ނޫސްވެރިކަމަކީ އެނެމެ އަގުބޮޑު ރައުސުލްމާލެވެ.

ނޫސްވެރިކަމަކީ އެންމެ އަގުބޮޑު ރައުސުލްމާލެވެ.

އޮގަސްޓް 20, 2025 - 09:24
އޮގަސްޓް 20, 2025 - 18:32
 0
ނޫސްވެރިކަމަކީ އެނެމެ އަގުބޮޑު ރައުސުލްމާލެވެ.
ދިވެހި ނޫސްވެރިންގެ ސައްލާ
ނޫސްވެރިކަމަކީ އެނެމެ އަގުބޮޑު ރައުސުލްމާލެވެ.

މިދިވެހިރާއްޖޭގެ އަހުލުންނަކީ މުސްލިމުންނެވެ. އަޅުގަޑުމެންނަކީ ވަކި ޙުދޫދެއްގެ ތެރޭގައި ތިބެންވާނެ ބައެކެވެ. ނޫސްވެރިންނަކީ ޤައުމެއްގެ އެންމެ އަގުހުރި ރައުސުލްމާލެވެ. މިހެން ދަންނަވަން މިޖެހެނީ ޚިޔާލު ފާޅު ކުރުމާއި އެބަޔަކު ދެކޭ ގޮތް ހާމަ ކުރުމައި ލިބިގަތުމަކީ އިސްލާމީ ރީތި އުޞޫލުތަކުގެ ތެރެއިން ހިމެނޭ ކަމަކަށް ވާތީއެވެ. 
ކީރިތި ރަސޫލާ ގެ ޒަމާނުގައި ޥަޠަންގެ އަމުނާ އަމާން ކަމަށްޓަކައި އަދި ތަރައްޤީއަށްޓަކައި އެތަނުގެ އަހުލުންގެ ޚިޔާލުތައް ހޯދުމަށް ބާރު ލިބިދޭ ފަދަ އެތައްއެތައް ކަމެއް ކުރައްވާފައިވެއެވެ. އަދި މުސްލިމުންގެ ދެވަނަ ޚަލީފާ ގެ ސީރަތު ދިރާސާ ކޮށްލުމުން ޢާއްމު ރައްޔަތުންގެ ތެރެއިން އެކަލޭގެފާނުގެ އަބުރުފުޅާއި ބެހިވަޑައިގެންފައިވާ ޙާދިސާތައްވެސް ފެންނަން އެބަހުއްޓެވެ. 
އެހެންކަމުން ނޫސްވެރިކަމަކީ ޤައުމުގެ އެންމެ އަގުހުރި ގިންތީކަން ކަށަވަރެވެ. އެބޭފުޅުންގެ ސްޢޫރުތަކަށް އިޙްތިރާމު ކުރައްވަން ޖެހޭނެއެވެ. އަދި އެބޭފުޅުންނަކީ ސްލޫކީ ގޮތުންނާއި އަޚްލާޤީ ގޮތުން މުޖްތަމަޢުގައި ނަމޫނާ ބަޔަކަށް ވާން ޖެހޭނެ ބައެކެވެ. ހަމަ ހިތަށް އެރިހާ އެއްޗެއް ހިތުހުރި ގޮތަކަށް ގޮވާލާމީހަކީ އެންމެ ނުފޫޒު ގަދަ އެންމެ މޮޅު އެންމެ ކެރޭ މީހާ ކަމަށް ހީވެދާނެއެވެ. އެންމެ ކެރޭ މީހަކީ ތިމާގެ ދުލާއި އަތުން އެހެންމީހުނަށް އުދަގޫ ނުކޮށް ޚިޔާލު ފާޅުކޮށް ބުނާ ބަހެއްގެ ރަގަޅު ގޮތުގައި ޢަޒުމާއިއެކު ޘާބިތުވެ ޤައުމަށް ޚިދުމަތް ކުރުމުގައި މުޖްތަމަޢުގެ މަސްލަޙަތު އިސްކުރާ މީހާއެވެ. 
ތުޅާދޫ މަލައިން ނޫސްވެރިންގެ އަޑުތަކަށް އިންތިހާއަށް އިޚްތިރާމު ކުރަމުއެވެ. ދިވެހި ދައުލަތުގެ އެންމެ އިސްވެރިންނަކީ ނޫސްވެރިންނަށް އިޙްތިރާމު ކުރާ އަދި އެބޭފުޅުންނަކީ ތަރައްޤީގެ ވިސްނުން ހެޔޮގޮތުގައި ލިއްބާދިނުމަށް ރީތި ބަހުން މުޢާމަލާތް ކުރާ ބަޔަކަށް ނޫސްވެރިން ހަދަން ނަޞޭޙަތްތެރިވާ ބަޔަކަށްވެ ގުޅިގެން މަސައްކަތް ކުރާ ބަޔަކަށް ވާން އެބަޖެހެއެވެ. އަދި އަޅުގަޑުމެންނަކީ ސިޔާސީ ގޮތުން ވަކި ފިކުރަކަށް ބަރޯސާވާ ބަޔަކަށްވެއްޖެނަމަ ، އަޅުގަޑުމެންނަށް ބަރޯސާ ވެވޭ ފިކުރަކަށް ތާއީދު ނުކުރެވޭ ބަޔަކަށް އަޅުގަޑުމެން ކަމުދާނެތޯއެވެ. އޭގެ ބަދަލުގައި އިޖްތިމާޢީ ފިކުރެއްގެ ވެރި ބަޔަކަށް ނޫސްވެރިން ވާން އެބަޖެހެއެވެ. ނޫސްވެރިންގެ ފަސްފަހަތުން ޤައުމަށްޓަކައި ދުވާބަޔަކަށް ހަދަން ބޭނުންނަމަ އަޅުގަޑުމެންނަކީ އިޖްތިމާޢީ އެއްބައިވަންތަކަން ހިފަހައްޓާ ބަޔަކަށް ވަމާތޯއެވެ. 
މީގެ ދުވަސްތަކެއް ކުރިން ބޭނުންގޮތަކަށް ލިޔުންތެރިންނަށް އެބޭފުޅުންގެ ޢިބާރާތްތައް އަތުރާލެވޭކަށް ނޯވެއެވެ. މިއީ އަޅުގަޑުމެން އެންމެން ޤަބޫލު ކުރަމުންދާ ޙަޤީޤަތެކެވެ. ނަމަވެސް މިއަދު އެހެންނަކުންނޫނެވެ. އަދި އެދުވަސްދެކެން އަޅުގަދުމެން ދުވަހަކުވެސް ބޭނުމެއްނުވާނެއެވެ. އަޅުގަޑުމެންނަށް ކިތައްމެ މިނިވަންކަމެއް ލިބިފައި އޮތަސް އަޅުގަޑުމެންގެ މާތް ރަސޫލާ ގެނަސްދެއްވި ރިވެތި ނަމޫނާ ގައި ހިފަހައްޓައިގެން ނޫސްވެރިކަމާއިގެން ކުރިއަށްދާނަމަ މިދިވެހިރާއްޖެއަށްވުރެ އަމާން ބަދަރެއް މިދުނިޔޭގައި ވަކިން އޮވެދާނެތޯއެވެ. 
އަޅުގަޑު އެދެނީ ދިވެހިރާއްޖޭގެ ވެރިންނަކީ ނޫސްވެރިންނަށް އިޙްތިރާމުކުރާ ބައެއްގެ ގޮތުގައި ކީރިތި ﷲ މިންވަރު ކުރެއްވުމެވެ. އަދި އަޅުގަޑުމެން ނޫސްވެރިންނަކީ ވެރިންނާއި ރައްޔަތުން ގުޅުވާލަ ދިނުމުގައި ޢަޒުމު ވަރުގަދަ ، ރާއްޖޭގެ އެއްވެސް ސިޔާސީ ފިކުރެއްގެ ފަސްބައިގައި ނުޖެހި ނޫސްވެރިކަން ކުރާ ، ޤައުމަށްޓަކައި ހިތްހެޔޮ ޢިބާރާތްތަކެއްގެ އަހުލުންކަމުގައި ލެއްވުމެވެ. ވެރިކަމެއް ޒިންމާދާރު ކުރުވުމުގައި ކެރިގެން ކުރިމަތިލާ ޙައްޤަށް ނަޞްރު ދޭ ބައެއްކަމުގައި ކީރިތި ﷲ ލެއްވުމެވެ. 

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.