ރައީސް މުޢިއްޒުގެ ވަޢުދުތައް ފުއްދޭނީ އެމްޓީސީސީ ޒިންމާދާރު ކޮށްގެން

ރައީސްމުޢިއްޒުގެ ވަޢުދު ފުއްދުމުގެ އެންމެ ސްޕީޑް ހެޔޮވާންޖެހޭނީ ރައްޔިތުންގެ ކުންފުންޏޭ ކިޔާ ބައިގަޑުދެއްތޯ

އޮކްޓޯބަރު 5, 2025 - 07:54
އޮކްޓޯބަރު 6, 2025 - 18:34
 0
ރައީސް މުޢިއްޒުގެ ވަޢުދުތައް ފުއްދޭނީ އެމްޓީސީސީ ޒިންމާދާރު ކޮށްގެން

ދިވެހިިރާއްޖޭގެ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ނަގައިގެން މިއުޅޭ ކުންފުންޏަކީ ފަޤީރު ބައެކޭ ބުނާނީ މަސައްކަތުގެ މާޙައުލު ދެކޭ މީހުންނެވެ. އެކުންފުންނީގެ އޮފިސް ޢިމާރާތާއި ވެރިންގެ ކެބިން ފެނިއްޖެނަމަ ، ވިދާޅުވާނީ ސްލައިމާން ޢަލައިހިއްސަލާމަށް ވުރެ ، މުއްސަނދި ޖާހު އަދި މަންސަބުވެސް ، ޒާތްކޮޅުވެސް އޮތްބައެކޭ އެވެ. 

މިހެންނުދަންނަވަން ނުޖެހޭ ސަބަބެއްނެތެވެ. އިރުއަރާ އޮއްސޭއިރު ފެންނަ ތަޅައަކީ ޤިޔާމަތާއި ޖެހެންދެން ފެންނާނެ ދަޅަތަކެކެވެ. ނަމަވެސް މިދަޅަތަކުން ޢިބްރަތް ޙާޞިލު ކުރަންޖެހެނީ އިންސާނުންނެވެ. މަސައްކަތުގެ ތަޖުރިބާގެ އަލީގައި އެމަސއްކަތަށް ބޭނުންވާ ޒަމާނީ ޥަޞީލަތްތައް ހޯދުމުގައި ކުންފުނިތަކުގެ އިސްވެރިންގެ ޙަޤީޤީ ދައުރު ފެންނަމުން ނުދާތީ ، މިއަދު ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ކުޑަކަމަށް ފާހަކަ ކުރެވެއެވެ. ރާއްޖޭގެ ހުރިހާ ރައީސުންނަކީވެސް ވަޢުދު ވެލައްވާ ބޭފުޅުންނެވެ. ނަމަވެސް އެމަސައްކަތެއް ޙަވާލު ކުރާ ކުންފުނިތަކުން އަދާކުރާ ދައުރަކީ ނުވަތަ މަސައްކަތުގެ ސޮޕީޑް ބަރަވެލިވަމުން އަންނަ ޙަޤީޤީ ސަބަބުތައް ހޯދާކަށް މަސައްކަތެއް ނުކުރައްވައެވެ. 

އެމްޓީސީސީ އަކީ ރައްޔިތުންގެ ކުންފުންޏޭ ކިޔާ ނަންކިޔުއްވާފައި ވަނީ ކޮންކަންބަޅިއެއް ކަތިލާފައި ކަމެއް އަޅުގަޑަކަށް ނޭގެއެވެ. އަޅުގަޑަށް އެގޭ ކަމަކީ ފައިދާ ނުވާ އެއްވެސް ކުންފުންޔެއް ވިޔަފާރީގެ މާހައުލުގައި މިފެންވަރުގައިވެސް ނޯންނާނެކަމެވެ. ޒަމާނުއްސުރެ ، އެމްޓީސީސީގެ ބައެއް އިސްވެރިން ރަށްރަށުގައި އުޅުއްވަނީ ވަރަށް ޗާލާކީ ގޮތަކަށެވެ. މިވެސް ޢަލާމާތެއްތާއެވެ. އެއަށްވުރެ ގިނަ ބެއަރިންގ ހުރި ކުންފުންޏެއް ވެސް ނޯންނާނެއެވެ. ސްޕީޑަކީ ކަންޒުކަހަނބު ސްޕީޑެވެ. 

މިވަރުން ރައީސް މުޢިއްޒުވެސް ޖެހޭނީ ޥަޢުދުތަކުގެ މަތިގައި ފުދެނީ ކޮންއިރަކުންތޯ ބައްލަވަން ކުރުކާލި ކަޑާށެވެ. މިއަށްވުރެ ޒިންމާދާރު ބަޔަކަށް މިކުންފުނި ހަދައިގެން ނޫނީ ރައީސުން ވެލައްވައި ވަޢުދުތައް ފުދުމުގައި ހަންހާރަވެތި ދޯދިތަކެއްގެ ނިޝާން ތަކެއް މިރާއްޖެ ނުދެކޭނެއެވެ. އަޅުގަޑު އެދެނީ ތުޅާދޫ ގެ ތަރައްޤީއަށް މިކުންފުނިން ކުރާ މަސައްކަތްތަކަށް ދުވެލި ހެޔޮ ބަދަލެއް ގެނަސް ދެއްވުމެވެ. އަޅުގަޑު ރައީސް މުޢިއްޒުއަށާއި ތުލާދޫ ދާއިރާ މިކަންކަމަށް ސަމާލު ވެލެއްވުމަށެވެ. އެމްޓީސީސީ ގެ މެނޭޖްމަންޓަށް ގެންނަންޖެހޭ ބަދަލު ގެނަސްގެންވެސް މިކަންކަން ހަމައަކަށް އަޅުވާ ދެއްވުމަށް އިލްތިމާސް ކުރަމެވެ. 

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

ގަޔާވޭ ގަޔާވޭ 0
ގަޔާނުވި ގަޔާނުވި 0
ލޯބިވެއްޖެ ލޯބިވެއްޖެ 0
މަޖާ މަޖާ 1
ރުޅިއައިއްސި ރުޅިއައިއްސި 0
ދެރަވެއްޖެ ދެރަވެއްޖެ 0
ބަސްހުއްޓިއްޖެ ބަސްހުއްޓިއްޖެ 1
އިބްރާހީމް މުޙައްމަދު އަޅުގަޑަކީ ބ..ތުޅާދޫ ލިޔާގެ އިބްރާހީމް މުހައްމަދުއެވެ މިމަލައިގެ މަސްއޫލުވެރިޔާ އަދި އެޑިޓަރ އެވެ.