މިއަދުވެސް ތުޅާދޫ އެއަރޕޯޓުގެ މަސައްކަތް ކުރަމުންދޭ

ތުޅާދޫ އެއާރޕޯރޓް ގެ މަސައްކަތް އެމްޓީސީސީގެ ސްޕީޑުގައި ކުރިއަށް ދޭ

އޮކްޓޯބަރު 10, 2025 - 09:03
އޮކްޓޯބަރު 10, 2025 - 09:42
 0

 

ތުޅާދޫގައި ހިއްކަމުންދާ އެއާރޕޯޓަށް ބިން ހިއްކުމުގެ މަްރޫޢު އެމް ޓީސީސީގެ ސްޕީޑުގައި މިއަދުވެސް ކުރިއަށް އެބަދެއެވެ. އެމްޓީސީސީ ގެ ސްޕީޑަކީ މިއަދު ތުޅާދޫގެ ޕްރީސްކޫލު ޢުމުރުފުރާގެ ކުދިންނަށް ވެސް ދެނެގަންނަން ފަސޭހަ ސްޕީޑަކަށް ވީހިނދު ، މިކަންކަމާއި ބެހޭގޮތުން ފާޅުކުރައްވައި ޚިޔާލުތަކަށް ޢަމަލީ ސިފަ ގެނަސްގެން މެނުވީ ރައީސުލްޖުމުހޫރިއްޔާ ގެ ވަޢުދުތައް މެކުހަކަށް ނުޖަހާނެކަން މިއީ ، ޤަބޫލު ކުރަން ޖެހޭ ޙަޤީޤަތެކެވެ. 

ތުޅާދޫމަލައިން އެދެނީ މިމަސައްކަތުގެ ސްޕީޑު އަވަސްކުރުމަށްޓަކައި ސަރުކާރުން އެކުންފުންނަށް ޕްރެަރ ކޮށްގެންވިޔަސް މިކަން އަވަސް ކޮށްދިނުމަށެވެ. ނޫނީ އެކުންފުނީގެ ވެރިންނަށް އިތުރު އިނާޔަތެއް ދެވެން އޮތިއްޔާ ދީގެން މިޔަސް މިމަސައްކަތަށް ބޭނުންވާ ވަޞީލަތްތައް ތަރައްޤީއެއް އައުމެވެ. މިމަސައްކަތަށް ބޭނުންވާ ވަޞީލަތްތައް އިތުރު ނުކުރެވިގެން މިއުޅޭ ސަބަބު ހޯދައި އެކަން ޙައްލު ކޮށްދިނުމެވެ. 

އަދިވެސް އެއްފަހަރު އަޅުގަޑު ހަނދާން ކޮށްދެން ބޭނުންވަނީ ތުޅާދޫގައި އެއާރޕޯޓަށް ބިންހިއްކަމުންދާއިރު ތުޅާދޫ ރައްޔިތުން އަމިއްލައަށް ބިން ހިއްކެވިއިރު ގެންގުޅުއްވި ސާމާނު ތަކަށްވުރެ ސާމާނު މަދުވެފައި މުވައްޒިފުން މަދެއްނޫނެވެ. އެހެންކަމުން ދެންނެވޭނީ ތުޅާދޫގެ ރައްޔިތުން އުފާވާފަދަ މަންޒަރެއް ދައްކާލެވޭނީ ވަޞީލަތްތައް ފުރިހަމަ ކުރެވިގެންނެވެ. ދިވެހިރައްޔިތުންގެ ލާމަސީލު ކުންފުންޏޭ ކިޔެވަރުގެ ޙާލަތަކަށް އެކުންފުނީގެ ވެރިންގެ ކެބިންތައް ގެންނަވަރަސްވުރެ އިތުރުން މަސއްކަތުގެ މާހައުލު ތަރައްޤީ ކުރަން ނުޖެހޭތޯއެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 1
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 0
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 0
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.