ތުޅާދޫ ގައި ސަރުކާރުން ކުރައަށް ގެންދާ އެއަރޕޯޓަށް ބިން ހިންމުގެ ޕްރޮޖެކްޓް ރޭ ވެސް ކުރިއަށް ދިޔަ
ތުޅާދޫ ގައި ސަރުކާރުން ކުރައަށް ގެންދާ އެއަރޕޯޓަށް ބިން ހިންމުގެ ޕްރޮޖެކްޓް ރޭ ވެސް ކުރިއަށް ދިޔަ
ތުޅާދޫ ގައި މިހާރު ކުރިއަށް ގެންދާ ދިވެހި ސަރުކާރުން އެއަރޕޯޓް އަޅާ ދިނުމުގެ މަސްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ރޭ ވެސް ކުރިއަށް ދިޔައެވެ.
މި މަސްރޫޢުގައި 57 ހެކްޓަރ ގެ ތުޅާދޫގެ ހުޅަގުން އުތުރަށް ހިންކަން ނިންމަވާފައިވާއިރު ، މިއީ ތުޅާދޫގެ ބިން ހިންކުމުގެ 3 ވަނަ ފިޔަވަހި ކަމަށް ރައީސް މައުމޫނު އެކުލަވާލެއްވި ވިހި ވިހީ ގެ ތަޞައްވަރު ގައި ބަޔާން ވެގެންވެއެވެ. ނަމަވެސް މި މަސްރޫޢުގެ ތެރެއަށް އެއަރޕޯޓު ލެއްވީ ރައީސް ނަޝީދުއެވެ.
2018ގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސް ޔާމީން ވެސް މިކަން ކުރައްވަން އުޅުއްވިހެން ހީވެއެވެ. ނަމަވެސް ތުޅާދޫގެ ރައްޔިތުންނާއި ބައްދަލު ކުރެއްވި ޖަލްސާގައި { ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި } އެކަމަށް ވަޢުދު ވެ ވަޑައިގަންނަވާކަށް އެމަނިކުފާނު ގަސްދު ނުރެއްވުން ވީ އެމްޑީ ޕީ ގެ ރިޔާސީ ކެނޑިޑޭޓަށް ލިބިވަޑައި ގެންނެވި ހުޅުވާލެވިފައިވާ ފުރުޞަތެކަށެވެ.
ނަމަވެސް 5 އަހަރު ނިމިގެން ދިޔައިރުވެސް ތުޅާދޫގެ ލޮބުވެތި ރައްޔިތުންނަށް ފެންނަމުން ދިޔައީ ޢަޞްރަށް ތިރިވާހެން ހީވާ " އިރެއްގެ " ދަޅައެވެ. އެހެންނަވަވެސް 2018 ގެ ރައީސް ކަމުގެ ތަޚުތު ގެ ދައުރު ނިމި އެންމެ ފަހުގެ ރިޔާސީ އިންތިކާބުގައި އެމްޑީޕީ އާއި ވާދަކޮށް ރައީސް ޑރ. މުޢިއްޒު އަށް ތުޅާދޫން ލިބުނު ކާމިޔާބީއަކީ ތުޅާދޫ ރައްޔިތުން އަނެއްކާވެސް ހުވަފެން ޙަޤީޤަތަކަށް ވުމަށް ކުރި އުއްމީދެވެ. މިއަދު ތުޅާދޫގެ މަސްރަޙުން މިފެންނަނީ އެމަންޒަރެވެ. ޙަޤީޤީ ރަށްވެހި ފަތިހަކަށް ހުޅަގު އުދަރެސް ދޮންވަމުން އަންނަ އުފާވެރި މަންޒަރެވެ.
ރައީސް ޑރ މުޢިއްޒު އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނުގައި ތުޅާާދޫ ގައި އެއަރޕޯޓް އަޅުއްވާދެއްވާނީ ތިމަންމަނިކުފާނޭ އިންސާﷲ އޭ ވިދާޅުވިއެވެ. މިއަދު އަޅުގަޑަށް ފެންނަ ހަމައެކަނި ތަފާތަކީ އަދި މާދަމާ ވޯތުލުން ނޯންނާނެ ކަމުގެ ތަފާތެވެ.
އަޅުގަޑު އެދެނީ ތުޅާދުގެ ލޮބުވެތި ރައްޔިތުންގެ އުއްމީދުތައް އަބަދުވެސް އެއިރެއްގައި އޮންނަ ސަރުކރަކުން ކޮށްދެއްވަމުން ގެންދިޔުމެވެ. އަދި ތަރައްޤީީ މަސައްކަތްތަކަށް ވެރިންނާއި ރައްޔިތުންގެ ފަރާތުން އެއްބާރު ލުން ލިބުމެވެ.
ފައިލްތައް
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
3
ގަޔާނުވި
0
ލޯބިވެއްޖެ
1
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
0












