އިސްލާޙު ވާން އެދޭނަމަ އުނިސިފަތައް ޤަބޫލު ކުރުން ބުއްދިވެރި
ތުޅާދޫ މަލަ އަކީ ތުޅާދޫގަ ހުރި އެކި އެކި ކަންކަމަށް ފާރަވެރި މުއައްސަސާއެއް
ތުޅާދޫ މަލައިން އެދެނީ ތުޅާދޫގައި ހެޔޮވެރިކަމެއް ޤާއިމު ކޮށްދޭނޭ ކައުންސިލެކެވެ. ޒިންމާދާރު ކަމާއިއެކު ރައްޔިތުންގެ ކަންކަމުގައި ހޭލަ މޭލަ ވެވޭވަރުގެ ބަޔަކަށެވެ. މަޤާމެއް އޮތީތީ އެމަޤާމެއްގެ ޖާއިޒު ފައިދާ އާއި ގެން މުޖްތަމަޢުގައި ކުރުކާލި ކަޑާނޭ ހީވާގި ބަޔަކަށް އެކައުންސިލް ވުމަށެވެ. ﷲ އިރާދަކުރެއްވިއްޔާ މިދައުރުގައިވެސް އަދި ވަގުތު އެބައޮތެވެ. ބައެއް ރައއްޔިތުން ކައުންސިލު ސިފަ ކުރައްވަނީ ކާރޕެންޓްރީ އެއް ނޫނީ ސޯމިލެއްގެ ގޮތުގައެވެ. ނޫނީ އެކި އެކި މުބާރާތްތަކަށް ސްޕޮންސަރ ހޮދާ ފައުންޑަރެއްފަދައިންނެވެ.
ވިސްނާ ފިކުރު ކޮށްލާށެވެ. އެއްބައިވަންތަ ފުރަތަމަ ކުރަންވީ ކައުންސިލަރުން ގެއެވެ. ތުލޅާދޫގެ ތަރައްޤީ ގެ ތަރައްޤީ އާއި ތަމައްދުންއަށް ޓަކައި ފުރަތަމަ ފިޔަވަޅަކަށް އެކަކު އަނެކަކަށް އިޙްތިރާމް ކުރައްވަންވީއެވެ. އަޑު އައްސަވާށެވެ. ތުޅާދޫ މަލަ ވުޖޫދަށް އައި އިރުގައި ތުޅާދޫގައި އޮތީ ކައުންސިލު އިމްތިޚާބުވެ ފައެވެ. އޭރު ތުޅާދޫ ގައި އިންޓަނެޓް ބޭނުންކުރާ އާބާދީ އަކީ މަދުބައެކެވެ. އެހެންކަމުން މިމުއައްސަސާ އަށް އެބޭފުޅުން ހެދީ ހަދާނެ އެއްޗެކެވެ. ނަމަވެސް މިއަދު މިމަލަ މެންދުރު ވާއިރު 1500 އަށްވުރެ ގިނަ ސާރޗު އައިސްފައި ހުންނައިރު ތުޅާދޫ ގެ ދުވަސްވީ އާބާދީވެސް މިއަދު ނޫސް ވިދާޅުވާކަން އެބައެގެއެވެ. އަޅުގަޑު މިމުޖްތަމަޢުގައި ނޫސްވެރިކަން މިކުރަނީކީ އަޅުގަޑުގެ ގާތްތިމާގެ ބޭފުޅުން ޙިމާޔަތް ކުރާކަށް ނޫނެވެ. އޭރު އޮތް ކައުންސިލަށް ވެސް މިއަދު މިއޮތް ކައުންސިލަށްވެސް އެކަން އެގިލައްވާނެއެވެ. އޭރު ތުޅާދޫ ކައުންސިލުގެ އެންމެ އިސްވެރިއަކީ އަޅުގަޑުގެ ބޭބެއޭ ދެންނެވުން ކުށަކަށްވާނަމަ މަޢާފު ކުރައްވާށެވެ. އޭރު އެބޭފުޅާ ގަންހިންގުވިއެވެ. ގެއެއްގެ ފުރާޅުމައްޗަށް މޫދުން ހިރިނަންގާފައި އެޅުނެވެ. އެބޭފުޅާގެ ބޮލުގައި ތުހުމަތު އަޅުއްވަން މަސަކަތް ކުރެއްވި އިރު އަޅުގަޑަކީ މިޑިމަކްރަޓިކް ނިޒާމުގެ ދަށުން އައިސް ހުރި ފާރަވެރި މުއައްސަސާގެ އެންމެ އިސްވެރިޔާ ކަމެއް އެބޭފުޅުން ހަނދުމައެއް ނެތެވެ. ތުޅާދޫ މަލަ އޭގެ ޒިންމާ ވަރަށް ފުރިހަމަ އަށް އަދާ ކުރީމެވެ.
އޭރު ގެ ޒިންމާދާރު އިސްވެރިޔާ ސަރުކާރުން ވަކިވެފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންރީތި އަބުރުވެރި ގޮތުގައެވެ. ނަމަވެސް ތުޅާދޫ ކައުންސިލުގެ ރައީސްކަން އެންމެ ގިނަދުވަހު ކުރެއްވި ބޭފުޅާ ރައްޔިތުން ބަލައިނުގަންނަކަން އިންތިޚާބެއްގައި ޘާބިތު ކޮށްދީފިތާއެވެ. މިއީ ދުނިޔެ ދައްކާފައިވާ ޙަޤީގަތެވެ. ކަރުދާހުންހަދާމަލުގައި ޤުދުރަތީީ ވަސްހުންނާޏެތޯއެވެ.
މިއަދު ތުޅާދޫކައުންސިލުގެ ޒިންމާދާރު އެންމެ އިސްވެރިޔާ ވަޑައިގެން ހުންނެވި ގޮތުގެ ތާރީކުގެ ތެރެއަސް އަޅުގަޑު ރުޖޫޢަވާކަން ނެތީމެވެ. އެހެންވެ އަޅުގަޑު މިދަންނަވަނީ އަޅުގަޑުމެންނަކީ އެއްބައިވަންތަ ބަޔަކަށް ވާން އެބަޖެހޭއެވެ. ތުޅާދޫ ގެ ތަރައްޤީއަށްޓަކައެވެ. އަޅުގަޑަކީ ތުޅާދޫގެ ތާރީޚު ދިރާސާކޮށް ލިޔަމުން އަންނަ މީހަކީމެވެ. ޚާއްޞަ ކޮށް ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް މިމަލައިން ދޭންޖެހޭ އެންމެ ޢިއްޒަތް ދޭނަމެވެ. އެބޭފުޅުންގެ އަބުރު ހިމާޔަތް ކުރުން މަތީގައި ދެމިހުންނާނަމެވެ. މިކަން ކައުންސިލަރުންނަށް ޙާޞިލު ކުރެވޭނީ ރައްޔިތުންދެކެ ލޯބިވާ ބަޔަކަށް ވެވިގެންނެވެ.
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
1
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
1
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0












