ތުޅާދޫ ގެ އިޖްތިމމާޢީ ސަރަޙައްދު ސާފުކުރައްވާ މުޥައްޒިފުންނަށް ހެޔޮބަދަލެއް އަންނާނެ - ރައީސް
ތުޅާދޫ ގެ އިޖްތިމާޢީ ސަރަހައްދު ސާފު ކުރާ ފަރާތްތަކުން އެދޭ ހެޔޮބަދަލު ލިބޭނެއެވެ.
ތުޅާދޫ ގެ އިޖްތިމާޢީ ސަރަޙައްދަކީ އެހާ ހިތްގައިމު ސަރަޙައްދެއްނޫނެވެ. މިކަމުގައި ކައުންސިލާއި ރައްޔިތުންވެސް ވެފައިވާ އިޙްމާލުތައް އެބަހުއްޓެވެ. އެހެންނަމަވެސް ތުޅާދޫ ދެކެ ލޯބިވާ ގިނަބަޔަކު މިކަމަށް ޙައްލެއް އައުމަށް މިވަނީ ކެތްމަދު ވެފައެވެ. އަދި މިހާރު އިޖްތިމާޢީސަރަޙައްދު ސާފުކުރަމުންދާ މުޥައްޒިފުންނަކި ވަގުތި ގޮތުން ގެންގުޅޭ މުޥައްޒިފުންނަށް ވީއިރު އެބޭކަނބަލުން މަސައްކަތް މިކުރައްވަން ޖެހެނީ އެކުރާ ދުވަހަކު ދެ ގަޑިއެއް ހާއިރުއެވެ. ދެން އިތުރު ގަޑިއަކު ކުރީމާ 3000 ހާސް ވެސް ނުލިބޭ ކަމަށް ވެއެވެ.
އެހެންކަމުން މިހާރު ތުޅާދޫ ކައުންސިލުން މިމުޥައްޒިފުން ސިވިލްސާވަންޓުންގެ ތެރެއަށް ވެއްދުމަށްޓަކައި ކުރަންޖެހޭ މަސއްކަތްތަކެއް އެކަށައަޅާލަމުން އެބަގެންދަވައެވެ. އެހެންނަމަވެސް އޭރުން ސިވިލްސާރވަންޓުން ކުރާގޮތަށް 8 ގަޑިއިރު 1 ގަޑި އިރުގެ ބްރޭކްއަކާއިއެކު ކުރަންޖެހޭނެ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވެއެވެ. އެއީ މެންދުރު ކުރިގައި 4 ގަޑިއިރު ކަމުގައިވިޔަސް މެންދުރު ފަހު ނުވަތަ އެހެންވެސް ވަގުތެއްގައި 4 ގަޑިއިރު ކޮށްގެން ގަޑިހަމަކުރެވޭނެ ނިޒާމެއްވެސް އެކުލަވާ ލަމުން ދާކަމަށް ރައީސް ވިދާޅުވެއެވެ.
މިގޮތުން ދޮޅަހެއް ލިބޭވާހަކަ ދައްކަންނުޖެހި ރަށުތެރޭގެ ސާފުތާހިރުކަމަށް އެކަށީގެންވާ ރަގަޅު ހައްލެއް ވެސް ލިބިގެންދާނެއެވެ. އަދި މުޥައްޒިފުންނަށް ޤާނޫނު ބުނާ އެކަށިގެންވާ މުސާރަ ޖަމާވެ ، ނަލަ ނަލަ ތުޅާދޫ އަކަށް މިތުޅާދޫ ވެގެން ދާ މަންޒަރު ފެންނާނެއެވެ.
ތުޅާދޫމަލައިންވެސް އުއްމީދުކުރަނީ މި ތުޅާދޫ ނަލަ ނަލަ ތުޅާދޫއަކަށް ބަދަލުވެ މަހުގެ މަސަވުމެވެ. އްކަތް ކުރައްވާ ފަރާތްތަކާއި އަދި ވެސް ފައިބަރު ފަދަ މަސައްކަތްތަކަށްވެސް ވަކިސަރަޙައްދެއް ކަޑައެޅިގެން ދިޔުމެވެ. އަދި ގިނަމީހުންނަކީ ހިތްހަމަ ޖެހިގެން މިތުލާދޫ ގައި ދިރިއުޅޭ ބަޔަކަށް ވެގެންދިޔުމެވެ. ކޮންމެ ކަމެއްގައިވެސް ރަށުކައުންސިލަކީ ރައްޔިތުންގެ ފައިދާ އާއި ލާބައަށް ހިތްވަރާއިއެކު މަސއްކަތް ކުރާ ބަޔަކަށް ވުމެވެ. މިނިސްޓްރީ އަކުން އުޞޫލެއް އަޔަސް ރައްޔިތުންގެ މެދުގައި ސްލުޙަވެރިކަން ޤާއިމު ނުކުރެވޭ އުޞޫލުތަކަށް ނޫނެކޭ ފާލުގައި ބުނެ ޢަމަލުން އެކަން ދައްކާ ބަޔަކަށް ތުޅާދޫ ކައުންސިލް ވުމެވެ. މާތްﷲ އަޅަމެންއެންމެން މިކުރާ ތަރައްޤީގެ މަސަކަތުގައި ބަރަކާތްލައްވާށިއެވެ.
މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟
ގަޔާވޭ
0
ގަޔާނުވި
0
ލޯބިވެއްޖެ
0
މަޖާ
0
ރުޅިއައިއްސި
0
ދެރަވެއްޖެ
0
ބަސްހުއްޓިއްޖެ
1












