިބި ބޭފުޅުންގެ ދޯދިޔާކަމުންނެވެ. މަގުމަތީގައާއި އެކިތަންތަނުގައި ލަކުޑި ފުނިވަރުތަކާއި މަސްވަޅުބުރިތަކާއި މަސްއަށިތައް ހުރުމުން ކައުންސިލުން އެތަކެތިނެންގެވުމަށް ދެތިންފަހަރަކު އިޢްލާނުވެސް ކޮށްފިއެވެ. ނަމަވެސް ނެންގެވުމުގެ ބަދަލުގައި ހައްތާކުރައްވަނީ ގިނަތޯއްޗެކެވެ. ނުކުޅެދޭ ކައުންސިލެއްގެ ފަހަތުގައި ކަންކަން ރަގަޅު މުޖްތަމަޢްއެއް އޮތުމަކީ ނާދިރުކަމެއްކަން ވިސްނާފިކުރުކުރާ ބަޔަކަށް އެގޭނެއެވެ.
މިއަދުވެސް ތުޅާދޫކައުންސިލަށް މިފަދަ ކަންކަމާއިމެދު ޝިކާޔަތުތަކެއް ފުރޭނިގެން ދިޔައެވެ. ނަމަވެސް ކުރާނީކިއްތޯއެވެ. ބައެއްބޭފުޅުން ހޭޅީގައިވާ ގަސްކޮށާއުޅެނީ ލިބޭނެ ދަރުކޮޅެއްގެ ބޭނުމުގައި ކަމަށް ދެކެވޭ ވާހަކައިގެ އަޑު އެބައިވެއެވެ. މިފަދަ ކަންކަން ޙައްލުކުރުމަށް ކައުންސިލު އިދާރާގެ ކުރިމަތީ ލިޔަހަރުގެތަކާއި ވަޑާންގެތަކާއި ރޯނުވެށުމާއި މިފަދަ މިފަދަ ތަފާތުމަސައްކަތްތައް ނުވަތަ މަސްޕްރޮޝެސް ކުރުންފަދަ ކަންކަން ކުރަން ނުފަށާ ވާންނެތީތޯއްޗެކެވެ.
އަޅުގަޑުއެދެނީ ރަށުކައުންސިލުން ރަށުގައި ހުރި މިފަދަ ކަންކަން ވޭތިވެމިދާ ދެއަހަރުގެތެރޭ ރަގަޅުކުރުމުގެ ފުރުޞަތު ލިބި ، ރަގަޅުނުކުރެވުނުކަން ޤަބޫލުކުރާ ޙާލު އެބޭފުޅުން ރައްޔިތުންގެކިބައިން މަޢާފަށް އެދި އާ ހިތްވަރަކާއިއެކު މަސައްކަތްކުރުމުގެ ހެޔޮތަޥްފީޤް ތުޅާދޫ ކައުންސިލުގެ މެމްބަރުންނަށް މިންވަރުކުރެއްވުމެވެ. ނުވަތަ އިސްތިއުފާދެއްވާފައި ޢަދަނަށްވިޔަސް ވަޑައިގަތުމެވެ. ތުޅާދޫއަަށްލިބޭކޮނެމެރީތިނަމެއް ލިބޭހިނދު ތިޔަކައުންސިލު ފަޚްރުވެރިވާފަދައިން ޒިންމާއަދާނުކުރެވޭތީ އެކަމާއި ކަންބޮޑުވެ ، ހިތާމަކުރާނީ ހަމައެކަނި ހިތަކުންނޫނެވެ. ތިމަވަރަށްކުރަންބޭނުންވިކަމެކޭ ، ވަރަށްރަގަޅުޚިޔާލެކޭ ތިކަންކުރެވޭނީ ކިހިނެއްހަދައިގެންހޭ އައްސަވާލަތިއްބާ ޢަޞްރަށްވުރެ އިރުތިރިވެއްޖެކަމުގެ އިޙްޝާޝް ރަތްވިލާ އޮއްސުނީމާ ކުރިއަކަސް އޭގެފައިދާއެއްނުކުރާނެއެވެ. ތުޅާދު ރީތިވިމާ ރީތިވާނީ ތުޅާދޫ ރައްޔިތުންނަށާއި ވެރިންނަށެވެ. މިފަދަކަންކަމީ އެތައްބައިވަރު ފައިސާ ޚަރަދުކުރުމަކާއި ނުލާ ޢަމްރުމަޢްރޫފުގެ ބޭނުންހިފުމުން ކުރެވޭވަރުގެ ކަންކަމެވެ. މިކަންކަމަށް ޤާނޫނީ ވަކީލަކު ހޯދާ އޭނާގެލަފާއަށް ސާޅިސްހާސް ރުފިޔާ ޚަރަދުކުރާކަށް ނުޖެހޭނެ ތޯއްޗެކެވެ.
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
0
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0











